ޕީޕީއެމް ވެރިކަމެއްގައި ދިވެހި ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ އެކިޓިވިސްޓަކު އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ފުލުހުންނަށް އިންޒާރުދީ ވާހަކަ ދައްކާފައިވާ ވީޑީއޯއެއް މިއަދު ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންނަށް އިންޒާރުދޭ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑީއޯއިން ފެނިގެން ދަނީ އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހައްޔަރު ކޮށްގެން އަތޮޅުވެއްސަށް ގެންދިޔަ މީހަކު ދޫކޮށްލުމުން ޗެނަލް-13 އަށް އިންޓަވިއު ދޭތަނެވެ. އެ އިންޓަވިއުގައި އޭނާ ވަނީ ފުލުހުން "ވަކިވަކިން" ކޮށާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އެގޮތުން އޭނާ ބުނީ އެމީހުން ޖަލުގައި ބަންދުކުރީ މަކަރާއި ހީލަތް ހަދައިގެން ދޮގު ހެކި ދީގެން ކަމަށާއި އެގޮތަށް ފުލުހުންގެ ތެރެއިން ބަޔާން ދިން މީހުން ވަކިވަކިން އެނގޭ ކަމަށެވެ. އަދި، ފުލުހުންނާއި "ހައްގު" އަރައި ހަމަކުރާނެ ކަމަށާއި އެއިރުން އެ ފުލުހުން ޖަލުގެ ތޭރިތަކަށް ދާންޖެހޭނެ ކަމަށެވެ. އަދި 2023 ވަނަ އަހަރުގައި އަންނާނީ އެ ޕާޓީގެ ވެރިކަމެއް ކަމަށާއި ވެރިކަމަށް އައުމަށް ފަހު ވަކި ވަކިން އެންމެން ކޮށާލާނެކަމަށް ބުނެ އޭނާ ހައްޔަރުކުރި ފުލުހުންނަށް އިންޒާރުދީފައެވެ.

"ހަނދާން ކުރާތި އެމީހުން. އެމީހުންނާއި އަރައި ހަމަކުރާނެ ހައްގު. އަރާ ހަމަކުރާއިރު އެމީހުން ޖަލުގެ ތެރޭރިތަކަށް ދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން. އަޅުގަނޑުމެންގެ ވެރިކަމެއް ދެން 2023 ވަނަ އަހަރުގައި އަންނާނީ. އެ ވެރިކަމަށް އައުމަށް ފަހުގައި ވަކިވަކިން ކޮށާލާނަން އެންމެން" އޭނާ ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި އެއްވެސް އުޅުން މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި ގިނަ އެއްވުންތައް ބާއްވަމުން އަންނާތީ ފުލުހުން އަންނަނީ އަމުރަށް ނުކިޔަމަންތެރިވާ ކަމަށް ބުނެ މީހުން ހައްޔަރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ހަމަހަޖަމް ނުވެގެން އަނިޔާކުރަމުންދާ އަނިޔާވެރިން އެމީހުން އެކުރާއަނިޔާގެ ހިތިރަހަދެކޭނެ ފުލުހެއް ނަޓެ ވަސަރެއް ނޯންނާނެ ބެލޭކަށެ

    24
    5
  2. ކޮރަލް

    ސިޔާސީ ގިނަމީހުންގެ މައްސަލަ ތަހުގީގު ކޮށް ނުނިންމާ ބްލެކް މައިލް ކުރަން ބަހައްޓަ އެވެ.

    18
    5
  3. ޙަހަހަ

    ތީ އަހަރުމެން ޕޕމ ވެރިކަން ބޭނުން ނުވި ސަބަބު.

    16
    29
  4. ކޮވިޑް

    ޕޮލިހުން ކީއްވެބާ ތި ވީޑިއޯ ރަނަގަޅަށް ނުބަލާ ތިހާ ޒިންމާދާރު ކުޑަގޮތަކަށް ތި ކަންތަށް ކުރަނީ؟ ތި ވީޑިއޯ މަވެސް ބެލިން ކޮށާލުން މާކުރިގޮތް ( ކޮށާލާނެކަމަށްބުނީ ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ) ޕޮލިހުންނަށް ނުފެންނަނީބާ ސީ.ޕީ ހަމީދު ޑީޖޭގަ ނައިޓް ކްލަބުގަ ތަށިހިހައިގެން ނާޗަރަންގީ ކުޅެނިކޮށް؟ ބޮޑުވަރު ދޯ ؟

    39
    8
  5. މިހާރު ހުންނާނީ...

    މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ! ކޮންމެ ސަރުކާރެއް އޮތަސް މިކަހަލަ ނުބައި އިންޒާރުދޭ މީހުންނަށް ދެވެންއޮތް އެންމެ ހަރުކަށި އަދަބެއް ދޭންޖެހޭނެ އެވެ.

    21
    26
  6. ޑައިވަރޭ

    މިއީ ހިންމަފުއްޓަށް މަޝްހޫރު 5 ރުފިޔާ

    11
    12
  7. ނަރެލް

    ދެން ގަޓެއްނުހުންނާނެ އެހެންބުނިމީހެއްވެސް ދެއްކި ޗެނަލްއެއްވެސް ދެން ނޯންނާނެ ނިކަން ޑިމޮކްރަސީވެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާނެ

    5
    9
  8. ސިނެކް

    30އަހަރު ފުލުހުންގެ ހިދުމަތުގަ ސޮމަދު އުޅުއްވި ނުބުނާނެތިމާނައިގަ ކޮށާލާނަމޭ އެބުނީ ޕޮލިސްއާމުބަހުރުވައިން ބުނާނަމަ ކޮއްމެމީހަކީކާކުކަންވަކިވަކިންއެގި ފިޔަވަޅުއަޅާވާހަކަ

    11
    5
  9. ފްލޯކް

    ރިޓަޔާރޑް ފުލުހެއް، ފުލުހުންނަށް ލޯބިހުރި ގައުމީ މީހެއް. ފުލހުންނަށް ތި ފަދަ އިންޒާެއް ދޭނެހެނެއް ހިޔެއް ނުވޭ

    11
    6
  10. ނަޖާ

    ސަމަދުބެ އަޅުގަނޑު ކުޑަ އިރުންސުރެ ދަންނަން ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް އެއީ. ހިތް ގަބޫލެއް ނުކުރޭ ތިމާނައިގަ ތިހެންބުނާނެއެކޭ

  11. އާދަމުގެދަރި

    ތަޅާނެ ކުޅިންކޮޅެއް ހޯދަން ބުނި މައްސަލަ ބަލާނީ ކޮންއިރަކުން ބާ!

  12. ގިރި މާލެ

    ތި މީހުންނަށް ވެރި ކަން ދުވަހަ ކު ވެސް ނުލިބޭނެ@

  13. Ok

    Samad nubunaaanެe