ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާސްކު ނާޅުއްވައި، ތިން ފޫޓަށް ވުރެ ކައިރީގައި ތިބި ފޮޓޯ އިން ސިފަވަނީ މުނާފިގުކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެގޮތަށް ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ރައީސް ނަޝިދު ނާޅުއްވައި އެއްބޭފުޅަކު އަނެއްބޭފުޅަކާ ވަރަށް ކައިރީގައި ތިއްބަވައިގެން ވާހަކަފުޅު ދައްކަވަމުން ދާ ފޮޓޯއެއް ޓްވީޓާގައި ހިއްސާކުރައްވަމުންނެވެ.

އެ ފޮޓޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުގެ ވާހަކަ ރައްޔިތުންގެ ކައިރީގައި ދެއްކުމަށް ފަހު ދައުލަތުގެ ދެ ބާރުގެ ވެރިން އެ ބަލިމަޑުކަން ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ހިލާފުވެފައިވާ ކަމަށެވެ.

އެގޮތުން މި ބަލިމަޑުކަމުގެ ނުރައްކާތެރިކަން ރައްޔިތުންނަށް ދައްކައި، ގެއަށް ވެއްދުމަށްފަހު ގައުމުގެ ދެ ވެރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގައިޑްލައިންތަކާ ހިލާފުވެފައިވާތީ ޖަމީލް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ހެދިފައިވާ ގާނޫނާއި އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވުމަށްފަހު، އިދިކޮޅު މެންބަރުން ހައްޔަރުކޮށް މުއްދަތު ޖެހުމުގައި އޮތީ ކޮން ހުއްޖަތެއްތޯ ޖަމީލް ވަނީ ސުވާލު އުފައްދަވައިފައެވެ.

"ކޮވިޑްގެ ނުރައްކާ އެންމެންނަށް ދައްކައި ގެއަށް ވެއްދުމަށްފަހު ޚުދު ޤާނޫނާ ޚިލާފަށް މިއުޅުއްވަނީ. ދެން ކޮން ޙުއްޖަތެއްތޯ އޮތީ އިދިކޮޅު މެންބަރުން ހައްޔަރުކޮށް މުއްދަތު ޖަހަން؟ ވެރިންނާ ޖެހުނީމާ ކޮވިޑްވެސް މައިތިރިވަނީތޯ؟ މި އަމަލް ސިފަވަނީ ވަރަށް މުނާފިގް ކަމެއްގެ ގޮތުގައި." ޖަމީލް ވިދާޅުވިއެވެ.

 

އެޗްޕީއޭއިން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު އާންމުކޮށްފައިވާ ގައިޑްލައިންގައި ވަނީ އެއް ތަނުގައި މަސައްކަތް ކުރާ މީހުން އަބަދުވެސް އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް މާސްކް އެޅުމާއި މާސްކް އެޅުމުގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށެވެ.

އެ ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ތަނުގައި މަސައްކަތް ކުރާ މީހުން އަބަދުވެސް އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް މާސްކް އެޅުމާއި މާސްކް އެޅުމުގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެއެވެ. އަދި ތަނަށް ވަދެ ނިކުމެ އުޅުމުގައާއި ތަނުގެ ތެރޭގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންތިޒާމުކޮށް ބަލަހައްޓަން ޖެހޭނެއެވެ.

ރަސްމިއްޔާތުތަކުގައި ބައިވެރިވާ އިރު ތިން ފޫޓްގެ ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ބުނި ނަމަވެސް ރައީސް ސޯލިހާއި ރައީސް ނަޝީދު ތިން ފޫޓަށްވުރެ ގާތަށް ޖެހިވަޑައިގެން އެއްބޭފުޅަކު އަނެއް ބޭފުޅާކާއި ވާހަކަދެއްކެވި މަންޒަރު ރޭގެ ބައްދަލުވުމުން ފެނިފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސިނެކް

  މިހުރިހާކަމެއް މިގޮތަށްކޮއްގެން ނަމަވެސް މިވަގުތަށް އަލީވަހީދު ފުރުވާލުން އޮއްބަން ޖެހެޔޯ

  11
  2
 2. ހެހެހެ

  ވެކްސިން ޖަހައިގެންނޯ މިތިބީ ނުޖެހެނެޔޯ ކޮވިޑެއް އެމެން ގަޔަކަށް ޖެހެނީ މަގުތަކުގައި ރޭގަޑު 6ން ފަތިހު އުޅޭ ވެހިކަލަށޯ. ހަހަހަހަހަހަ

  8
  2
 3. ހުޅުލޭ ބޮޑުމީހާ

  ތިގޮވެނީ ގުދޯގުދޯ..

  1
  2
 4. މާސްކު

  އޭބަލަ ޖަމީލުލުލުލުލުލުލުލު ... ތި ވެސް ތިހުރީ މާސްކު ނާޅުވައެއްނު. މަނިކުފާނު ރޭގަނޑު ބޮޑުރަސްގެފާނު ވާހަކަ ކިޔުއްވައިދޭއިރު މާސްކު ކޮންތާކުބާ ވަނީ.....

  1
  1
 5. އިހްސާސް

  ޖަމީލް އަކީ ހާދަހާ މޮޅު މީހެކޭދޯ މުނާފިގުންނަކީ ކޮބާކަން ވަކިކުރަން އެގޭމީ ހަކަށް ސުވަރުގެ ވަންތަ ވެރިންނާއި ނަރަކަ ވަންތަ ވެރިނވެސް ވަކިކުރަން ޖަމެެލްއަށް އެގޭނެދޯ