ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންގެންދާ ކޮވިޝީލްޑް ވެކްސިން މިއަދު 6000 އަށްވުރެ ގިނަ މީހުންނަށް ދީފިއެވެ.

ރާއްޖޭގައި ދެމުންގެންދާ ކޮވިޑް ވެކްސިން އަކީ އިންޑިއާގެ ކުންފުންޏަކާއި ގުޅިގެން އުފައްދާފައިވާ ވެކްސިންއެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިއަދު ރާއްޖެއިިން 6،171 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެެރެއިން މާލެ ސަރަހައްދުން 4،310 މީހެއްގެ ގަޔަށް ވެކްސިން ޖަހަފައިވާއިރު، ރަށްތަކުން 1،861 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 56،218 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 43،838 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 12،380 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު