އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މަސްއޫލިއްޔަތު، އެ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޔަސްރިފް އާއި ހަވާލުކުރުމަށް ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ، އެ މަގާމު ޔަސްރިފު އާއި ހަވާލު ކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި ކައުންސިލްގެ މިއަހަރުގެ ފަސްވަނަ ރަސްމީ ޖަލްސާއިން ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަން ފުރުއްވަމުން އައި ޔަސްރިފު އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ.

އޭނާ މިމަގާމާއި ހަވާލުވެފައި ވަނީ 2017ވަނަ އަހަރު ޖޫން މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޔަޒީން

    ކަރަޕްޝަން ދެން ފާޅުގައި ފެންނާނީ މިހާވަރަށް. ގޮނޑި ގެއްލޭ ހުރިހާ އެމްޑީޕީ މީހުންނަށް ދައުލަތުގެ ފައިސާ ބަހައި ހުސްކުރާނެ ގޮތް މި ދައުރުގައި ހަދާނެ. ރިސޯޓް ކުދިން އަދިވެސް ދެންވެސް ވޯޓް ދޭންވާނީ އެމްޑީޕީ އަށް.؟

    8
    1
  2. އައްޑޫބެއްޔާ

    ތީ މާކުރިންވެސް އެނގޭކަމެއް، އަސްލުގަ އޭނާ ކައުންސިލަރކަމުން އިސްތިއުފާދީފައި ޑިރެކްޓަރ އަކަށް ކުރިމަތިލީވެސް ކުރިއަށް އޮތް ކައުންސިލަށް އޭނާ އާއި އަދި މިހާރު މިއޮތް ކައުންސިލް ގެ އެއްމެ މެމްބަރެއްފިޔަވައި އެއްވެސް މެމްބަރަކަށް ވާދަކުރަން ޓިކެޓްލިބިފައިނުވާތީ ކައުންސިލް ތެރޭގައި މިހާރު މިއޮތް ކައުންސިލަރުންގެ އުސޫލާއި ބާރު ދަމަހައްޓަންވެގެން އެ އެއްމެންވެގެން ރާވައިގެން ކޮށްފައިވާ ކަމެއް

    • އަޙްމަދު

      އޭނާ ކައުސިލް ކަމުން އިސްތިއުފާދިނީ އެވަޒީފާ ހަމަޖައްސައިގެން!

  3. މޯދީ

    ކޮންގޮތަކުން މަގާމަށް ޝަރުޠު ހަމަވީ ކައުޅެއްތަ މީ؟ އަދުން ހުސެއިނަށް ބިން ވިއްކި ވަގު.

    12
  4. އަޙްމަދު

    މިނާ ކައުންސިލަރެއްގެ ގޮތުގައި ހުރެ ހިންގި ކޮރަޕްޝަން ބަލަން މިޖެހެނީ މީނާއަށް! ކިހާސަޅި! ކިހާ އިންސާފްވެރި!

  5. ޖާހަތު

    ޔަސްރިފަ ކީ ވަރަށް ހިތްހެޔޮ މީހެއް