ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުން ދާތީ އިސްލާމިކް މިނިސްޓްރީން ކުރިން ވެސް އަންގާފައި އޮތްގޮތައް މާދަމާގެ ޙުކުރު ޚުތުބާ ވަރަށް ބޮޑަށް ކުރުކޮށްފިއެވެ. އެހެންކަމުން އެހެން ދުވަސް ދުވަހަށްވުރެ އަވަހަށް މާދަމާ ހުކުރު ޚުތުބާ ނިމޭނެއެވެ.
ރާއްޖޭގެ މިސްކިތްތަކަށް އިސްލާމިކް މިނިސްޓްރީން ފޮނުވާ ހުކުރު ޚުތުބާތަކުގައި އާއްމުކޮށް އަށް ސޮފްހާ އާއި 13 ސޮފްހާ އާއި ދެމެދުގެ ދިގުމިން ހުރެއެވެ. ނަމަވެސް މާދަމާ މިސްކިތްތަކުގައި އިއްވާ ހުކުރު ޚުތުބާގައި އޮތީ ހަތަރު ސޮފްހާއެވެ. އެހެންކަމުން މާދަމާ ދިހަވަރަކަށް މިނެޓް ތެރޭގައި ހުކުރު ޚުތުބާ ނިމޭނެ ކަމަށް ބެލެވެއެވެ.
ކޮވިޑް-19 ފެތުރެމުން އަންނާތީ މިސްކިތްތަކަށް ނަމާދަށްދާ މީހުން ވެސް ސަމާލުކަން ދޭން ޖެހޭ ކަންކަން އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މާސްކް އެޅުމާއި މުސޮއްލަ ހިފައިގެން މިސްކިތައް ދިއުމަށް ވަނީ އަންގާފައެވެ. އަދި ވުޟޫ ވެސް ކޮށްގެން މިސްކިތައް ދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
ޚުތުބާ ނިމޭގަޑިއަށް ދެރަކުޢަތް ކޮށްލަންދާ ކުދިން ސަމާލުވާތި!
ސައި ހޮޓާ ތަކުގަ ހެއު ދުވާލު ހަތަރު ދަމު ގައިގޯޅިކޮށް މާސްކު ނާޅާ ތިއްބަސް ކޮވިޑައް ނުވެސް ފެންނާނެ
މިސްކިތައް ދާއިރައް ކޮވިޑް
ދެން ހެޔޮ ދޯ ގުރޫޕު ޖަހާފަ ގޮސް ފަތާ ޓުރެކައް މޫދަށް ދިޔަޔަސް. ޢެޗްޕީއޭ މީހުން ދެލޯ ކަނުދޯ.. ގޮސް ބަލާބަލަ ހަވީރު އެތަން އޮތް ގޮތެއް. ޙުކުރު ކުރީމަ ގޯސް ވަނީ. ލާދީނީ ސަރުކާރު
މީގެ ބޭނުމަކީ ދީނީ ކަންތައްތަކުގައި އުޅޭވަގުތު ކުޑަކުރުވުން.
އަޅުކަން އެއީ ލުއިފަސޭހަކަޮށް ލުއިކޮށް ކުރުކޮށް ކުރަން އޮންނަކަންކަން ބަޔެއް މީހުން ބަންގިގޮވަން 10 މިނިޓް މީދެން ބޮޑުވަރު ބަންގި އަޑުދަށުން ފޮލޯކުރަންވެސް އުދަގޫވޭ މީހާ ގިނަވަގުތު ހޭދަކުރީމާ ! ބަންގި ގޮވުންވެސް ކުރުކޮށް ލުއިކޮށް ފަސޭހަކޮށް ފޮލޯކުރަން ފަސޭހަކޮށް ގޮވަންވީ !