އިންޑިއާ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރާ 2،000 ހައުސިން ޔުނިޓުގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއި ހަވާލުކޮށްގެން ހިންގަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި އިންޑިއާގެ އެގްޒިމް ބޭންކާއި ދެމެދުގައެވެ.

މި އެއްބަސްވުމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ބޯހިޔާވަހިކަމަކީ މިސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށާއި މިއަދު ސޮއި ކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖަކީ އެކަމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން މީގެކުރިން ބުނެފައިވަނީ 130 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެއަހަރު ދުވަހާއި ބައިގެ މުއްދަތެއްގެ ތެރޭގައެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު މިއަދު ވަނީ ފަސް ދާއިރާއަކުން އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެހީ ދިނުމާއި އާބަން ޑިވެލޮޕްމަންޓާއި ނ. ކެނދިކުޅުދޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓްގެ މަޝްރޫއުއަށް އެހީ ދިނުމާއި އަދި ބްރޯޑްކާސްޓިން ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢިއްތިހާދު

    ތިފުލެޓް ބިމުން މައްޗައްއަރާތަނެއް ނުފެއްނާނެ މިހާރުވެސް ފުލެޓްތައްބަހަމުންދަނީ ގާކޮށީގަ ހުރިބާކީ ފުލެޓްތަކާ މީހުނައްނޭގި އެކިސަބަބުތަކާ ހުރެނުދެވި ބާކީހުރިފުލެޓްތައް ހުޅުމާލެ މާލެގަ ހުރިތަންތަން މިދެނީ ހިޔާފުލެޓް ދޭވަގުތުބަލާ ރައްޔިތުންނައްނޭގޭގޮތައް ބޭނުންބަޔަކައް ފުލެޓްތައް ހުރިތަންތަން އެގޭނެ ކޮވިޑްތެރޭ ރައްރަށައްނުދެވުނު މީހުންވަގުތީގޮތުން ދިރިއުޅުމައްޓަކާބޭނުންކުރި ފުލެޓްތައްއެއީ މިއީއަބަދުވެސް މިކަންކުރާގޮއެތް ޕިންކްފުލެޓް ދިންއިރުވެސް މިގޮތައްބާކީވެފަހުރި ޗައިނާފުލެޓްތަކައްވެވީމިހެން.

    5
    1
  2. ޒީރޯ ޓޮލަރަންސް

    ހެޔޮނުވާނެ ތިޔަ ފައިސާ ނުނަގާ؟ ތިޔަ ލޯނު ނަގަންޖެހޭ ބޭނުމެއްނެތް. މިހާރުވެސް ނެގިފަ ހުރި ލޯނު މަދެއްނޫން. ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލުގަ. އަމިއްލަ ފުދުންތެރިކަން އިތުރު ކުރަން ދަސްކުރޭ.

    23
    1
  3. އިދުރީހު

    ހެޔޮނިޔަތުގަ ކަމެއް ކޮއްދެންޏާ ތިޔައްވުރެ މާރަނގަޅުވާނެ އިންޑިއާގަ ބޯހިޔާވަހިކަމެއް ވަންނާނެތަނެއް ނެތިފަ އެތައް މިލިއަން ބަޔަކު މަގުމަތީސަލާންޖަހަން އުޅޭއިރު އޭން މީހަކައް ޖިފުޑިގަޑެއް ޖަހައިދިނިއްޔާ އެދުމެއް ނެތި ވެދުމެއް ނުކުރާނެ

  4. އެޓާނީޖެނެރަލް

    އެޖެންޑާ ނަވާރަ ތަފާތުވާނެ

  5. ރައްޔަތުދޭސީ މިހާ

    ތިޔަ އިންޑިޔާގައި ކިތައް މިލިޔަން މީހުން އެބަ އުޅޭތޯ މަގުމަތީ އާބާދީ ދެން ކިހިނެއްތޯ ވެދުމަކައް މިގައުމައް ފުލެޓް އަޅާދެވޭނީ ބިންތައް ހިސޯރްކޮއް ދަތިކޮއްގެން މަޖްބޫރް ކުރުވައިގެން ސަރުކާރުތަކުން ރިޔަލް ސްޓޭް ބިޒިނަސް މިޔައްވުރެ މާރަނގަޅުވާނެ ރިސޯޓްތަރައްގީކޮއްގެން އާމްދަނީ ހޯދިއްޔާ މާތަހުޒީބް ބަޔަކަމައް ދައުވާ ކުރާއިރު އަހަރުމެން ކާބަފައިން މާރނގަޅެއްނޫންތޯ ގައުމުތަކައް ސަލާން ނުޖަހާ ބޯހިޔާ ވެހިކަން ރައްޔިތުންނައް ހޯދާދީފަ މިހާ ހިސާބައް ގެނެސްދީފަ މިވަނީ ކިޔަވައިގެން ތަހުޒީބް ތާކިހާއެޅީމަ މިވަނީ އަހަރުމެން ކައިރިޔަސް އައިސް އާދޭސްކޮއްގެން ވޯޓްދީގެން ހޮވިބަޔެއްގެ އަޅުންނައް މީތޯ އެބުނާ ޑިމޮކްރަސީޔަކީ މަވާސަލާމް

  6. ހަފުސް

    އިންޑިޔާގެ އެހީގަ ދެން ކޮން ލޯނެއް؟

  7. Anonymous

    ތިޔަބުނާ ފްލެޓްތަކުގެވެސް ސައިޒުވާނީ ކޮތަރުކޮށި ސައިޒައް ނޫންތަ؟ 2ކޮޓަރީގެ އަކަފޫޓަކީ 650 އަދި 3ކޮޓަރިއަކީ 900 އަކަފޫޓްކަމަށްވާއިރު ވޭތުވެދިޔަ ސަރުކާރުން ހަދާފައިވާ ފްލެޓްތަކަށްވުރެ ތިމަންނަމެން (އެމްޑީޕީ ސަރުކާރުން) އިމާރާއްކޮށްފަ ރައްޔިތުންނަށްދޭ ފްލެޓްތަކުގެ ސައިޒްބޮޑުވެފަ ޖާގަތަނަވަސްވާނެޔޭ ބުނަމުންއައި އެކަމަކު ރ.ޔާާމީނު ސަރުކާރުގެ ކޮތަރުކޮށި ސައިޒާއި މާބޮޑު ތަފާތެއް ނެތެއްނުން؟؟

  8. ސޮއްބެ

    ލޯނު ނަޓު އަޅުވާ ސަރުކާރު އިސްތިއުފާ !!!!!

  9. އަބްދޫ

    ޅޯންދިނުމަށް ވިސްނާކަމުގެ އެމްއޮޔޫ އެއްބަސްވުމެއް. ލޯންއެއްބަސްވުމެއްނޫން.މި އެއްބަސްވުމުގެ މައްޗަސް ލޯނުދިނުން ލަޒިމެއްނުވާނެ.