އައްޑޫގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ސަވާހިލި ފަތުރުވެރިކަމަށް ހުޅުވާލުމަށްޓަކައި ތަރައްގީ ކުރަން ނިންމައިފިއެވެ.

ސަވާހިއްޔަކީ ސ. ފޭދޫ އާއި ސ. މަރަދޫފޭދޫގެ ދެކުނު ހުޅަނގު ފަރާތުގައި އޮންނަ ކުޑަ ފަޅު ރަށެކެވެ. އައްޑޫ ސިޓީ ކައުންސިލުން އެގޮތަށް ނިންމީ އެ ކައުންސިލްގެ މި އަހަރުގެ ފަސް ވަނަ އަހަރީ ޖަލްސާގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ސަވާހިލި ތަރައްގީ ކުރަނީ ގެސްޓްހައުސްތަކުން ނުލިބޭ ފަދަ ހިދުމަތްތައް ދިނުމަށެވެ. އެހެންވެ އެ ތަން ތަރައްގީ ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

ސަވާހިލި ޓޫރިޒަމަށް ތަރައްގީ ކުރަން ކައުންސިލުން ނިންމާފައި މި ވަނީ އައްޑޫގައި ޓޫރިޒަމް ޒޯންތަކެއް ކަނޑައަޅައި ލޯކަލް ޓޫރިޒަމް ފުޅާކުރަން ބޮޑު މަޝްރޫއެއް ވެސް ފަށާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް ސޯލިހް

    މިހާރުވެސް އައްޑޫގައި އޮތް ތަން ނުހިގާ ކީކުރާ ތަންތަނެއް ވޯޓަށްވީމާ ހުރިހާކަމެވެސް ކުރާނެ

  2. ޢަލީ

    އެހެންވީމާ އެތަނުން ރަލާއި އޫރުމަސް ލިބޭނެ، އަދި މަސާޖުޕާލާއި ނާސިގޭގެ ޚިދުމަތްވެސް ލިބޭނެދޯ،