މުޒާހަރާ ފަދަ ހަރަކާތްތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ލިބޭ އަދި ކުރާ އަނިޔާތަކާ ދެކޮޅަށް އިހްތިޖާޖް ކޮށްފިއެވެ.

މިއަދު މެންދުރުފަހު 1:00 ގައި ކުރަން ފެށި އެ އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދުގައި ގާތްގަނޑަކަށް 30 މިނެޓް މަޑުކޮށްގެން ތިއްބެވެ. މި އިހްތިޖާޖް ކުރިއަށް ދިޔައީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހިންގާ އިދާރާ ކުރިމަތީގައެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނޫސްވެރިން ކުރި އިހްތިޖާޖްގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ނޫސްވެރިންގެ މިނިވަންކަމާ ގުޅުން ހުރި ތަފާތު އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނޫސްވެރިން މި އިހްތިޖާޖްގައި ތިބި އިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އޮތުމުން މާސްކް އެޅުމާއި ގައިދުރު ވުމުގެ ހަމަތަކަށް އިހްތިޖާޖްގެ ބައިވެރިން އަމަލު ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނޫސްވެރިން ކުރި އިހްތިޖާޖްގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ނޫސްވެރިކަމަކީ ކުށެއް ނޫން ކަން" އާއި "ބްރޯޑްކޮމްގެ ޒިންމާއަކީ ހަމައެކަނި ފިޔަވަޅު އެޅުން ނޫން" އާއި "ނޫސްވެރިންނަށް ކުރާ އަނިޔާ ހުއްޓާލާ،" އާއި "ނޫސްވެރިކަމުގެ އަޑު ކަނޑުވައެއް ނުލެވޭނެ" ފަދަ ޝުއޫރުތައް އެ ބޯޑުތަކުގައިވެއެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނޫސްވެރިން ކުރި އިހްތިޖާޖްގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި އިހްތިޖާޖް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ކުރިއަށް ދިޔަ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ޗެނަލް 13 ގެ ނޫސްވެރިންތަކެއް ސައި ހޮޓަލެއްގައި ތިއްބައި، އެ ތަނުގެ ތެރެއަށް ފުލުހުންގެ ބަޔަކު ވަދެ އަނިޔާކޮށް ނެރެފައިވާ މައްސަލައެއް ހޫނުވެފައިވަނިކޮށެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނޫސްވެރިން ކުރި އިހްތިޖާޖްގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި ކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އެ ބަޔަކު ނެރުނުއިރު އެއީ ނޫސްވެރިންކަން ނޭނގޭ ކަމުގައެވެ. އެކަމަކު އެ ވަގުތު އެ ނޫސްވެރިން ތިބީ ނޫސްވެރިންކަން އަންގައިދޭ މީޑިއާ ކާޑު އަޅައިގެން ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބައްޔެއް

    ފުލުހަކު މަގުމަތިން ފެނުނީމަ ތަޅާތިރި އަރުވާލާފަ ބުނަންވީ ނޭގިގެންނޭ. ފުލުހުން ކުރާ ގާނޫނާއި ޚިލާފު ކަންކަން ބެލޭނެ ގޮތެއްވެސް ނެތި ފިޔަވަޅެއްވެސް ނޭޅެންވީ ކީވެހޭ. ނަމުގަ ހުންނަ ތަންތަން ބޭނުމެއްނޫން. އިހުތިރާމު ނުލިބެނީ ތިކަހަލަ ދޮގު ހަދާތީ. ދުވަހަކުވެސް ކަލޭމެންނަކަށް ދިވެހިން އިހުތިރާމެއް ނުކުރާނެ.

  2. ދޮނޭ

    ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ހުންނަ މުއައްސަސާތައް އިންސާފެއްނެތި ވަކިބަޔަކަށް ނޭގިގެންނޭ ކިޔައި އަނިޔާކުރުން ބަލައެއްނުގަނެވޭނެ