މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައި ތިބި ފަރާތްތަކުގެ ތެރެއިން 18،000 އަށްވުރެ ގިނަ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސް ދީފި އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކުރަމުން އަންނަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް 5000 ރުފިޔާ ނުލިބޭ ނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް 18,199 މީހަކަށް މިހާތަނަށް އެ ފައިސާ ދޫކޮށްފައިވެއެވެ. އަދި އެ މީހުންނަށް 284.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅޭނެއެވެ.

މީގެ ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ބުރުމާ ގާސިމަށް ލުއިވީ

  2. ސަނީ

    ޢަހަރެންނައް ނުލިބޭ، އެކަމް އަހަރެން ދަންނަ ހައްގު ނުވާ މީހަކައް ލިބުނު.. މީ ހަމަ ބޮޑުސިންގާ ކަރަޕްސަނެއް ފައްޔާޒު ހިންގާ..

  3. ޖަންގަލި

    މި ދުނިޔެ މަތިން ލިބުނު އެންމެ ބަލާބޮޑު އެންމެ އޮޅުންބޮޑު ، އެކިފަހަރު އެކިލަވަ ކިޔާ ފޯމަކީ ތިޔަ ބުނާ އިންކަމްސޯރޓް އެލަވަންސްއަށް ރައްޔިތުން ގަންހިންގާ ، ދަޅަ ކައްކާފޯރމް. ވޯޓް ހޯދަން ނާންނާތި ކަލޭމެން! ސައިޒްކުރާނަން. ނުދޭނަން މަގޭ ވޯޓް މިސަރުކާރަށް!