މާލޭގެ މަގުމަތީގައި ތިން އަންހެނަކު ހުތުރު ބަސް ބޭނުންކޮށްގެން ޒުވާބުކޮށް، މާރާމާރީ ހިންގައިފިއެވެ.
މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދެއަންހެނަކު ވަނީ މަގުމަތީގައި ހުރި އަންހެނަކާއި ޒުވާބުކޮށް އޭނާ މަގުމައްޗަށް ވައްޓާލާފައެވެ. މަގުމައްޗަށް ވެއްޓުނު މީހާ ތެދުވެ އޭނާއަށް ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް އެތަނުގައި ހުރި ފިރިހެނަކު އެކަމަށް ހުރަސްއެޅުމުން ބޮޑު މާރާމާރީއަކަށް އެކަން ނުވިއެވެ.
ފިރިހެނަކު އެމީހުންނަށް ހުރަސް އެޅުމުން ފަހުން އެކަކު އަނެކަކުގެ ގަޔަށް އަތް ނުލެވުނު ނަމަވެސް އެމީހުން ވަނީ އެކަކު އަނެކަކަށް އައުގުރާނަ ގޮވާފައެވެ.
ވީޑިއޯ އާއްމުކުރި "އެމްވީކްރައިސިސް" އިން ބުނީ މާރާމާރީ ހިންގީ އެޗްއީއޯސީގެ ފާސް އަޅައިގެން ތިބި ބައެއް ކަމަށެވެ. ނަމަވެސް އެކަން "ވަގުތު" އަށް ކަށަވަރެއް ނުކުރެވެއެވެ.
ވީޑިއޯގައި ދައްކާ ވާހަކައަށް ބަލާއިރު ތަނަކަށް މައްސަލައެއް ރިޕޯޓް ކުރުމުން އެމީހުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމަށް ބެލެވެއެވެ.
ވީޑިއޯ އާއްމުކުރި ފަރާތުން ބުނީ މާރާމާރީ ހިންގާފައި ވަނީ 22:30 ކަންހާއިރު ބޮޑުފުންގަނޑު މަގުގައި ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ،
ތިމައްސަލަ ވަގުތުން ނިމި އެކުދިން މިނިވަން ވެދާނެ އިސްވެރިން ބުނާ އެއްޗަކަށް އާނބަސް ބުނެލާއިރައް!!
ސާބަހޭ ކުދިންނޭ ވީ އާރ ވެއިޓިންގް ފޯ ނެކްސްޓް އެޕިސޯޑް!
އެއީ އިންސާނުން ނެއް ނޫން. ރޫޙާނީ ކަމެއް. އެ ވީޑިއޯ ކޮޅު ވެސް ގެއްލިއްޖެ!!!
ތިވާނީ ސިދާތާ ކައިވެނި ކުރީ މަ އެކަމުގެ އުފަލުގަކަ މަށް
މިއީ މިބުނަަ ދެ ޖިންސުގެ ހަމަހަމަ ކަން. ފިރިހެނުން އެކަންޏެއް ނޫނެއްނުން މާރާމާރީ ހިންގެން ޖެހޭނީ.
އަންހެނުން ބާރުވެރި ކުރަންވީ އަދިވެސް. އަންހެނުންނަކީ ގޭގައި ތިބެންޖެހޭ ބައެއް ނޫން.
ފިރިހެނުންވެސް ބާރުވެރިވީވީނު މަސްތުވާތަކެތި ބޮޑެތި ގޭންގުތަކާ މާރާމާރީއާ ވައްކަމާ ފޭރުމާ އާމުވެގެން މިއުޅެނީ އެހެންވީމަ އެވެރިންވެސް ގޭގަބަޑިތަންޑު އަޅަންވާނޭނު ދެތިން އަންހެނަކު މަގުމަތީ ބުޅާކޯޅި ކުޅޭއިރަށް އެވަރު ނުބައިބައެއް ނެތިގެން ތިއުޅެނީ
ސުރުހީ ވަރުގަދަކަމުން ހަބރު ކިޔާލާ ނިމުން އިރު ބުރުސްލީގެ ބާރު އޮތީ ކެޑި ވަޅޯވެފަ. އެހިސާބުން ފިލުމު ނިމުނީ ވަރަށް ވަޅޯކޮށް.
އާޗާ ވަރައް ސަޅި އިނގޭ. ގާލް ކުދިންވެސް ޖެހޭނެ ބޯއިސް ކުދިން އުޅޭހާ ގޮތަކައް އުޅެން.
ތީ 80 ގެ އަހަރު ތަކުގެ އަ މަލެއް... ބެކްޓް ޖަޒީރާ ލައިފް ދޯ
އެއީ އިދި ކޮޅު ޕާޓީ ގެ ފަހުލަވާނުން
އަންހެނުންނާއި ފިރިހެނުން ހަމަހަމަވީއެވެ. އަންހެނުންގެ ހައްގުތައް ކަށަވަރުވީއެވެ. ތިކަމާ ތިއިން އަންހެނަކާ ދިމާލަށް ލޮލުގެ ކުޑަކޮޅުން ބަލައިލިޔަސް ޖިންސީ ފުރައްސާރައަށްވެ ނިމޭނެއެވެ.
އަންހެންވެރިން ފިރެހެންވެރިންނާ ހަމަހަމަވާނީ މިވަރަށް.ގައުމު މިއޮތީ ނުބާ ފައްތަތެއްގައޭ ހޭއަރާގެން ތިބޭށޭ ފިރެހެނުން
އަންހެނުން ބާރު ވެރިވާކަން ޤައުމުން ފެންނަމުން ދަނީ
ތީ އޯކޭވާނެ ކިޔަވައިގެން އުޅޭ ކުދިން ތިޔާ ފެންނަނީ
ތިޔައީ ރީނދޫ ނަސީދު މިގައުމަށް ތައާރަފުކުރިކަމެއް ދިވެހިންގެ ހަޔާތްކަނޑުވާލީ އެމް ޑީ ޕީ އިން ، މަނީ މަނީ ޔެސް ސަރ މީ ކޮންބަޔަކު ކޮންބަޔަކާ ދިމާލަށް ކީ އެއްޗެއް...
މަސްތުވާތަކެއްޗާ ،މާރާމާރީ، ލާދީނީ މައްސަލަތައް ބަލައިތަ ބައެއްނޫސްވެރިންނަ ޔާމީނުގެ މައްސަލަ ހަމައެއް ލަމައެއްނެތި ބަލާނެ ފުލުހުންނޭ މިވަނީ ކިހިނެއް
ތިފެންނަނީ އަނެއް ދިވެހި ރައްޖެ
ހައްގު ތައް ގިނަ ބައެކެވެ. މައްސަލަ ނުބެލޭނެ އެވެ.
ދެކުދިން ވެގެން އަނެއްކުއްޖާ ބިންމައްޗަށް ައްޓާލި އިރު އެކަކުވެްސް ނެތީބާ ދުރުކރަން ވެއްޓި އަނިޔާ ލިބުނު ކުުއްޖާ ތެދުވެ ޖަަހަން އުޅުނީމަ ތަ ހުއްޓުވަން އެނގުނީ ކިރިން ނިދާފަތަ؟
ކުރައިމް ފުރީ މޯލްޑިވްސް