ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ މަޖިލީހުގައި އިންނަވާ "ގޮނޑި ކޮއްކޮއެއް" ކަމަށް އެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި މިއަދު ބޭއްވި ޖަލްސާގައި އެގޮތަށް ވިދާޅުވީ އިންޑިއާއާއެކު ދިވެހި ސަރުކާރުން ދާދި ފަހުން ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

މި މައްސަލަ މަޖިލީހަށް ޝިޔާމް ހުށަހެޅުއްވުމުގެ ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ފާހަގަކުރެއްވިއެވެ. އެ ނިޒާމީ ނުކުތާގައި އޭނާ ފާހަގަކުރެއްވި ކަމަކީ ދޭދޭ ގައުމުތަކާ ދެމެދު ގާއިމް ކުރެވޭ އެއްބަސްވުމަކީ ހާމަކުރަން ޖެހޭ އެއްބަސްވުންތައް ނޫން ކަން ހައި ކޯޓުން ވެސް ދާދި ފަހުން ކަނޑައަޅާފައިވާ ކަމަށެވެ.

އެއަށް ފަހު އާޒިމް ވިދާޅުވީ މައްސަލަތައް އެޖެންޑާ ކުރުމަކީ މަޖިލީހުގެ ރައީސްއަށް އޮންނަ ކަމެއް ނޫން ކަމަށެވެ. އެ ކަން ނިންމަނީ މަޖިލީހުގެ އިދާރާއިން އެ މައްސަލައަކީ މަޖިލީހުގެ ގަވާއިދަށް ފެތޭ މައްސަލައެއް ކަން ބެލުމަށް ފަހު އެ އިދާރާއިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވިޔަސް މި މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް އެހެން ވިދާޅުވުމުން ރައީސް ނަޝީދު މަޖާޒީ ގޮތެއްގައި ވިދާޅުވީ "އަޅުގަނޑަކީ މި ތަނުގައި އިންނަ ހަމަ ގޮނޑި ކޮއްކޮއެއް" ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލާގައި ކުއްލި މައްސަލައެއްގެ ސިފަތައް ހަމަވާ ކަމަށާއި މަޖިލީހުގެ އިދާރާއިން އެ މައްސަލަ އެޖެންޑާ ކުރީ ގަވާއިދަށް ފެތޭތީ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލަ ބަހުސް ކުރުމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ މަޖިލީހުގެ މެންބަރުންނަށް ކަމާއި މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތު ފާސްނުކޮށް މައްސަލަ ބަލައިނުގަނެވެން ވެސް އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނަކީ މާ ބޮޑު ބާރެއް އޮތް ބޭފުޅެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެންބަރު ޝިޔާމް ހުށަހެޅުއްވީ އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރުމަށާއި އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިއްސާ ކުރުމަށް ގޮވާލައި ކުއްލި މައްސަލައެކެވެ. މި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް 51 މެންބަރުންގެ ވޯޓުން ފާސްކުރިއެވެ. މައްސަލަ ބަލައިނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ޝޮކްތެރަޕީ

  ކަލޭތީ ބޭރުގެ ޖާސޫސީ އިދާރާތަކުން ގެންގުޅޭ ގޮނޑިކޮއްކޮއެއް

  54
  2
  • ގޮޑިފުޅު

   އާދެ އާދެ ތެދުފުޅެއް. މަނިއްޕުޅުގެ ފުރިހަމަ ނަސަބުފުޅު ދަންނަވާނަމަ ދަންނަވާ މީހަކަށް ދެންނެވޭނީ މަނިއްޕުޅަކީ ލަނގޮޑިފުޅުގެ ހުނިގޮނޑިފުޅުގެ ހުނިގޮނޑިފިލާގޭ އަނދަގޮޑިފުޅުގެ ގޮނޑިކޮއްކޮކުޅުގެ ގޮނޑިފޮއިގޭ ގޮނޑިއަށްއަރުއްވާ ގޮނޑިއަށް ވެޑުވި ގޮނޑިންފައިބާ ގޮނޑިފޮއިއަޅުއްވާ ގޮނޑިދުއްވާ ގޮނޑިކޮއްކޮސަރުކާރުގެ ގޮނޑިހޫނުކުރާ ގޮނޑިކޮއްކޮފުޅު ކަމަށް.

 2. ފާއިޒު

  ޙަޤީޤަތުގައި މަޖލީހުގެ ރައީސް ވާން ޖެހެނީ ގޮނޑި ކޮއްކޮއަކަށް ނޫން. މަޖުލީހުގެ ޤަވާއިދުތައް ތަންފީޒު ކުރުމުގެ ގޮތުން އެންމެ އިސްރޯލެއް އަދާކުރާ މީހާއަށް. ނަމަވެސް (ގޭތެރޭހުރެ އަމިއްލައަށް ކަންކަން ރާވާފައި ސަރުކާރަށް އެކަން ޕްރެޝަރ ކޮށްފައި) ތިމަންމެންގެ ސަރުކާރުން ކުރިކަމެއްވީމާ، އެކަން ދެން ކުރުން ނޫން ކަމެއް ނެތްކަމަށް ދެއްކެން ތި މަސައްކަތް ކުރަނީ. އެއީ މަޖާޒީ ގޮތުންވެސް ގޮނޑި ކޮއްކޮއަކަށް ވުމެއް ނޫން. އެއީ ޖަންގަލީގެ ބޮޑު ހިޔަޅަށްވުން.

  40
 3. ފަރެސް

  ކަންތައްހުރިގޮތުން އަދި ބައެއްކަންތައްދާގޮތުން މަނިކުފާނުއަމިއްލައަށްވެސް އެއްބަސްވެލައްވައިފި
  ތިއީ މަޖިލީހުގައި އިންނަ ގޮނޑި ކޮށްކޮއެއްކަމަށްމަޖިލީހުގެރައީސްގެހައިސިއްޔަތުންނާއި،މަޖިލީހުގެ
  މެމްބަރެއްގެ ހައިސިއްޔަތަށްބަލާއިރު ތިހެންވިދާޅުވެލެއްވުމުން މިހާރުބައެއްކަންތަށްގޯސްވެފައިވާ މިންވަރުހާމަވޭ މިކަމާ ދިވެހިދަރިއެއްގެހައިސިއްޔަތުންއަޅުގަނޑުވަރަށްކަންބޮޑުވެ،ހާސްވެފަބިރުގަނޭ
  ވީމާ، މަޖިލީހުގެރައީސްކަމުން އަވަހަށް އިސްތުއުފާދެއްވާ އެއީ ގޮނޑިކޮއްކޮއެއް މަޖިލީހުގައި
  ހުރުމަކީ ނުރައްކާތެރިކަމަކަށްވާތީ މިކަމުއި ދެގޮތެއްނިކަމެތި އަޅުގަނޑަށްވިސްނޭ މިކަމުގައި
  ރަގަޅުގޮތެއް މަނިކުފާނުނިންމަވާ އެއްގޮތަކަށްވިސްނެނީ މަނިކުފާނު ތިމަގާމަށް ކުފޫހަމަނުވާކަމަށް
  ބަލާ މަނިކުފާނުގެލަފައެއް އެއްވެސްކަމެއްގައިބޭނުންނުވާކަން، އަނެއްގޮތަކަށް ވިސްނެނީ މަނިކުފާނު ތިގޮތަށް ދެކިލައްވާކަމަށްވިދާޅުވެ އިސްތިއުފާނުދެއްވާ ތިފަދަވާހަކަފުޅުވިދާޅުވެލައްވަނީ
  ރައީސްސޯލިހުގެ އަގުވައްޓާލުމަށް، ނުވަތަ ބޮޑުވަޒީރުކަމަށް ހަމަނުޖައްސައިގެން ހަސަދައެއްފިލުވާލުމަށް ކަމެއްބޭޒާރުކޮށްލަނީކަމަށް

 4. ނިޒާރު

  ސްޕްރީމްކޯޓުން ތާއީދުކޮށް ތަމުފީޒްކުރަމުންއައި ޙުކުމެއް ހަމަ އެކޯޓުން ޝަރީޢަތަކާނުލައި ބާޠިލްކޮށްފައިވާއިރު ތިޔަބުނާ އެއްޗެއްވެސް ހަމަ އުވައިލެވެންވާނެެވެ.

  27
 5. ކޮރަލް

  ބައެއް ފަހަރު މެމްބަރުން ދައްކާ ވާހަކަ އަށް ވުރެ މީނަގެ ވާހަކަ ގިނަ އެވެ.

  31
 6. ޞ

  ކަލޭތީ ރާގޮނޑި ރާޖާ

  34
 7. ތިކަން އެނގޭ

  ޔޫރަޕާއި އިންޑިއާގެވެސް ގޮނޑިކޮއްކޮ އެއްކަން

  37
  1
 8. ކަނބާ

  ތި އެއްބަސްވުން ހާމަކޮށްފިނަމަ ބުޅާ ގޯނިން ބޭރުވެއްޖެއެވެ.

  34
 9. ހިއުމަން ރައިޓުސް

  ގޮނޑި ކޮ އްކޮ ޖެހެނީ މަޖިލީހުން ބޭރުކޮށް ޖެންޑާ އާއ އި ހަވާލު ކުރަން

  29
 10. ގޮނޑި ބޭބެ

  އެއްޗެއް ހިތްޕަވައިގެން އިންނެވިހެން ހީވަނީ ގޮނޑި ކޮއްކޮ މިއަދު.

  31
 11. ގޮނޑިކޮއްކޮ

  ސަޅިނަމެއް ތިޔަ ވިދާޅުވީ. އަމިއްލަ ފުޅަށް، މިމީހާ ، ފްލެޓްދޮންބެ، ގޮނޑިކޮއްކޮ ފަދަ ނަންތައް ސަޅި ދެން އެލެކްސް ވެސް ސަޅި.

 12. ރާފިޢު

  އެޅިގެންވެސް ތިބުނަން އުޅެވުނީ ރަނގަޅަށް ރަނގަޅު ގޮތަކީ އިންޑިޔާގެ މޯދީގެ ޕަޕެޓު

 13. ރައްޔިތުމީހާ

  ކަލޭ ތީ މަޖިލީހުގައި އިންނަ ގޮނޑި އިބިލީސް

 14. ޙިޔާލު3

  ރައްޔިތުން އެކަމަކަށް ތަބާވުން ލާޒިމުވާނަމަ އެކަމެއް ރައްޔިތުންނަށް އެގުން ލާޒިމުވެދެއެވެ. އަމަނަށް ނުރައްކާ ނުވަންޏާ ކަންކަން ސިއްރުކުރުމަކީ ޑިމޮކްރަ ސީ ސިފައެއްނޫނެވެ. ދެފުންފެންނަގޮތަށް ޑިމޮކްރަ ސީ ގެ ވެރިކަން ހިންގެންވާނެއެވެ.

 15. ޅަބޭ

  ގޮނޑި ކޮއްކޮއެއް ނޫން. ތީ ޗަރުކޭސް ބޭހޮއްކޮ.

 16. ގަބުޅި

  މިމައްސަލަ މަޖްލިހައް ހުށަހެޅުމުގެކުރިން އެމްއެމްޕީއާރުސީގެ ލާރިގަނޑު ކާލިމީހެއްކަމައްބުނާމީހަކު ނިޒާމީ ނުކުތާއެއްނެންގެވިއެވެ

  3
  1
 17. ޝިއޫ

  ނޫން..ނޫން.. އިއްޒަތްތެރި ރައީސް ކަލޭތީ މަޖިލީހުގެ ފާޚާނާތަށީގެ އެތެރޭގައި ތަތްލާފަ ހުންނަ މަޑުގުޅައެކެވެ.

 18. ގަންޖަރޭ

  ކަލޭ ތީ މި ގައުމަށް ލައްވާލި ބޮޑު މު.ޖެއް ، ބޮޑު ބަ. ވެރިކަމެއް ކަލޭ މިގައުމު ހަލާކު ކޮށްލާފި، މޯދީއަށް މިގައުމު މެދުން ކޮށްފި ، ތި ބަލާވެރި ފިކުރު އަންނަ ކޮންމެ ފަހަރަކު ގައުމުގެ ހަރު މުދާ އިންޑިޔާއަށް ނުއަގުގައި ހިބަކޮށް ދިނުން ނޫން ކަމެއް ނުކުރޭ؟ ފާޅުގައި ދީނަށް ފުރައްސާރަ ކުރުން ނޫން ކަމެއް ނުކުރޭ ! އަގީދާ ބަލިކަށި ކޮށްފި ، މި ގައުމުގެ ވަހުދަތު ވެއްޔާއި މޮޑެލި ،

 19. ސަންސެޓް

  އިންޑިޔާގެ ގޮޑިކޮއްކޮޮއެއް. ތީ އެން މެން ދަންނަ ސިއްރެއް.