އެމަރަލްޑް މޯލްޑިވްްސް ރިސޯޓްގައި ނުވަ މީހުންގެ ގްރޫޕަކުން އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ވާހަކަތައް ދެކެވެމުންދާތީ އެއީ ހިނގާފައިވާ ކަމެއްތޯ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

މީސްމީޑިއާގައި މި ޚަބަރު ފެތުރެން ފަށާފައި ވާއިރު ފުލުހުން ވިދާޅުވީ މިހާތަނަށް އައި އިރު އެފަދަ މައްސަލައެއް ފުލުުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

" މިހާތަނަށް ފުލުހުންނަށް އެފަދަ މައްސަލަ އެއް ހުށަހަޅާފައެއް ނުވޭ. ނަމަވެސް އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ކުރަން ޖެހޭ ކަންކަން މިދަނީ ކުރަމުން." އޭނާ ވިދާޅުވިއެވެ.

ނުވަ މީހަކު ވެގެން ރޭޕްކުރި ކަމަށް ތުހުމަތު ކުރެވެނީ ދިވެހި އަންހެނެކެވެ. އޭނާ އަކީ އެ ރިސޯޓްގައި ވަޒީފާ އަދާކުރި މީހެއް ކަމަށް މީސްމީޑިއާގައި ހުރި ބައެއް ޕޯސްޓްތަކުގައި ބުނެފައިވެއެވެ. އެ ނުވަ މީހުންވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވާއިރު މިއިން އެއްވެސް ކަމަކާއި މެދު އެ ރިސޯޓުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އެ ރިސޯޓަށް ގުޅި ނަމަވެސް އެ ރިސޯޓުން ވިދާޅުވީ އެ މައުލޫމާތު ދެވޭނެ ފަރާތެއް އެ ރިސޯޓުގައި އެވަގުތު ނެތް ކަމަށެވެ.

ރަސްމީ އަދި ނުރަސްމީ ސިފައެއްގައި ވެސް އެ ރިސޯޓުގެ ފަރާތުން މި ތުހުމަތުތަކާއި މެދު އެއްވެސް ވާހަކަ އެއް މިހާތަނަށް އައި އިރު ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަލޯ

    ހިގި ކަމަކަށް ވިޔަސް ނުހިގާ ކަމަކަށް ވިޔަސް ރިޒޯރޓް އިން ފޮރުވަން ޖެހޭ ސަބަބެއް ހިއެއް ނުވޭ އޮއިތްހެނެއް!

    39
  2. ހަބަރު

    ނުވަ މީހަކު ވެގެން ރޭޕްކުރި ކަމަށް ތުހުމަތު ކުރެވެނީ ދިވެހި އަންހެނެކެވެ. އޭނާ އަކީ އެ ރިސޯޓްގައި ވަޒީފާ އަދާކުރި މީހެއް ކަމަށް މީސްމީޑިއާގައި ހުރި ބައެއް ޕޯސްޓްތަކުގައި ބުނެފައިވެއެވެ. އެ ނުވަ މީހުންވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވާއިރު މިއިން އެއްވެސް ކަމަކާއި މެދު އެ ރިސޯޓުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ....ދެން މިހެން ބުނެފަ މިކަން ނިންމާލާ...ވާވާވާވާ

    31
    1
    • ސްނޭޕް

      ހެވޭ ދޯ

  3. ޅަބޭ

    ތީ މިހާރު ރާއްޖޭގަ އެންމެ ފޯރިޔާއެކު ހިނގާ މަސްރޫ.

    35
  4. އާދަމުގެދަރި

    ހަރުކަށިފިކުރަށްވުރެ ރޭޕްގެ ފިކުރު މާ ގަދަވެފައި ޖިންސީ ފުރައްސާރައިގެ ފިކުރު އިންތިހާއަށް ހިނގައްޖެ.

    27
  5. ރައްކައުތެރިކަން

    މިނިސްޓަރު މައުސޫމް ބުނި ގޮތާއި ދިމާއިދިކޮޅަށް ކަންތައް އެވީ.

    20