ރާއްޖޭގެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ޓިކްޓޮކް ބޭނުން ކުރަން ފަށައިފިއެވެ.

މިނިސްޓަރ މަހްލޫފް ޓިކްޓޮކް ބޭނުން ކުރަން ފަށާފައި ވަނީ އިއްޔެ އެވެ. މިނިސްޓަރ މަހްލޫފް މިހާރު ވަނީ ޓިކްޓޮކްގައި ވެރިފައިވެސްކޮށްފައެެވެ.

މިއީ މި ކެބިނެޓްގެ މިނިސްޓަރަކު ޓިކްޓޮކް ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރެވެ. މިނިސްޓަރ މަހްލޫފް ޓިކްޓޮކްގައި މިހާރު ވަނީ ދެ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.

މިނިސްޓަރ މަހްލޫފްގެ ޓިކްޓޮކް އެކައުންޓް

މިނިސްޓަރ އިއްޔެ އާއްމު ކުރެއްވި ފުރަތަމަ ވީޑިއޯއިން ފެނިގެން ދަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވަޑައިގެން ދެއްކެވި ވާހަކަތަކެވެ. އެ ވީޑިއޯ މިހާތަނަށް 18000 އަށްވުރެ ގިނަ މީހުން ބަލާފައި ވެއެވެ. އަދި 200 އަށްވުރެ ގިނަ މީހުން އެ ވީޑިއޯއަށް ލައިކް ދީފައި ވެއެވެ.

@ahmedmahloof

#Mahloof #Majlis #youth #Sports

♬ original sound - @AhmedMahloof

އަދި މީގެ އިރުކޮޅެއް ކުރިން މިނިސްޓަރ ވަނީ އޭނާގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ) އާއި ލަވަކިޔުންތެރިޔާ ހަމޫދު ކިޔާފައިވާ ލަވައެއްގެ ޓްރޭލާ ޓިކްޓޮކްގައި އާއްމުށްފައެވެ. އެއީ ހަނގާ ކުރުމާއި ދެކޮޅަށް ހަދާފައިވާ ލަވައެކެވެ.

@ahmedmahloof

Trailer of “Hangaa” by Elly & Hamoodh to be released on 3rd March. #Stopbullying #agaistbullying

♬ original sound - @AhmedMahloof

މިނިސްޓަރ އެކައުންޓަށް މިހާތަނަށް 207 ލައިކް ލިބިފައި ވެއެވެ. އަދި 204 މީހަކު މިނިސްޓަރ އެކައުންޓް ފޮލޯ ކުރާއިރު، މިނިސްޓަރ ފޮލޯކުރައްވަނީ އެންމެ މީހެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓަރ އޮފް މީޑިއާ ހަސަން ޒިޔާއުއެވެ.

ރާއްޖޭގެ ބައެއް އިދާރާތަކުންނާއި، އެކި ކުންފުނިތަކުންވެސް ގެންދަނީ ޓިކްޓޮކްއަށް ވަދެ، ރައްޔިތުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހިއްސާ ކުރަމުންނެވެ. އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ޓިކްޓޮކްއަށް ވަދެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އިކްރިޝާ

  ތީވެސް އުޅެފަ ނޫޅޭނެ ގޮތެއް ނޭނގިގެން ތެޅޭ ފިރިހެނެއް

  3
  1
 2. ކެނެރީ

  އަހަރެންނަށް ހެޔޮ ތިޔަކަލޭގެ އެމެރިކާގެ ޕޯންއިންޑަސްޓުރީޔަށް ދިޔަޔަސް

  1
  1
 3. Anonymous

  ހާދަ ފުރީ ވަގުތެއް އޮވެއެވެ.

 4. އެލެކްސް

  މިސަރުކާރު ނި މޭއިރު ކެބިނެޓް އެން މެން އުޅޭނީ ޓިކްޓޮކު ކުލެން

 5. މަގުރޫޕް

  ދެއްކުންތެރި

 6. ހަންނާނު

  މީނަ ޓިކްޓޮަކަށް ވަނީމަ އަހަރެމެން ތިބޭނީ ބަނޑަށް... ހަޔާތް ކުޑަ އް...