މީސްމީޑިއާ މެދުވެރިކޮށް އެކި ޒާތުގެ ޚަބަރުތައް ފަތުރާލުމަކީ މިހާރު ވަރަށް ފަސޭހަކަމެކެވެ. އަދި ސަމާސާ ރާގާއި، މަޖާ ޕޯސްޓްތައް ޖަހާލުމަށް ވެސް މީސް މީޑިއާ ވަރެއް ނޯންނާނެއެވެ. މީސްމީޑިއާ އަށް ވަނީމަ މައިގަނޑަކަށް ފެންނަނީ ދެ ވައްތަރެއްގެ މީހުންނެވެ. އެއްބަޔަކު އުޅެނީ ރެެއާއި ދުވާލު ސިޔާސީ ވާހަކަ ދެއްކުމުގައެވެ. އަނެއް ބަޔަކު އުޅެނީ އިޝްގީ ލައްޒަތުގެ ޑައިރީއަކަށް މީސްމީޑިއާ ހަދައިފައެވެ.

މީގެ އިތުރުން މީސްމީޑިއާ އަކީ ހެއްވާ މަޖާ ވާހަކަތައް ހިއްސާކޮށްލުމަށް ވެސް އެފަދަ ދެވަނައެެއް ނެތް ވަސީލަތެކެވެ. ތަފާތު މީހުންނަށް ދިމާވާ މަޖާ ކަންކަމުގެ ވާހަކަ އާއި، ހެއްވާ ފޮޓޯތަކާއި، މީމްތަކުން މުޅި މީސްމީޑިއާ އޮންނަނީ ތޮއްޖެހިފައެވެ.

މިގޮތަށް އއްޔެ މީސްމީޑިއާގައި ދައުރުވީ އެއް ޕޯސްޓަކީ މޮރޮކޯގެ މުސްލިމް ޒުވާން އިއްފަތްތެރި އަންހެނުންނާ ކައިވެނި ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮތް ކަމަށް ބުނެ ކުރި ޕޯސްޓެކެވެ.

ޓްވިޓާ އާއި ފޭސްބުކްގެ އިތުރުން ވައިބަ ގްރޫޕްތަކާއި ވަޓްސް އެޕް ގްރޫޕްތަކުގައި ވެސް މި ފޮޓޯ ދައުރުވި އިރު އެ ފޮޓޯ އިން ފެންނަނީ ހަމުގެ ކުލަ އަލި ރީތި ހައެއްކަ އަންހެން ކުދިންގެ ފޮޓޯއެވެ. ބަލާ ބެލުމަށް އޭގެ ތެރެއިން ގިނަ ކުދިން ވައްތަރީ އަރަބި ނަސްލުގެ އަންހެން ކުދިންނާއި ކަމަށް ވީ ނަމަވެސް އެ ހުރިހާ ކުދިންނަކީ މޮރޮކޯ ކުދިން ކަމަކަށް ނުބެލެވެއެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ އެ އަންހެން ކުދިން ރާއްޖެ ގެނައުމުގެ ކުރިން އޮންލައިންކޮށް ކައިވެނި ކުރެވޭނެ ކަމަށެވެ. އަދި 19-25 އަހަރުގެ އެ އަންހެން ކުދިން ރާއްޖެ އައިސް ކަރަންޓީނު ވުމުގެ ޚަރަދު ހަމަޖައްސައި ދޭނެ ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ. އަދި އެ ކުދިންނަށް ދިވެހި ބަސްވެސް ދަސްކޮށްދޭނެ ކަމަށް ބުނެފައި ވީނަމަވެސް އެ ކުދިން ރާއްޖެ އަށް ގެންނަނީ ކޮން އުސޫލެއްގެ ތެރެއިންކަން އެއްވެސް މިންވަރަަށް އެ ޕޯސްޓަކުން ނޭނގެއެވެ.

އެ ޕޯސްޓުގައި ދެ މީހެއްގެ ފޯނު ނަމްބަރުވެސް ވަނީ ހިއްސާކޮށްފައެވެ.

ނަމަވެސް އެއީ ކޮން ބައެއްކަމެއް އެ ޕޯސްޓަކުން އެނގޭކަށް ނެތެވެ. ބަލާބެލުމަށް މި ޕޯސްޓުން މީހަކަށް ވާނެ ގެއްލުމެއް އޮތް ހެން ހީނުވެދާނެއެވެ. އަދި ބެލެވެނީ މިއީ ބަޔަކު ސަމާސާ އަކަށް ކުރި ކަމެއް ކަމުގައެވެ. އެ ޕޯސްޓު ވެގެން ދިޔައީ "ވިހަ" ސަމާސާއަކަށެވެ. އެއީ އެ ޕޯސްޓާއި އެކު ފެނިގެން ދިޔައީ ދިވެހިންގެ ތެރޭގައި އޮތް މުޑުދާރު ޚިޔާލުގެ އެއްބައެވެ.

މި ޕޯސްޓުގައި ހިއްސާކޮށްފައިވާ އެއް ނަމްބަރަކީ ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކު އަޒީޒުގެ ނަމްބަރު ކަމަށް ވާއިރު އޭނާ އަށް ލިބުނު ފޯނު ކޯލުތަކުން އެނގުނު ކަމަކީ އިންސާނީ ވަގުފާރި އަށް ހުށަހެޅޭގޮތަށް އެ ފަދަ އަންހެން ކުދިން ރާއްޖެ ގެންނަން ފަސް ނުޖެހޭނެ ބަޔަކު ތިިބިކަމެެވެ.

އަދި އެ ކުށުގެ ބޮޑު މިނާއި އެކަމުގެ ސީރިއަސްކަން ގިނަ މީހުންނަށް ވަޒަންކޮށް ނުލެވުމުން ލިބުނީ ބޮޑު ސިހުމެއް ކަމަށް މަބްރޫކު ވަނީ "ވަގުތަށް" ވަނީ ވިދާޅުވެފައެވެ.

" ރޭގަ އެކަނި ވެސް އައި 80 ކޯލް. މިއަދުވެސް 20-25 ކޯލްސް. ރޭ ފޯނު ނިއްވާވެސް ލިން. 2-3 ކޯލް ނެގުނު އެއީ ކިހިނެއްވެގެންކަން ގުޅަނީ އެނގުމުގެ ކުރިން. ބައެއް މީހުން ގުޅާފައި ސާވިސް އަށް އެދެނީ. އެ ކުދިން ގެންނަން ބޭނުމީ އަގުދީފައި ވިޔަސް. މިއީ ވަރަށް ދެރަ ކަމެއް. ސަމާސާ ކުރުމަކުން މައްސަލަ އެއް ނެތް. އެކަމަކު ހިއުމަން ޓްރެފިކިން އަކީ ވަރަށް ބޮޑު މައްސަލައެއް. މިގޮތަށް ބޭރު މީހުންނާައި ކައިވެނިކޮށްގެން ރާއްޖެ ގެނެސްފައި އެބަ ހުރި. އެއީ މިހާރުވެސް އޮތް ވަރަށް ބޮޑު އިޝޫއެއް. އަދި މއީ މިފަދަ ކަންކަން ވެފައި ތިބި ކުދިންނަށް ވަރަށް ބޮޑު ޓްރިގަ އެއް. މިގޮތަށް ބައެއްގެ ފޮޓޯ ޖަހައިގެން ހިންގާ އަމަލަކީ ސަމާސާއެއް ނޫން." މަބްރޫކް ވިދާޅުވިއެވެ.

އެ ޕޯސްޓުގައި ނަމްބަރު އާއްމުކޮށްފައިވާ ރައީސް އޮފީހުގެ އަނެއް މުވައްޒަފަށް ގުޅާފައި ވެސް ކިތަންމެ ބޮޑު އަގުގައި ވެސް އެ ކުދިން ގެންނަން ބޭނުންވަ ކަމަށް ބުނި މީހުން ތިބިކަން މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެފަދަ ގޮތަކަށް އަންހެނުންގެ ފޮޓޯ ޖަހައި އެގޮތަށް ހިންގާ ހިއުމަން ޓްރެފިކިންގެ އަމަލުތަކަކީ ސަމާސާ އެއް ކަމަށް ނުދެކުމަށް އެނާ އިލްތިމާސްކުރެއްވިއެވެ.

ފައިސާ ހޯދުމުގެ ގޮތުން މުޅި ދުނިޔޭގައި ހިންގާ އެންމެ ބޮޑު އެއް ކުށަކީ އިންސާނީ ވަގުފާރީގެ މައްސަަލައެވެ. މިހާރުވެސް އިންސާނީ ވަގުފާރީގެ މައްސަލަ އަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. އެކަން ހައްލުކުރުމަށް ރާއްޖޭގައި ހިއުމަން ޓްރެފިކިންއާ ދެކޮޅަށް އެކްޝަން ޕްލޭނެއް އެކުލަވާލައި މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޒާހިޔާ

    މަބްރޫ ކު އަށް ކޯލް ކުރި ލިސްޓް ސް ކުރީން ޝޮޓް ލިނަމަ ވަރަށް ފުރިހަމަވީސް

    22
    1
  2. ޟިސާލު

    ކޯލް ލޮގްވެސް ހާމަކޮށްލިނަމަ.
    އިނގޭ އެކަން ނުކުރާނެކަން. އެޢީ ޕާޓީ ކުދިން ގިނައިން ގުޅާފައި އޮންނާނީވެސް

    17
    5
  3. ކޮވިޑް

    ކިނިހެއް އެންގެނީ މަބުރޫކު ކޮށްގެން އުޅޭ ކަމެއް ނޫން ކަމެއް؟ ކޮވިޑްގަ ލައްކަ ފައިދާވިއޯ މީޑިޔަތަކުން އަޑު އިވުން. ހަމަ ކައިވެނި ކޮމްޕެނީ އެއް ވެސް ހަދާފާނެއްނު، އަސްލު ސަޅި ކަމެއް މީ އަދި އެކި ޤައުމުތަކުންނަމަ ސަޅިވީސް ދޯ؟

    15
    5
  4. ޝައުކަތު

    ވެދާނެދޯ އިންޑިއާ ޑީލްގެ އަޑު ކަނޑުވާލަން ކުރާ ކަމަކަށްވެސް.

    21
    4
  5. ސަންޑާނު

    ތިވަރުރީތި އަންހެނުން ފެނުނީމާ ނުގުޅާންހުންނަ މީހާއަށްވެސް ހުންނާނީ ގުޅިފާ.

    14
    1
  6. ޖަބިރު

    ހިއުމަން ޓްރެފިކޯ! މި ސަރުކާރުން ނުހިންގަނީ ކޮން ޖަރީމައެއް. އެންމެ ކުޑަމިނުން ލޮކްޑައުން ތެރޭގައި ރައްޔިތުން ހާލުގައި ޖެހި މާޔޫސް ކަމެއްގެ ތެރޭގައި އޮއްވާ ސަރުކާރުން ރައްޔިތުންގެ ބައިތުލްމަލުން ވައްކަން ކުރީ ހަޑޫ ހަކުރު ކިލޯއިން. 4ރ ދޭ ހަކުރު ކިލޯ ގަނެފަހުރީ 15ރ އަށް މީދެން ބޮޑުވަރު. ލަދުކޮބާ މަބުރުކާ ހިއުމަން ޓްރެފިކޯ ޖ ކިޔަްން

    18
    3
  7. މަކަރު ވެރިޔާ

    ތީ ހަމަ ކަލޭމެންގެ ރީދޫ ޖޫސްބޮއެގެން އުޅޭބަޔަކު ކުރިކަމެން.

    14
    2
  8. އެމަންޖެ

    މިސަރުކާރަށް ވާނެކަމެއްނެތް.

    12
    3
  9. ޙުހު

    އެޖެންޓް މަބްރޫކް !!! :ޕ

    14
    1
  10. ނަގޫރޯޅި

    މާމާ ސަންގެ ނަންބަރު އިދެގެން ހައިރާނެއް ނުވެ. އަނެއްކާ މިސަރުކާރަކީ ހުސްއޭގެ މީހުން މަ ތިބަރު ސަރުކާރެއް.

    15
    1
  11. ައަންހެން

    "ކުދިން".... އެތާއެހުރީ ކުދިންނެއް ނޫން. ބޮޑެތި އަންހެނުން ހަމަ

  12. ކަލޯ

    ހައިރާންވެ އަންތަރީސްވެއްޖެ. ރާއްއަށް އެންމެ މީހެއްވެސް ނުގަވައިދުން އެތެރެވެފައިނެއް. ރާއްޖެއަކީ އަންސާނީ ވަގުފާރީގައި ރާއްޖެ ބައިވެރިއެއް ނުވޭ. މީނާއަށް ހަޖަމްނުވީ މީނާގެ ނަންބަރު މީގައި އޮތީމާ. ވިސްނަބަލަ، މީ މީމީހުން މިގައުމުގެ ކަންކަން ގެންގޮއްސައިވާ ހިސާބު. އަތައްގޮވީމާ މިއެގެނީ މިވެރިންނަށް ތިބެވުނު ހިސާބު. ވަރަށް ސަލާމް