ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވި ފަހުން އުޅުއްވީ ވަރަށް ބޮޑަށް ސިޔާސީ ކަންކަމާއި ދުރުގައެވެ. އޭނާ އެއްވެސް ވަރަކަށް ސިޔާސީ ހަރަކާތްތަތަކުގެ ތެރެއިން ފަހުން ފެނިވަޑައިނުގަންނަވައެވެ. އަދި ޓްވިޓާ ފަދަ މީސް ޕްލެޓްފޯމްތަކުގައި މާބޮޑު ވާހަކަތަކެއް ހިއްސާ އެއް ނުކުރައްވައެވެ.

މަބްރޫކްއަށް އާއްމުންގެ ބޮޑު ސަމާލުކަމަށް ލިބިގެން ގޮސްފައި ވަނީ ރާއްޖެ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރުނު ކޮވިޑް-19 އާ ގުޅިގެން ދިވެހި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގައި އުޅުއްވި އިރުގައެވެ. އޭނާގެ ވާހަކަތަކަށް ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައިރު، އޭނާއަށް ތައުރީފްކޮށް ވާހަކަތައް ދައްކާ މީހުންވެސް މަދެއް ނޫނެވެ.

އޭގެ ފަހުން އޭނާ ވަނީ ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަނު ކުރައްވާފައެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް، ހާއްސަކޮށް ރައީސް ސޯލިހްގެ ފަރާތުން ބާއްވާ ބޮޑު ޖަލްސާގައި މަބްރޫކް - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މަބްރޫކް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޮގަސްޓް 23 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އޭގެ ފަހުން މަބްރޫކް ޓްވީޓާގައި ސިޔާސީ ކަންކަމާއި ގުޅޭ އެއްވެސް ވާހަކައެއް ހިއްސާ ނުކުރައްވައެވެ. އެކަމަކު މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި މަބްރޫކް ވަނީީ އެމްޑީޕީ ޕްރައިމަރީގައި އޭނާ ރައީސް ސޯލިހަށް ސަޕޯޓް ކުރައްވާކަން ހާމަ ކުރައްވާފައެވެެ.

އޭގެ ފަހުންވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އޭގެ ފަހުން އޭނާ އާއްމުންނަށް މި ފެނިވަޑައިގެންނެވީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް، ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން އާޓިފިޝަލް ބީޗްގައި ބާއްވާ ބޮޑު ޖަލްސާގައެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް، ހާއްސަކޮށް ރައީސް ސޯލިހްގެ ފަރާތުން ބާއްވާ ބޮޑު ޖަލްސާގައި މަބްރޫކް - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އެ ޖަލްސާގެ ޕޯޑިއަމަށް އޭނާ އަރާވަޑައިގަންނަވާކަން އިއުލާނު ކުރެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) އެވެ.

އޭނާ އެންމެ ފުރަތަމަވެސް ޖަލްސާގެ ޕޯޑިއަމަށް އަރާ ވަޑައިގެން އަތް ޖައްސަވަން ފެއްޓެވިއެވެ. އަދި އޭނާ އަރާވަޑައިގެންނެވުމުން ބައެއް ފަރާތްތަކުން ގޮނޑިން ކޮޅަށް ތެދުވެ، ވަޑައިގެން އަތްތިލަބަޑި ޖެއްސެވިއެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، އޭނާ މިތަނުގައި ހުރީ ރައީސް ސޯލިހަށް ތާއިދު ކުރައްވާ ކަމަށެވެ. އަދި އެއީ ވަޒީފައެއް އޮވެގެން ނޫން ކަމަށާއި، އެއީ ލިބޭ އެއްޗެއް އޮވެގެން ނޫން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އެއީ އެއްޗެއް ހޯދާކަށްވެސް ނޫން، ހަމަ ފުރިހަމައަށް ހިތުގެ އަޑިން ގަބޫލުކޮށްގެން، ރައީސް ސޯލިހަށް ތާއިދު ކުރާތީ". އޭނާ ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް، ހާއްސަކޮށް ރައީސް ސޯލިހްގެ ފަރާތުން ބާއްވާ ބޮޑު ޖަލްސާގައި މަބްރޫކް - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މަބްރޫކް ވިދާޅުވިގޮތުގައި، މިއީ އޭނާ އެހެން ބޭފުޅަކާއި ނުރުހުންވެގެން ކުރައްވާ ކަމެއް ނޫނެވެ. އަދި ރައިސް ސޯލިހަށް އޭނާ ތާއިދުކުރައްވާތީ އެހެން ބޭފުޅުންނަށް ކުރާ އިހުތިރާމްވެސް، ގަދަރެއްވެސް ކެނޑިގެން ނުދާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އޭނާ ރައީސްއަށް ތާއިދު ކުރައްވާ އެއް ސަބަބަކީ ކޮވިޑް-19 އިން އަރައިގަތުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހިނގާދަމާ

    މާލެ ސަރަހައްދުން ގޯތި ދޭން ވައުދު ވެގެން އައި ވެރިކަމުން މިހާރު ކުއްލި އަކަށް ފްލެޓްސް ތަކަށް ބަދަލުވުން އެއީ ވައުދާއި ޚިލާފު ވުމޭ މިވާނީ މުތުލަޤު ބާތިލް ކަމަށޭ ހުޅުމާލޭން ގޯތި ދެވެން އެބައޮތޭ މިހާރުވެސް 25 ހާސް ގޯތި 2 ހާސް އަކަފޫޓްގެ ގޯތި ދެވޭނެއޭ މިކަން ކުރެވޭނީ އަންނި އަށޭ ހިނގާރުވާ ފެންދީ އުޖާލާ ކުރަން ޔާންޓެ އާއި އަންނި ގެ ފެންވަރުގެ ޚިޔާލު ތަކަށް ހިނގާ ގުޅިގެން ގޯތި ހޯދަން ގޯތި ކަޑަ ޖަހަން ހިނގާދަމާ ބާރަށް ހިނގާ ދެމާ ވޯޓެއް އަންނި އަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ކަނބުލޮ މެންނޭ މަމެން ޕިންކީންނާއި އަންނި ޓީމް ގުޅިގެން ހިނގާ ދަމާ ހޮވަން އަންނި ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ވޯޓެއް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....

    9
    3
  2. ބުއްދިވެރި މީހުން ތިބޭނީ އިބޫއާއިއެކު

    ވިސްނޭ ހެޔޮލަފާ މީހެއްވިއްޔާ ދާނީ ރ. ޞޯލިޙާއި ދިމާލަށެވެ.

    10
    31
    • ރަންނަމާރި

      ވިސްނޭ މީހުން އޮޅުވާލައިގެން ވިޔަފާރީގެ ނަމުގައި މީހުންނައް ދޯކާ ދިނުން ދޯ. އެސަރުތު ފުރިހަމަވާ ގިނަ މީހުން ސޯލިހާ އެކު ވާނެ

      12
      2
    • ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

      އެމް.އެމް.ޕީ.އާރް.ސީ ގެ ލިސްޓް ގައި ތިބި ވަގުން އިބޫ ކައިރި ތިބީ. އެ މީހުން ގެ ވައްކަމުގެ މައްސަލަ އިބޫ ޤަސްތުގައި ނުބަލާތީ އެ ވަގުން އިބޫ ކައިރި ތިބީ.

      14
      4
  3. ތާގި

    ކޮވިޑުވަގު

    24
    5
  4. ކޮރަލް

    ފައިސާ ކޮޅެއް ލިބޭ އިރަށް ސިޔާސީ މަގާމް ދޫކޮށްލަނީ އެވެ. ފައިސާ ކޮޅު ހުސްވާ އިރަށް ސިޔާސީ މަގާމް އަލުން ހޯދަނީ އެވެ.

    34
    2
  5. ލޯބިވާ ވަޠަން

    ފަހު ޒަމާނުގައި ދައްޖާލު ވެސް ފާޅުވާނެ.

    13
  6. ހުސޭނުބޭ

    ކުރިން ދިން އެތިކޮޅު ހުސްވީމާ ފާޅުވާނެ. މަސްވެރިން ބުނޭ ދަހި މަހަށް މުގުރާން ޖަހާލީމާ ކެކިއަރައިގެން އަންނާނެއޭ. މިއީ އިންތިޚާބު މޫސުމް. ފައިސާ ހުންނަ ކޮންމެ ދިމާލަކަށް ތިކަހަލަ އެއްޗެތި ތިލަވާނެ.

    17
  7. އަންނި

    ދެން ސޯލިހު ހޮވިއްޖެނަމަ ބޮޑު އެއްޗެއް ބޭނުންވެގެން. އެއީ ޔޫތުމިނިސްޓަރުކަން. އޮޅުވާނުލާ.

    8
    1
  8. އަލީ

    ވިޔަފާރި އަޑިއަށްދިޔައިމާ އަނެއކާވެސް އިބޫ ފެނުނީ.

  9. ޘުހޫ

    ހޫން މަ ކުރިންދުވަހަކު ރެޑްވޭވުން ގަން ކަދުރު ކޮންޓެއިނާ އެއްގަވެސް އިން ތީނަގެ ނަން ޖަހާފަ. މަގޭ ހިތައް އެރިޔޭ އޭރުވެސް މިސޮރު ފާޅުވާންތާއޭ މިއުޅެނީ

  10. Anonymous

    ސޯލިހު އެއްޗެއްނިދިނަސް ކަލޭމެން ތިޔަ އުޅެނީ އުދުހިފައޭ ، ދެރަ ނިކަމެތިންނޭ ތިޔަބައި މީހުނައް ވޯޓް ދީގެން އިތުރައް ނިކަމެތިވަނީ.