ބަޔަކު ގެންގުޅެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެކޭ ވިދާޅުވެފައި ނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ބަޔަކު ގެންގުޅެނީ ރައީސް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއް ކަމަށް މަބްރޫކް ވިދާޅުވިކަމަށް ދޭހަވާގޮތައް "މިހާރު" ނޫހުގެ ސްކްރީން ޝޮޓެއް މީސް މީޑިއާގައި ދައުރުވަމުން އަންނަތާ ދެތިން ދުވަސް ވެއްޖެއެވެ. އެ ސްކްރީން ޝޮޓާއިއެކު މަބްރޫކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްކްރީން ޝޮޓުން ފެންނަ ފަދަ ވާހަކައެއް އޭނާ ވިދާޅުވެފައި ނޯންނާނެ ކަމަށެވެ.

ސްކްރީން ޝޮޓުން ފެންނަ ގޮތުގައި ޚަބަރު ލިޔުނު ނޫސްވެރިޔާ ވެސް އެއީ "މިހާރު" ނޫހުގައި ލިޔުނު ޚަބަރެއް ނޫންކަން ކަށަވަރު ކޮށްދޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބަޔަކު ގެންގުޅެނީ ރައީސް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއް ކަމަށް މަބްރޫކް ވިދާޅުވެފައިވާކަން ދޭހަކޮށްދިނުމަށް ހަދާފައިވާ ފޭކް ސްކްރީން ޝޮޓެއް ދައުރު ކުރަން ފެށީ ރައީސް ސޯލިހް ހިލޭ އަންހެނަކާއިއެކު ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް ލިބިއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް އަންހެން ކުއްޖަކާއި ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ވަނީ ފޮނުވާފައެވެ. ފޮޓޯ އިން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ތުހުމަތާއި ގުޅިގެން މަބްރޫކް ކުރިން ވިދާޅުވީ "އެކަހަލަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީން ކަން ރައީސް ދެއްވާ." ކަމަށެވެ.

އެފަދަ ފޮޓޯތަކެއް އުޅޭނެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، "ފުރަތަމަ ކަމަކަށް ފޮޓޯއެއް އުޅޭނީ އެ ކަހަލަ ކަމެއް ކުރައްވައިގެން ނޫންތޯ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    އަނެއްކާ ކޮންމެވެސް ގިރިއެއް ޖައްސަވަން އޮތް ފޮޓޯއެއްނޫންބާ؟

    31
    2
  2. Anonymous

    ސާބަހޭ ފަސްބައިތައް ކިލަނބު ނުކޮށްބަލަ

  3. އަބްދޫ

    ހިޖާމް ގަ އޮތުމާއި މަސައކަތުގަ އޮތުމާއި ތަފާތު ވެދާނެ.

    11
  4. ތިމަންނަ

    މިހާރު މިވަނީ " އަސްލީ ނަގުލީ " އޮޅިފައި .... މިޒަމާނުގައި ފޮޓޯއަކީ " ބޭނުން ގޮތަކަށް" ހަދާލެވިދާނެ އެއްޗެއް ، ޓެކްނޮލޮގީ އިސް ސޯ ސްމާޓް

    8
    3
  5. ބޮލި މުލައް

    ކާނަލްވެސް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް

    10
  6. ޑައެލޯގް

    ހުރިހައި ކަމެއްގައިވެސް އޮތީފޮޓޯއާއި ވީޑިޔޯއެވެ. އިބޫއަށް ތާއިދުކުރާމީހުންބުނަނީ އިބޫގެ ވީޑިޔޯއަކީ ހަދައިގެން ގެންގުޅޭވީޑީއޯއެކެވެ. މަގޭސުވާލަކީ އެމްޑީޕީ ބޭނުންވާ މީހުންގެ ވީޑީއޯގަބޫލުކޮށްފަ ބޭނުންނުވާމީހުންގެ ވީޑިއޯއެއްގަބޫލުނުކުރާތީއެވެ. ޔާމީނުގެ ވެރިކަމުގަ އަލީހަމީދުކަމަށްބުނާ ވީޑިއޯ ދައްކާ ފިޔަވަޅުއަޅަންގޮވާ ހުދުޖަގިޔާނެގީ އެމްޑީޕީއެވެ. އެކަމަކު އިބޫގެ ވެއްޖިއްޔާ ވީޑިއޯއަކީ އަސްލެއްނޫންކަމަށްބުނެއެވެ.

  7. ވީބެއަލީ

    ތީމިހާރު މަންޒަރު ބަދަލުކޮށްލުމަށް ޖަހާ މަޅިއެއް.

  8. އަންްން

    ފުރަތަމަ ބަލަންވީ ރާ ބޮއި އުޅޭ މީހުންގެ ބެސްޓް ފްރެންޑުން އެއްކޮށް އުޅޭތާ 30ހަކަށްވުރެ ގިނަ އަހަރުވާއިރު ބެސްޓް ފްރެންޑް ރާ ބޯއިރު އަނެއް ފްރެންޑް ހަމަ ރާކޮޅެއް ބޯ ނުލާތޯ. ދެން ރާ ބޯ މީހުންނަށް ޒިނޭ ކުރެވުނުތޯ ނުކުރެވުނުތޯ އެމީހުން އަމިއްލައަށް ނޭނގޭނެ ހާލު ނުކުރަމޭ ހަމަ ބުނެލާއިރަށް ގަބޫލުކުރަންވީތޯ. ބަޔަކު ތިމަންނަމެންނަށް ވޯޓް ދެވުނު މީހާ ހުދު ކާފޫރަށް ހަދަން އުޅުނަސް އެއީ ލައްކަ ޗަކަ ހޭކިފަ ހުރި މީހެއްކަން ގަބޫލުކުރަން ބޭނުންނުވުން އަސްލު މައްސަލައަކީ.