މާލެ ފުރަބަންދުކުރިޔަސް މާދަމާ މަގުތަކަށް ނިކުންނާނެ ކަމަށް އިދިކޮޅުން ހާމަކޮށްފިއެވެ.

މާލެ އަލުން ފުރަބަންދު ކުރަން ޖެހިދާނެ ހިސާބަށް ހާލަޔު ގޯސްވެފައިވާކަމަށް ހެލްޔު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހަސަން މުހައްމަދު ލަތީފް ވިދާޅުވީ މާލެ ފުރަބަންދު ކުރިޔަސް މާދަމާ މަގުތަކަށް ނިކުންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ސަރުކާރުން އަންނަނީ ރައްޔިތުން ނިކަމެޔި ކުރަމުން ކަމަށް ހުސައިން ވިދާޅުވިއެވެ.

މިއަދު ފެންނަނީ ކޮވިޑާއި ގުޅިގެން ދިމާވި ކަންތައްތަކުގައި ރާއްޖެ ދަރުވާލާފައިވާ މަންޒަރު ކަމަށާއި، މާދަމާ މަގުތަކަށް ނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''މާލެ ލޮކްޑައުން )އައްޑޫސިޓީ ހުޅުމީދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ ކުރިޔަސް މާދަން މަގުތަކަށް ނިކުންނާނަން. ޤައުމު ވިއްކާލާފަ ހެޔޮވަރު ވަރަކަށް ދިރުވާލާފަ ބަހަނާ ނުދައްކަވާ'' މެންބަރު ހުސެން ވިދާޅުވިއެވެ.

ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚާއްސަ ގާނޫނު އެކުލާވާލުމަށް މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގެ ހާލަތު ފުރަބަންދު ކުރަން ޖެހޭ ހާލަތެއްގައި އޮތް ނަމަވެސް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަމުން ދަނީ ފުރަބަންދަކަށް ނުގޮސް ހިފެހެއްޓުމަށް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށްވާ އިރު، ފުރަބަންދަކަށް ދިއުމުގެ ގާބިލުކަން ނެތް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އެކަމަކު އަތޮޅުތެރޭގައި އަދި ރިސޯޓުތަކުގެ ހާލަތަށްވުރެ މާލޭގެ ހާލަތު ކަންބޮޑުވާ ވަރަށް ގޯސްވެފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މާޗް ހަތް ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ. އަދި މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މާލެ ފުރަބަންދަކަށް ދިޔައީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. އެ ދުވަސްކޮޅު މާލޭގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރުމުން ގޮސް، ކޮންމެވެސް ވަރަކަށް ކޮވިޑް-19 ކޮންޓްރޯލް ވާން ފެށީ ޖުލައި މަހުގެ މެދުތެރޭގައެވެ.

އަދި ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ހަމައަށް ދިޔައިރު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ. އެހެންވެ، ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމާ އެކު، ފެނިގެން ދިޔައީ ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެގެން ދިޔަ ތަނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަނި

    މަ ވެސް ތައިދު

    45
    19
    • މަރުމޯލް

      ނުކެރޭނެ ނިކުންނާކަށް. ޢަޅެ ނިކުމެބަލަ ވާގޮތް ބަލަން.

      18
      50
  2. ހަސަނު

    ދެލޯފުޅާ ނިކުތިމަ އެކަމުގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ގެއްލުންވާނީ ކާކަށްތަ ނުރައްކާވެސް އޮތީ ތިމީހުންގެ އާއިލާތަކާ މުޅި މުޖުތަމަޢަށް..ތިހެގޮއެދިގެން އުޅޭގޮތެއްނޫން ...ކުދޖންކޮޅު ހެއިންނުނެރެ ގޭގަބައިތިއްބައިގެން ޓީވީ ކެންޕޭން ކޮއްބަލަ..ތިކަމަކާހެދޖ މާލޭޕޮޒިޓިވް ވާމީހުން ހައްތަހާވނި ގިނަ..މާތްﷲއަށާ ބިރުވެތިވެ ބަލާ..މިބަލި މަޑުލުން މާތްﷲ އަހަރެމެން ރައްކާތެރި ކުރެއްވީމަ ދެން މަގުމަށްޗަށް ނުކުންނަން ގޭގަޑުކޮއްލަބަލަ..އާާދޭސްމިކުރަނި..ޕީޕިއެމްކުދިން ގޭގަމަޑުކޮއްލާ މާދަމާ ވެސް އެހެންދެހުކުންވެސް ރޭގަނޑުވެސް އެއްވާށޭ ގޮވިޔަސް ނުދޭބަލަ..ހެޔޮއެދޭ މީހުން މިފަދަ ބަލިމަޑުކަމެއްގެ މުޅިގައުމު ބިރުވެރިކަމެއްގަ ވާއިރު ތިހެން މީހުން ބޭރަށް ނެރެންނުގޮވާނެ..އެކަކުވެސް މާދަމާނުދާތި..ޝުކުރިއްޔާ..

    16
    14
  3. ހުއްބުލް ވަތަން

    ހަޤީޤަތުގަ ޕީޕީއެމްގެ ސިޔާސަތެއްނެތްކަން މިފެންނަނީ. މުޒާހަރާ ކުރުމަށްޓަކައި ނިކުންނަން ތިވިސްނަނީ... އޭގެ ބަދަލުގަ ރައްޔިތުން އޮބިއަޅުވައިގެން އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ހުއްޓުވައިގެން މިއުޅޭ އަޅުވެތި ކުރުމުގެ ސިޔާސަތާ އަދި ވިޔަފާރިތަކަށް ގެއްލުންދޭ ސިޔާސަތާ ދެކޮޅަށް ނިކުންނަމަ ތާޢީދު އިތުރުވީސް! ވައްކަމޭ ބުނެގެން މީހުން ޤަބޫލެއްނުކުރާނެ އެއީ ތިބޭފުޅުންވެސް އުޅުއްވި ގޮތްކޮޅަށްވާތީ

    20
    15
  4. އަލްޖިބްރާ

    އެހެންނޫނަސް ކަލޭމެންނަށް ކުރެވޭނެ އެހެން ކަމެއް ނޯންނާނެ ! މަގުމައްޗަށް ނިކުންނާނަމޭ ގޮވާއިރު ނިކުންނަން ގޮވާ ކޮންމެފަހަރަކު މިނިކުންނަނީ 150މީހުން ! މީ ކަލޭމެންގެ ފެންވަރު ! ދެން މިހާރު ތިއުޅެނީ ބޮޑިއެއް ބޯންވެގެން !

    16
    19
  5. ޟިސާލު

    ގަދަ.

    12
    7
  6. އިބޫ

    ސާބަހޭ ނުނިކުންނަނަމަ އަސްލަމް އަދި މާ ގިނަ ފުލެޓު ދިރުވާ ކާލީސް

    25
    6
  7. ނަރެލް

    ޓްރަމްޕް ވެރިކަމުން ފޭބިއިރު އެއްބަޔަކަށް ރަނގަޅަށް ޓްރެއިނިންގ ދީފިހެންހީވޭ

    12
    4
  8. ކިނބޫ

    ގައުމެއް ނެތް ފެންތައްޓަކާނުލާ މަޅާލައިފި

    12
    7
  9. ލަދު

    ލަދު ހަޔާތުގެ ކަންފުޅެއްވެސް އޮތް ބައެއްނޫން. ކަލޭމެން ވެރިކަމުގަ ތިބިއިރު މުޒާހަރާކުރުމާ ދެކޮޅައް ނުކުރާކަމެއްނެތް. މަގުމަތީގެ ގާތައް ނަގާ ގާނޫނުތައް ވެސް ބަދަލުކޮއްގެން އުޅުނުގޮތް އަދި ހަނދާންނުނެތޭ. އެއްވެސް އައިޑަލޮޖީއެއް ވެލިއުތަކެއްނެތްބައެއް ތީ.

    16
    15
    • ކެނެރީ ގޮރު

      ހަޖަމް ކޮށްލާ. މިހާރު މިއޮތީ ނާގާބިލު، ސަރުކާރެއް

      3
      2
  10. ފިއްޓޭ

    އެންމެގިނަވެގެންވެސް ނު ކުންނާނީ ސަތޭ ކަމީހުން.

    3
    2
  11. ޙައްވަ

    އާން ނިކުންނަން ވާނީ. ޢެހެންޏަ ތަންދޮރު ނޭންގޭ ކުޑަކުދިން ވިއްޔަ މީ. މަގުމައްޗަށް ނިކުމެ ހަޅޭއް ލަވައިގެން ކޯއްޗެއްތަ ލިބެނީ ކަލޭމެނަށް އައިން؟

  12. ވިސްނާ

    އަމިއްލަޔައް އެބުނަނީ މީޤާބިލްކަމެއްނެތް ނާޤާބިލް ސަރުކާރެކޭ ދެންމިސަރުކާރާދެކޮޅައް މަގުތަކައް ނުނިކުންނަންވީ ސަބަބެއްނެތް އަނެއްކާ ބިރުގަންނަވަރަކީ
    އިދިކޮޅުން މަގުމައްޗައް ނުކުންނަވާހަކަ ބުނާއިރައް ކުއްލިއަކައް ކޮވިޑުގެ އަދަދު މަތިވުން އެވަރައް މިރާއްޖޭގަ ކޮވިޑުއޮތްނަމަ ތިވަރަކައް ޓޫރިސްޓުންނެއް މިގައުމަކައް ނާންނާނެ

  13. އާމިރު ނަސީމް ، އއ . އުކުޅަސް

    ކޮވިޑޭ ކިޔާކޭން މިޔަނީ ކީކޭތަ ؟ މީ ހަމަ ނޯމަލް ފީވާ ވެރިކަން ވެއްޓިދާނެތީ ބިރުން ކޮވިޑޭ ކިޔާގެން މި ކިޔަނީ ، ރައްޔިޔުން ބަލަން ތިބޭތި މީގެ އާޚިރު ނަތީޖާ މަތި ފަޑި ވެރިންނަށް ވަރަށް ހިތިވާނެ ، ރައްޔިތުން ނަށް ދިން އަނިޔާ ފަހުން ވިސްނޭނެ ،