ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވާ ފަދަ މިނިކާ ބާޒަކަށް ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަަދު ވަހީދު އަހުމަދު ވިދާޅުވެއްޖެއެވެ.
މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވަނީ ޖަލަށް ވަޑައިގަންނަވަން ޖެހުމުގެ ކުރިން އެމަނިކުފާނު ވަނީ ފުރަތަމަ ކަމަކަށް އެ ޕާޓީއަށް ހެޔޮ ނޭދޭ "މިނިކާ ބާޒުތަކެއް" އުޅޭ ކަމަށް ވިދާޅުވެފައެވެ.
އެފަދަ މިިނިކާ ބާޒުތައް ޕާޓީއަށް އޮތް ސަޕޯޓް ފެނި ޕާޓީގެ ލީޑާޝިޕް ހޯދަން އުޅޭނެ ކަމަށް ފާހަގަކުރައްވާ އެ ފުރުސަތު ނުދެއްވުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގެ އެހުންތެރިއަކު ވަނީ ރައީސް ޔާމީން އެ އިޝާރާތްކުރެއްވި ފަދަ މިިނިކާ ބާޒަކަށް ވެވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން ޕީޕީއެމްގެ ސަޕޯޓަރުންނަށް ދެއްވާނަންތޯޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވަހީދު ވިދާޅުވީ ރައީސް ޔާމީން އެފަދައިން ވިދާޅުވީ ޕާޓީ އިން ބޭރުން އައި މީހުންނަށް އިޝާރާތް ކުރައްވާ ކަމަށެވެ.
"އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް. އަޅުގަނޑު ޕާޓީ އެއް އުފައްދައިގެން އުޅެފައި ބަޔަކު ގޮވައިގެން އަޅުގަނޑު އައީ. އެހެންވީމަ އަޅުގަނޑާ ބޭރުން އަންނަ ބަޔަކާއި އެއްގޮތް ވާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަހީދު މިފަދައިން ވިދާޅުވެފައި ވާއިރު އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ކޮންޓްރޯލް "ޖަހައިގަންނަން" ބޭނުންވާ "ބާޒުތަކަށް" ފާރަވެރިވާނެ" ކަމަށާއި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު އެ ކޯލިޝަންގެ ލީޑާޝިޕްއަށް އެބަ އޮތް ކަމަށް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.
މިނިކާ ކާޅަކަށް ވީކަން ޔަޤީން..
މިނިކާ ބާޒާކަށް ވީ ހަމަ ކަށަވަރުން ރައީސް ޔާމީން. މައުމޫނު އަތުން ޕާޓީ ޖަހައިގަތީ. މައުމޫނު ނުހައްގުން ޖަލަށްލީ. ވެރިކަން ހޯދައިދިން ބޮޑެތި އެންމެން ޖަލަށްލީ.
އއއާން... މިނިކާ ބާޒަކަށް ނުވެވިދާނެ އެކަމަކު ލިބުނު ހަނި ފުރުޞަތުގަ މިނިކާ ކާޅަކަށްވެ މިނިމަސް ކަ އިގެން ދެ އްތޯނުންނެވީ.
ފުލެޓު ދިރުވައިގެން ތިބެ ޔާމިީނައް އެއްޗެހި ތިކިޔަނީ ހަޔާތްކޮބާ
ތީހަމަ އެފަދަ ބާޒެއް، އަހަރެމެން ޕީޕީއެމް މެމްބަރުންނެއް ނުހެއްދޭނެ އިނގޭތޯ، ތިބޭފުޅާނޫންތޯ އަންނިއަތުން ވެރިކަން ޖަހައިގަތީ، ތީވެރިކަމައް ބޫތުގަނެފަހުރި މީހެއް،. ތިބޭފުޅާއަށް ޕީޕީއެމްއިން ޓިކެޓްދީފިނަމަ އަހަރެން ދުވަހަކުވެސް ޕީޕީއެމްއަށް ތާއީދެއްނުކުރާނަން އަދި އަހަރެންނަށް ތާއީދުކުރާއެންމެ ޕާޓީދޫކޮށްލާނަން، ތިބޭފުޅާއަށް ވޯޓްދޭނެ މީހަކު މިދިވެހި ފަސްގަނޑަކުނެތް، ޕީޕީއެމްގެ އަގުވެއްޓޭނީ ތިފަދަމީހަކަށް އިތުބާރުކޮށްގެން ކުރިޔައްދާނަމަ، ތިބޭފުޅާގެ ފަހަތުގަ ފަސްވޯޓްވެސްނެތްދެއްތޯ
ޕްލީޒް ގޯ އެވޭ.. ޔޫ އާރ އަ ފެއިލްޑް މޭން
މި ވަހީދަކީ ނޫނޭ ވާ ހަޔާތް ކުޑަ މީހެއް!