އިއާދަކުރަނިވި ހަކަތައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ދެއްކެވި ވާހަކަތަކަކަށް މަޖިލީހުގެ އައްޑޫ މަަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ފާޑު ވިދާޅުވުމުން ސައްލެގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ފޮސިލް ފިއުލްއަކީ ތިމާވެއްށްޓާ ދުރު އެއްޗެއް ކަމަށް ސަލީމް ވިދާޅުވުމުން ނިޒާމީ ނުކުތާއެއް ނަންގަވައި ޝަރީފް ވިދާޅުވީ މެންބަރު ސަލީމް ދެއްކެވީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. އެއީ ތިމާވެއްޓާ ގާތް ތަކެތި ކަމަށް ސައިޓިންފިކް ދިރާސާތަކުން ދައްކާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިތުރު މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މެންބަރު ސަލީމްއަކީ ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ތައުލީމު ހާސިލް ކުރައްވައި ތަޖުތިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަން ވެސް ކުރައްވާފައިވާ މެންބަރު ސަލީމްއަކީ ރާއްޖެ މި ހިމެނޭ ސަރަހައްދުގައި ވެސް އެންމެ ނަން ކިޔާ އުޅޭ އެއް ބޭފުޅާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މި ސަރަހައްދާއި ދުނިޔޭގައި ވެސް މި އިލްމާ ގުޅޭ ގޮތުން ނަން ކިޔޭ އިއްޒަތްތެރި މެންބަރަކަށް [މެންބަރު ސަލީމްއަށް] މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު [އިބްރާހިމް ޝަރީފް] ތި އެއްޗެއް ވިދާޅުވީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މެންބަރު ޝަރީފް ދައްކަވާ ވަރަށް ގިނަ ވާހަކަތަކަކަށް ރައީސް ނަޝީދު ރައްދު ދެއްވައެވެ.

މީގެ އިތުރަށް ބައެއް އިލްމީ ބޭފުޅުންނަށް އަމާޒު ކުރައްވައި ދެކެވޭ ވާހަަކަތައް ވެސް ކުށްވެރި ކުރައްވައި އެ ގޮތަށް މެންބަރުންނާ ދޭތެރޭގައި ވާހަކަ ނުދައްކަވަން ރައީސް ނަޝީދު އިލްތިމާސް ވެސް ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ިޕިކޖިޖިިޮި

  މަށައް ހެވެނީ އެވެ..🤣🤣🤣🤣🤣😂😂😂😂😂

  46
  • ނިކް

   ކެނެރީ ރީދޫ ބުއްޅަބެ ރަނގަޅު އެއްޗެއް ބުނި ފަހަރެއް.. ވަރަށް މަދުން އޭނާ ފަރާތުން ރަނގަޅު އެއްޗެއް އިވޭނި.. މަވޯޓާމެންނަށް ރިނިއުބަލް އެނަރޖީއާ އެންވަޔަރމަންޓާ ބެހޭ ގޮތުން ސައްލެމެން ކައިރީގަ ދޮށިވެސް ފިރުކާނުލެވޭނެ.. އެއީ ލަންޓަނުގެ ޔުނިވަރަސިޓީން ވެސް އެއްވަނަ ހޯއްދަވާ ރަންމެޑަލް ހާސިލްކުރެއްވި ބޭފުޅެއް މާސްޓަރސް ހެއްދެވިއިރު.. އެރޮނގުން އެތަށް ދިރާސާއެއް ހައްދަވާ ވަނަތައް ހޯއްދެވި ބޭފުޅެއް.. މަވޯޓާމެންނަކީ ނަކަސްތަޅަމުން މަގުމަތީގަ ދުވި ނުކިޔަވާ މީހުން..

   9
   6
 2. ހުއްހުއްހުއް

  އެއީ މިސަރަހައްދާ މުޅިދުނިޔޭގަވެސް އެންވަޔަރމަންޓް އެންމެމޮޅައްކައިގެންހުރި އެކަކު ދިފާއުގަވާހަކަދައްކަނީ ދެވަނަ

  27
 3. ސަންފައްތަ

  މަލީހު ބޭރުކުރިފަހުން އިންޓަނެޓް ހިލޭވެއްޖެ.!!!!

  33
  1
 4. ވަގުވޯޓާޝަރީ

  މަ ވޯޓާ މެންގެ ފެންވަރެއް ނޫން.. ނުކިޔަވާ ދަމާ ކަނޑަން އުޅެފަ މަޖިލީހަށް ވަނަސް ވާނުވާއެއް ނޭނގޭނެ.. އަވުރު ގެއްލި އެއްފުޅަށް މަތިން އަނެއް ފުޅަށް މަތިން ދުވަމުން ގޮސް އެމްޑީޕީއަށް ވަދެވި މަޖިލީހު ގޮނޑި ލިބުނަސް ތިޔައީ ހަމަ ނަޖިސް ހައްޕުނޑު..

  10
  16
 5. ރަދީފް

  ތިޔަ މަޖްލިހަކު ނެތް ރަނގަޅު އެކަކުވެސް.ސައްލެ ވެސް އެއީ ރޯނު އެދުރެއް.ވ.ވެދުން

  38
  2
  • ކަލޭ

   ޖާހިލު ނުކިޔަވާ ރޯނު އެދުރުންނަށް ހީވާނި އެންމެންނަކީ ވެސް ރޯނު އެދުރުންނޭ.. ކަލޭ ނުކިޔަވާ ހުއްޓަސް އެންމެން ތިބީ ތިހާލަކު ނޫން

   3
   3
 6. ޑަބިޔާ

  އެލެކްސް ތީ ކޮންޗެއް ކިޔަވާގެން ހުރި މީހެއް. އަމިއްލައަށް ތިބުނީ ކިޔަވާގެން ހުންނަ މީހާ މާމޮޅު ވާނެކަމަށް އަދި ކުރިމަތީ އެއްޗެއް ބުނާއިރު ވިސްނަން ޖެހޭނެކަން. އޭގެ
  މާނަ ވަރައްސާފު ބޭފުޅާ ލަދު ގަންނަންޖެހޭނެ ބޭފުޅާއަށް ވުރެ ކިޔަވަގެން ތިބޭ މީހުން ކުރިމަތީ އަނގަ ހުޅުވަން އަދި ތިގޮޑީގަވެސް އިންނަން.

  34
  1
 7. Anonymous

  ޝަރީފު ވިދަޅުވީ ސައިންތިފިކު ހޯދުންތަކުގެ ވާހަކަ. އެހެންވީމަ ސަލީމައް ވުރެ ބުރަދަން އެބުނަ ވާހަކައެއްގަ ހުންނާނެ ނޫންތޯ؟

  22
  1
  • ޒަކް

   ޝަރީފަށް ކޮން ސައިންޓިފިކް ހޯދުމެއް އެނގޭނީ..އިނގެރޭސިބަހުން 2 ބަސް ހަމައަށް ބުނަން ނޭނގޭއިރު

   3
   3
 8. އަހުމަދު

  އެމްއެމްޕީރސީ ޝަރީފްތޯ؟

  7
  1
 9. ލީނާ

  ޝަރީފުމެން ވިސްނަނީ ވިޔަފާރިއަށް ގެއްލުމެއްްވެދާނެތީ އަބަދުވެސް ލާރި އިންނަނީ ސިކުނޑީގަ.. ސައްލެ އެ ވިދާޅުވީ ޢިލްމީ އަދި ސައިންޓިފިކް ހަޤީޤަތް.. ލާރިއަށް ބޫތުކައިފަހުރި ނުކިޔަވާ ޖާހިލަކާ ތަޢުލީމީ ސިކުނޑިއެއްގެ ފަރަޤު މި ފެނުނީ.. އެހެންވީމަ ނަޝީދަކަށްވެސް ޗޮއިސްއެއް ނޯންނާނެތާ

  3
  1
 10. ދަރަނި ދަންތުރަ

  ލަނޑަޔާ ވާނީ ލަނޑަޔާ ، އެމް ޑީ ޕީ އެއީ މިލިޓަންޓު ގުރޫޕެކޭ ކިޔާ މަވޯޓާ ސަރީފު އެމް ޑީ ޕީ ން ވަކިވި ހަނދާންވޭ އެހެނަސް ސިހުރު ބޮނޑިބަތް ކެވުނު އެއްވެސް މީހަކަށް އެމް ޑީ ޕީ ޔާ ދުރުނުވެވޭ އިސްލާމް ދީނަށް ފުރައްސާރަ ކުރިޔަސް ....

  24
  2
 11. ޙ

  ސަލީމަކަށް ވެސް ހުރިހާ ކަމެއް ނޭނގޭނެ

  27
  1
  • ނަކް

   ހުރިހާއެއްޗެއް އެނގޭ ވާހަކަ ކާކުތަ ބުނީ؟؟ ވާނުވާގަދީ ބޭޅާ؟؟ ބަލަ މެންބަރު ކިޔެވި ދާއިރާގެ ވާހަކައޭ ނަޝީދު ބުނީ.. ޖާހިލުންނާ އާލިމުން އެއްވަރެއް ނުވާނެ

   2
   1
 12. ފުވައްމުލަކު ޒުވާންޖީލު

  ދެންއަވަހަށް ޝަރީފުގެއިތުބާރުނެތްކަމަށް ފާސްކުރޭ..

  21
 13. ޙހހހ

  އެކަމެއް ނޭނގެ ނަޝީދު މީހުންނަށް ފުރައްސާރަކުރެވޭވަރު މަދުތަ

  24
 14. ހައްޤު

  ޝަރީފް އަންނިމެން ދުވަހަކުވެސް އައްޑޫ ރައްޔިތަކަށް ހެވެއް ނޭދޭނެ! އަބަދުވެސް އުޅޭނީ މާލެ ރައްޔިތުންނަށް ގޯތި ނުވަތަ ފުލެޓް ނުދެވިގެން؟

  • ކެޔޮޅު

   ޢަޅުގަނޑަށް ފެންނަނީ އެމްޑީޕީއަކީ އައްޑޫއިން ހިންގާ ޖަމުއިޔާއަކަށް ބަދަލުކުރަން. ޢަވަހަށް ހުރިހާ އިއްޒަތްތެރި މެމްބަރުން ވޯޓްދެއްވާ.

 15. ދޮނޭ

  މަޖިލީހުގައި އިންނަވާ ރައީސް ހީވަނީ ރެވިތެޔޮ އުނގުޅައިގެން އުޅޭ މީހެންހެން

  12
 16. މިއީބަލާއެއް

  މީނއަށް ނޭނގޭ ވާހަކައެއް ނުއޮވޭ، ސްޕެޝަލައިޒޭޝަނަށް އިޙްތިރާމްކުރާތީއެއް ނުފެނޭ. އެދެއްކެވި ހަމަ ގެންގުޅެނީ މަޖިލިހު ރައީސް ބޭނުންވާ ކަމެއްގަ. ރޯނު އެދުރު.

  3
  1
 17. ނާސިރު ބުނިބަސް އެހިންތަ؟

  ކޮރަޕްޓު މީހުންގެ ދިފާްއުގަ ނިކުތަސް އަހަރުންނަ ހެޔޮ. އެމްޑީޕީ ފުނޑެނީ

  3
  1