ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލައިގައި ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ، އާ އިންތިޚާބު މިދިޔަ އަހަރު ބާއްވަން ޖެހެއެވެ. އެކަމަކު މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ތާވަލުކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޑެޕިއުޓީ މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އިންތިޚާބުގެ އުސޫލެއް އެޗްޕީއޭއިން ކަނޑައަޅަން ޖެހޭ އިރު އެޗްޕީއޭ އާއި ސަރުކާރުގެ އެހެން އިދާރާތަކުން ވެސް މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކަށް ކެމްޕެއިންގެ ފުރުސަތު ނުދޭން ކަމަށެވެ.
އަދި އެކަން ކުރަނީ ކޮވިޑް-19 ގެ ނުރައްކާ އޮތް ކަމަށް ބުނެ ކަމަށާއި ކެންޑިޑޭޓުންގެ ހައްގުގައި ކޯޓަށް ވަޑައިގަންނަވަން ޖެހޭ ނަމަ އެކަންވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
" ކޯޓަށް ދާނަން. އެއީ އަޅުގަނޑުމެންގެ ރައީސް އަށް ވެސް މިއުޅެނީ އިންސާފު ނުލިބިގެން، އުޅޭ އިރު އަދި ކެންޑިޑޭޓުންނަށް ކިހިނެތްތޯ އިންސާފު ލިބޭނީ." އޭނާ ވިދާޅުވިއެވެ.
ޕީީޕީއެމް އިން އެގޮތަށް ބުނެފައި ވާއިރު ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހަމަހަމަކޮށް ލިބޭނެ ގޮތަކަށް އިންތިޚާބުގެ ގައިޑްލައިން އެކުލަވާލުމަށް އެދިވަޑައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވަނީ ސިޓީއެއް ވެސް ފޮނުއްވާފައެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ލީޑާޝިޕްއާއި އަމިއްލަ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތުތައް ލިބިދޭ ގޮތަށް އުސޫލު ބަދަލު ކުރުމަށް އީސީ އިން ވެސް ވަނީ އެޗްޕީއޭގައި އެދިފައެވެ.
މި ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ވެރިން، ރަސްމީ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން، އިންތިޚާބަށް ކުރިމަތިލާފައިވާ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ އިރު އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނުލިބޭތީ އެ ކަންބޮޑުވުން އޮތްކަން ޕީޕީއެމް އިން ފާހަގަކުރެއެވެ.
ޕީޕީއެމް އިން ބާއްވާ އެއްވުންތަކާއި މުޒާހަރާތައް ފުލުހުން ނުކުމެ ރޫޅާލާ އިރު ސަރުކާރުގެ ހަރަކާތްތަކަށް ފުރުސަތު ދޭތީ އެކަމާއި މެދު އާއްމުންވެސް ދަނީ ސުވާލު އުފައްދަމުންނެވެ.
ކީއްކުރަންދާތަނެއް ތިތާކުން އިދިކޮޅައް ލިބޭނެ އިންސާފެއްނޯންނާނެ ތީހަމަ ހުސް ދިއުމަކައްވާނީ ތިއައްވުރެ ރަނގަޅުވާނެ ޖޯޝާއި ފޯރީގާ އާނދޮގޭ ކިޔާފަ
ނުކުމެ ކެމްޕޭން ކުރީމާ ސަދޫމް ކޯޓުން މިހާރު އިންސާފުލިބޭނީ ވަކިބަޔަކައް
ކައުސިލްތަކުން ގޮނޑިކޮޅެއް ލިބޭތޯވެސް ކޯޓަށް ދާތި. ލަދުން ބޯހަލާކު.
ހުރިހާ ތަނެއް ބުއްޅަބޭގެ އަންބޮނޑީގަ އިދިކޮޅު މީހަކަށް ހަމައެކަތި ކޮޅުވެސް ނުލިބޭނެ.
ތިޔައީ އަޑުއަހާން ފަސޭހަވާހަކައެއްނޫން. ވަކިވެރިކަގެ ވާހަކައެއްވެސްދައްކަންބޭނުމެއްނެތް.
އަބަދުވެސްސަރުކާރެއްގެންނަންމަސައްކަތްކުރާއިރު
ޝަރުޢީދާއިރާގެ އިންސާފުވެރިކަމެއްނެތްވާހަކައަކީ
އާވާހަކައެއްނޫން. ވެރިކަމަށް އާދެވުނީމަ އިންސާ
ފަކީ ބޭނުންބައަކަށް މަޤާމުދެވުނީމަ އެވީ އޯ.ކޭ.
މިއީކަންހިނގާގޮތެއްނޫންތަ؟މިހާރުވެސް މައްސަލަ
އެއްނޫން. މިހާރުވެސް މައްސަލަވައްދާއިރު މާދުރު
ތިބޭމީހުނަށް ކުރާނީ ކޮންޙުކުމެއްކަންއެގޭ. ޢަލީ
ރަޝީދު ކުރިޙުކުމް އެޙުކުމްގޮސް ޖެހުނީ ސުޕުރީމް ކޯޓުގެ75000ވަރަކަށް ހާސްރުފިޔާއެޅޭ މަޤާމެއްގެ މަތީގަނޫންތޯ؟