އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިދިކޮޅުން މިއަދުވެސް މުޒާހަރާ ފަށާފައި ވަނީ އެ ކޯލިޝަންގެ އޮފީސް ކުރިމަތީގައެވެ. އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އިދިކޮޅުން މިއަދު މާލޭގައި މުޒާހަރާ ކުރާނެ ކަން މީގެ 3 ދުވަސް ކުރިން އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން އޭރު އޭނާ ވިދާޅުވީ، އެ އިހުތިޖާޖު ވެގެން ދަނީ ކުރީ ހުކުރުގަ ބޭއްވި އިހުތިޖާޖަށްވުރެވެސް ވަރުގަދަ އިހުތިޖާޖެއް ކަމަށާއި އެ ހަރަކާތަކީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ހަރަކާތެއް ކަމަށާއި ކުއްލި ހާލަތުގައިވެސް ނުހިފެއްޓޭނެ ހައްގުތަކެއްވާކަން ސަރުކާރުންވެސް ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އިތުރު ތަފްސީލް އަންނަނީ..