އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތައް ހުއްޓާނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ފަހު، އެމަނިކުފާނު ގައުމުގެ ވެރިކަމަށް ގެނެސްފައި ކަމަށް ކޯލިިޝަންގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުން މާލޭގެ މަގުތަކަށް އެއްވެ ކުރަމުންދާ މަސައްކަތް ނިންމާނީ ސުލްޙަވެރިކަން ގާއިމުކޮށް އަދުލު އިންސާފު ކަށަވަރުކޮށްދީފައި ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް، ވެރިކަމަށް އަނބުރާ ގެންނާނެ ކަމަށް ވިދާލުވިއެވެ.

"ޕީޕީއެމް-ޕީއެންސީގެ މަސައްކަތް ނިންމާނީ ގައުމު އަނބުރާ ދިވެހިންނަށް ހޯދައި ދީފަ. ސުލްޙަވެރިކަން ގާއިމުކޮށްފަ. އަދުލު އިންސާފު ކަށަވަރުކޮށްދީފައި. ރައީސް ޔާމީން މިނިވަންކޮށް އަނބުރާ ވެރިކަމަށް ގެނެސްފައި. ހައްޔަރު ކުރާނެ ވަރަކަށް ކުރަންވީ. ފަހަތަށް ޖެހުމެއް ނެތް. ޕީޕީއެމް-ޕީއެންސީ ދާނީ ގައުމައިގެން ކުރިއަށް." އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އެ ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ވަނީ "ސީދާ ހަރަކާތަށް" ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ. އެއަށް ފަހު، ކޮންމެ ދުވަހަކުހެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.

މިއަދު ހަވީރު މުޒާހަރާ ކުރަން ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. ހެންވޭރުގައި ހުންނަ ހުރަފާގައި ހުންނަ އޮފީސް ބަންދުކޮށް ފުލުހުން ފޯރިމަރަން ފަށާފައި ވަނީ މެންދުރު ފަހުގެ ވަގުތެއްގައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވިއެވެ. މި މުޒާހަރާގައި މިހާރު ވަނީ 31 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Anonymous

  ގްޑް ބޯއީ ބާރަށް ކުރިއަށް

  15
  11
 2. ހަސަދު

  ރައީސް ޔާމީން އަދި މިނިވަން ވިއަސް މުޒާހަރާ ކޮށް ގެން ވެރިކަމަށް ގެންނާނީ ކިހިނެތްބާ!!!. މުޒާހަރާ އަކުން ނުގެނެވޭނެ. ދެން އަނެއްކާ ބަޣާވާތަކަށް ވިސްނަނީބާ!!!

  6
  1
  • ޒުލްޤަރުނައިނި

   ބަޣާވާތް ކުރާކަށް ނޫޅޭ، ބިރުން ނޫޅޭ:

   1
   1
 3. އަސްތާ

  ބޮޑު ޖޯކެ އްނުތީ.

  4
  3
 4. އަންނި

  އަދުރޭ ތިކަމެއްނުވާނެ ޔާމީނާ އެއްގޮޅިއެއްގަ ބާއްވަދީފާނަން.

  5
  7
 5. ބޮކި

  ކިތަމެވަރަކަށް ތިވާހަކަ ދެއްކިޔަސް ވަގު ޔާމީން ވެރިކަމަކަށް ނުގެނެވޭނެ .

  6
  6
 6. ކިޔަ

  ޔަގީނ100%

  1
  2
 7. ވަގުންގެލަޝްކަެު

  ހަހަ ތިހެންވިއްޔާ އަދުރޭ އަށް ޖެހިދާން ވިއްސަކަށް އަހަރުވަންދެން މުޒާހަރާކުރުމުގަ ދެމިހުނަން

  6
  4
 8. މިޤައުމުހައްޤުގައި

  ރައީސްކަމުގެ މަޤާމުގައި ހުނަނަވާ ބޭފުޅަކީ ދިވެހިރައްޔިތުންގެ ވޯޓުން ހޮވާފަ ހުރި ބޭފުޅެއް. އެބޭފުޅާ ދިވެހި ރައްޔިތުންގެ އުދާސްތައް އަޑުހެމުގައި ވަނީ ނުކުޅެދިފައި. މިފަދަ ވެރިޔަކު މިޤައުމަށް ބޭނުމެއް ނުވޭ. ބޯހިޔާވަހިކަން ނުހައްޤުން ނިގުޅައިގެން ފަރާތަކަށް އެހައްޤު ލިބެން އޮތީ ރައީސް ޔާމީނު ވެރިކަމަށް އައިސްގެން ވާނަމަ، ދިވެހި ރައްޔިތުން މިތިބީ ރައީސް ޔާމީނު މިނިވަން ކުރުމަށް ހޭވައްލާ ތައްޔާރަށް..........

  7
  6
 9. މުޙިއްބުލްވަޠަން

  މުޒާހަރާތަށް ހުއްޓުވާނީ ޓިނު އަދުރޭ އާއި އޭނާގެ އައުވާނުން ވެސް ހުރަގޭގައި ބައިތިއްބައިގެން. އޭރުވެސް ޔާމީނު ހުންނާނީ ހުރަގޭގައި. ދެން ހުރިހާ ބީތާތައް އެއްވެގެން ސައްލާ ކުރެވޭނެ އެއްނު ދޯ!

  8
  7
 10. ޑިމޮކްރަޓިސްޓް

  ސާބަހޭ އަދުރޭ. މިހާރުވެސް މިސަރުކާރު އޮތީ ބިރުން ވިރިވިރި. ކެނެރީގޭ ބުއްޅަބޭ ބުނި ހައެއްކަ ކެނާއުން ނުކުމެގެން ހާސްކަމެއްނެތޭ. އެކަމެއް ނޭންގުނު. ކޮންމެ ކެނާއަކަށް ދިހަ ސިފައިން ނަގުތަކަށް ނެރެ، މުޅި މާލެ އޮންނަނީ ތަޅުއަޅުވާފަ. ލަދެއްނުގަނޭތަ މިސަރުކާރު؟

  5
  8
 11. މަނީމަނީ

  ތީހަމަ މުސާރަލިބުނީމާ ދައުލަތައް ފައިސާ ދޭންވެގެން

 12. ނަަސް

  ސާބަހޭ ތިކުރާ ހިތް ވަރަށް އަދުރޭ

  2
  1
 13. DHON DHON

  ކަލޭހުރޭ މުޒާހަރާކޮށްކޮށްކޮށް.ކިތެންމެވަރަކަށް އުޅުނަސް ވެރިކަމަށް ނައިސް އޭނަ ސަލާމަތެއްނުވާނެ.އޭނަ ސަލާމަތް ކުރަން ބޭނުމިއްޔާ ވެރިކަމަށް އަންނަންއުޅޭ.މިސަރުކާރުންތިބޭ އޭނަ ދުކުރާ ގޮތަކަށްނުން .