ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފިއެވެ.
މާލޭގެ ގޭގެއަށް ދެ ބޭފުޅުން ކުރައްވާ މި ޒިޔާރަތުގައި "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އެޅި ފްލެޓްތައް ނުލިބެގެން މުޒާހަރާ ކުރި މީހުންގެ ގޭގެއަށް ވެސް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް ވަނުމަށް ދިޔަ އާންމުން އެ ކޮމިޓީއަށް ނުވެއްދުމުން ރައީސް ނަޝީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން އެމީހުންނާ ވާހަކަދެއްކެވުމަށްފަހު، އެ އެންމެން މަޖިލިހަށް ވައްދައިފައެވެ.
އިހްތިޖާޖްގެ ބައިވެރިން ވަނީ އެ ފަރާތްތަކަށް ފްލެޓް ނުލިބުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، ދިރިއުޅުމުގެ ހާލަތު ރައީސް ނަޝީދަށް ކިޔައި ދީފައެވެ. އަދި އެ ފަރާތްތަކުގެ ގޭގެއަށް ވަޑައިގެން ދިރިއުޅުމުގެ ހާލަތު ބައްލަވާލެއްވުމަށް ދައުވަތު ވެސް ދިނެވެ.
ނަޝީދު ވަނީ އެ މީހުން ދިން ދައުވަތު ގަބޫލު ކުރައްވައި އެ ތަނުގައި ތިބި ތިރީހަކަށް މީހުން ދިރިއުޅޭ ގެތަކުގެ ނަންތައް ނޯޓު ކުރައްވައިފައެވެ. އަދި އެ ގެތައް ބައްލަވާލައްވަން މިއަދާއި މާދަމާ ވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ފަރާތުން މާލެސިޓީ މޭޔަރ ކަމަށް ކުރިމަތިލައްވާ ކެނޑިޑޭޓް @anasabdulsattar އެކު ރައީސް ނަޝީދު ދޮރުން ދޮރަށް.#Live #ރަށްވެހިފަތިސް #ލާމަރުކަޒީރާއްޖެ pic.twitter.com/TovnhoRbhU
— Sim (@Simwarr) March 6, 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި މަޝްރޫއުގައި އެޅި ފްލެޓްތައް ލިބޭނެ މީހުން އެ ސަރުކާރުގައި ވެސް އެކުލަވާލައި ލިސްޓް އާންމުކޮށް އެ ފަރާތްތަކަށް ލިއުން ވެސް ހަވާލުކުރިއެވެ. ނަމަވެސް އޭރު ފްލެޓްތައް ލިބޭ މީހުން ކަނޑައެޅީ އިންސާފުން ނޫން ކަމަށް ބުނެ މި ސަރުކާރުން އަލުން އެ މަސައްކަތް ފެށީއެވެ.
އަދި ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީން މައްސަލަ ބަލައި، މީހުންގެ ދިރިއުޅުމުގެ ހާލަތުތައް ވަޒަން ކުރުމަށް ފަހު، ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓެއް އާންމުކޮށްފައިވެއެވެ. އެ ލިސްޓާ ގުޅިގެން ވެސް އާންމުންގެ ޝަކުވާ ބޮޑެވެ.
އެކަމަކު، މި ސަރުކާޜުގެ ފްލެޓު ކޮމިޓީން ބުނެފައި ވަނީ، ފްލެޓު ލިބިފައި ވަނީ ހައްގު މީހުންނަށް ކަމަށެވެ. އަދި ފްލެޓު ނުލިބޭ މީހުންގެ ތެރޭގައި ފްލެޓު ހައްގުވާ މީހުން ވެސް ހިމެނޭ ކަމަށް ފްލެޓު ކޮމިޓީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު އިސްވެ ހުންނަވައި ދޮރުން ދޮރަށް ކެމްޕޭން ހަރަކާތް މާލޭގައި ފެށްޓެވިއިރު އެންމެ ފަހުން ބޭއްވި ތިން އިންތިޚާބު ވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީ އިންނެވެ.
2017 ގެ ކައުންސިލް އިންތިޚާބުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ. 2018 ގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އަދި 2019 ގެ މަޖިލިސް އިންތިޚާބުގައި އެއް ޕާޓީއަކަށް ލިބުނު އެންމެ ބޮޑު އަޣުލަބިއްޔަތުގެ ރެކޯޑް އެމްޑީޕީއިން ހޯދިއެވެ.
ޗޕ އ ނިދާފަ ދޯ..ގަ އިޑްލަ އިން ވީދުނީދޯ..ފުލުހުން ޔުނީފޯމްބޭލީ ދޯ...ހަވީރު މު އި އްޒު ނުކުމެބަލަ ގޭގަޔަށް ޒިޔާރަތްކުރަން..ޗޕ އ ހޭލާނެ ގަ އިޑްލަ އިން ޕްރިންޓް ކޮ އްގެން...
ކޮބާ މައިމޫނާ އަބޫބަކުުރު ކިޔާ ޕަޕެޓް! ކެނރެިހެ ބުއްޅަބޭ މިހާ ނާޒުކު ހާލަތުގައި ގޭގެޔަށް ވަދެވިގެން ނުވާނެ
މަމެންގޭ ދޮރަށް ކޮންމެވެސް ކޮންމެވެސް ނާރާތި، މަމެން ރުހޭމީހެއް ނޫން ތިޔައީކީ ، ދޮރަށް އަރައިފިނަމަ ތިބާއަށް ހިތްނުރުހޭ ބަސްތަކެއް މަމެންނަށް ބޭނުން ކުރެވޭނެ ، ހުރިހާ ކަމެއް ކުރާނީ މަކަރާ ހީލަތުން ރާއްޖޭގައި ހުރި އެންމެ ބޮޑު މުނާފިގުކަލޭގެ މި ކެނެރީގޭ މޮޔަސޮރަކީ ، އަބޫ ޖަހުލުވެސް މިއަށްވުރެ ރަގަޅު ކަމަށް ފެނޭ ، އެކަލޭގެ ކުރަން ބޭނުންކަމެއް ފާޅުގަ ބުނޭ.
އައްޗީޑި. ރީނދޫ ރޯގާއަކައް ވޯޓެއް ނުލާނައް. އަދު މާލޭ މީހުން ވޯޓުލާނީ މުއިއްޒުއައް.
މަދުވާނެ ބޮޑީ ގާޑުން. ނަން ވާނީ ޔާމީން.
މަރުމޯލަކާއި ޅޮހެއް މާލޭގެ ގޭގެއަށް ވަންނަން ފަށައިފި. އިންތިޚާބެއް ބޯމަތިވީމާ ރައްޔިތުންގެ ހަތަރެސްފައިގައި ހުރި އިނގިލިތަކުގެ މަތިން ވަރަށް ހަނދާންވާނެ. އިނގިލި ހަމަޔަށް ހުރިތޯ ބަލާނެ.
ވޯޓެއް ލިބޭތޯ އަނަސް ގޮވައިގެން ނަޝީދު މުޅި މާލޭގައި އެނބުރެނީ.
އެމް ޑީ ޕީ ގެ ގޮތް ރައްޔިތުންނަށް މިހާރު ވަރަށް ރަނގަޅައް އިނގޭ. ވޯޓުން ގުއި ރައްވާލާނަން. ބަލަން ތިބޭތި...
ދޮރުން ދޮރަށް ވަންނަމުންގޮސް ދެދޮރު ދޭތެރެއަށް ނުވަންނާތި.
ކިތައްމީހުންތޯ އެކުގައި.؟
ލާދީނީ ބަޔަކަށް ވޯޓެއް ނުދެވޭނެ. އަހަރުމެންނަށް އަހަރުމެންގެ ދީނަށްވުރެން މުހިންމު ކަމެއް ނޯންނާނެ.
5 މީހުންނަށްވުރެގިނައިން އެއްތަންވުން ހުއްދަވީތޯ.؟؟
މިގެޔައް އައިއްސިއްޔާ ކޮވިޑް ގިރާފަ ބޯންދީފަ ބޭރުކުރާނީ.
މި އަނަސަކީ ކޮން އާއ އިލާ އެ އްގެ ކޮން ގެ އެ އްގެ ކާކުތަ . އެގޭ ކު އްޖަކު ބުނެލަދީ ބަލަ އަހުންނަށް ހަމަ ނޭނގިގެން . މޭޔަރު ކަމަށް ވޯޓް ދޭ އިރު އެވަރު އެގެންވާނެ ދޮ އްތަ
އެއީ ފުވައްމުލަކު ދަލޭކާދީގެ އަސްތާރުގެ އަންނިގެ ބޯއީއެއް.
މިހާރުވެސް ހުރިހާ ބާރެއް އެބަ އޮތް. ފުރަތަމަ އިންސާފު ޤާއިމުކޮށްދީ ދެން އެއަށްފަހު ވޯޓްގެ ވާހަކަ ދައްކާ.
މިހާރު މާލޭ މިސްކިތްތަކުގައި ސަފުހަދަނީ ފައްޅިތަކުގައި ވެސް ސަފުހަދާ ބީދައިން !
އިންތިހާބު ކައިރިވާކަ ޔަޤީނަވަނީ އެކަން ނިމުމުން ރައްޔިތުނ ގަނަތަޅުވަން ފަށާނެ ކޮވިޑު ފެތުރެންފެށީ މިކަލޭގެއާހެދި
ދިވެހި ރާއްޖޭގެ މިނިވަންކަން މިހާރަކު ނެއް
ރައީސް ނަޝީދާއި އަނަސް މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވަނީ އަނެއްކާ ކޮންދޮގެއްބާ މިފަހަރު ހަދާނީ މާލޭގެ ރައްޔިތުންނައް އޮސްޓުރޭލިޔައިން ބިންހޯދާދޭން ބޯހިޔާވަހިކަން ހޯދާދޭން ނުބުނާނެބާ ވޯޓްހޯދަން އަހާ ރަށްރަށުން ގޯތިދޭ މިހާރުވެސް އެކަމަކު މާލޭގެ ޒުވާނާޔައް ނުލިބޭ ނުދެވޭ ގާނޫނުގައެބުނާ ހަމަހަމަކަން ކޮބާތޯ ރައްޔިތަކައް ވީޓީ ރައްރަށުގެ ޒުވާނާޔައް ގެސްޓް އހައުސް އަޅަނަ ގޯތި ދެވިފާ މާލޭގެ ޒުވާނާޔައް މިފުރުސަތު ނެތިފާ އެކަމަކު މާލޭގެ ޒުވާނާކައިރިޔައް ލަދެއްނެތި ވޯޓްހޯދަން ޙުދު މިދެބޭފުޅުންގެ މާމަ ކާފަދަރިންގެވެސް ހައގެކޭ މީގޯތިލިބުން މިބޭފުޅުންގެ އާއިލާގެ ހައްގުތައް ހޯދާ ނުދެވޭ ބަޔަކައް ދެން ކޮން ރައްޔިތެއްގެ ހައްގެއްތޯ ހޯދާދެވޭނީ