ފުލުހުންނަށް ޗުއްޓީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެެ.
ފުލުހުން ވިދާޅުވީ އޮޕަރޭޝަން ހާލަތާއި ގުޅިގެން ޗުއްޓީ ހިފެހެއްޓުމަކީ ފުލުހުން އަބަދުވެސް އަމަލުކުރަމުން ގެންދާ އުސޫލެއް ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މިހާރު ފުލުހުންގެ އޮޕަރޭޝަން ލެވެލް ވަނީ ދެއަކަށް މަތިކުރެވިފައި ކަމަށާއި، މިކަމާއި ގުޅިގެން ފުލުހުންނަށް އަހަރީ ޗުއްޓީ ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މުވައްޒަފުންނަށާއި އާއިލާ މީހުނަށް ދިމާވާ އެެމެޖެންސީ ހާލަތުތަކާއި ގުޅިގެން އަދި ކައިވެނިކުރުން ފަދަ މުހިންމު ކަންކަމަށް މިހާރުވެސް ޗުއްޓީ ދެެމުން އަންނާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެެފައެވެެެ.
ފުލުހުން ވިދާޅުވީ ޗުއްޓީ ހިފެހެެއްޓުމާއި ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައެއް ނުވާކަމަށެވެ. މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ގިނަ އިދާރާތަކަކަށް ވަނީ މިފަދަ ބަދަލުތައް ގެނެސްފައެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތް ވަނީ އިތުރަށް ބުރަވެފައެވެ. އެގޮތުން މިހާރު ވެހިކަލް ދުއްވުން މަނާ ވަގުތުތަކުގައި މަގުމަތި ޕެޓްރޯލް ކުރުމަށް އަދި ކާފިއު ވަގުތުތަކުގައި ބޭރުގައި މީހުންް އުޅުން ކޮންޓްރޯލް ކުރުމަށް ވެސް ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ބިރުން ތެޅިފޮޅެނީ.. ދެން މާގިނަ ދުވަހެއް ނުވާނެ އިރާދަކުރެއްވިޔާ... 2022 ފެބްރުއަރީ 07 ގެ ކުރީން މިކަން ނިމޭނެ
ނަޝީދު ބިރުން ތިކަން ތިކުރީ.