ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު

ރާއްޖޭގެ ޑިމޮކްރަޓިކް މުޅި ހަޔާތް މިއޮތީ ވަރަށް ބޮޑަށް ވިއްސިވިހާލިވެ މުޅިން ޚަރާބުވެފައި ކަމަށާއި ދިވެހިރާއްޖެ މިދަނީ ޚާލިދާ ޒިއާއި، ޝައިޚް ހަސީނާގެ ސިނާރިއޯއާ ދިމާއަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއް އެވެ.

ކުރިއަ އޮތް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު "އާފަތިސް" ނޫހަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ދުވަހަކުވެސް އެހެން ބަޔަކު ސިޔާސީ މައިދާނުގައި އުޅޭކަމަކަށްވެސް އެދެމީހުންނަކަށް ނޭގޭކަމަށެވެ.

"އެހެންވީމާ ރާއްޖޭގައިވެސް އެހެންވެފައި މިއޮތީ. އެއީ އެމްޑީޕީ ފަޅިއާއި ޕީޕީއެމްފަޅި، އެމީހުން ތިބޭނީ ރާއްޖޭގެ ސިޔާސީ މަސްރަހު ބްލޮކްކޮށްގެން. ދެފަޅިން ތިބޭނީ ޕާޓީގެ ލީޑަރޝިޕް ވެސް ބްލޮކް ކޮށްގެން" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މި ހުރިހައި ކަމެއް ރަނގަޅުނުކޮށް ރައްޔިތުން ބޭނުންވާ ތަރައްގީއާއި ތަމައްދުންއާ ކުރިއެރުވެސް ރާއްޖެއަށް ނުގެނެވޭނެ ކަމަށެވެ.

"ގައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނާނީ ޕޮލިޓިކަލް ލީޑަރޝިޕްގެ މައްޗަށް އަބަދުވެސް. ޕޮލިޓިކަލް ލީޑަރޝިޕުން ޕުޝްކުރި ވަރަކަށް ތަރައްގީވަނީ. އަދި ޕޮލިޓިކަލް ލީޑަރޝިޕުން އިސްކަންދޭ ކަމެއް ކުރިއަރާނީވެސް،" އުމަރު ވިދާޅުވިއެވެ.

ތަރައްގީ މިހާރު އަންނަންޖެހެނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ކަމަށާއި، އެކަމަކު ރާއްޖޭގެ ސިޔާސީ ޕާޓީތަކަކީ މިހާރު ޕާޓީތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޕާޓީތަކަކީ މިހާރު މީހުންތަކެއް. އެއްވެސް ޕާޓީއަކީ އެތެރެގޭ ޑިމްކްރަސީއާ ހަމަ ހިފަހައްޓާ ޕާޓީއެއްނޫން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ އިދިކޮޅު ކޯލިޝަނުން ކެނޑިޑޭޓެއް ނުދެއްކުނު ކަމަށް ބުނެ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވައިފަ އެވެ. އަދި އޭނާގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އުަމަރާ ކަލޭ ލޯއަންދިރިތައް މިގައުމަށް މިއަންނަ ތަރައްގީ ކަލެއަަކަށް ނުފެނޭތަ؟
    މިގައުމު ގެ ހަލާކަކީ އުމަރު

  2. ދިވެހިރާއްޖެ މިދަނީ މައިބަދަޔާއި ދިމާއަށް، އުމަރު

    ނުދޭނަން ކިތަންމެ ވަރެއްވިޔަސް މަގޭވޯޓް އުމަރަކަށް

  3. މަ މިއު މަ

    ތިއީ ވަރަށް ބޮޑު ތެދެއް. ތިހާ އެކިއުރޭޓް ކޮމްޕެރިސަން އެއް ދުވަހަކުވެސް ނުކެރެވޭނެ

  4. ހަކުރު ނާޒު

    މައިބަދަޔާއި ގަވަރައް ރިއްސާ އެބަ

  5. ގާނޫނީ ހަމަޔަކުން އޮތް އެއްވެސް ޕާރޓީއެއް ނެތް ހުރިހާ ޕާރޓީތައް އުވާލަން ޖެހޭ ވީމާ ޕާރޓީއެއްްގެ ނަމުގައި ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ކަމަށް ކުރިމައްޗެއްވެސް ނުލެވޭނެ. އަދި އާންމުމީހަކު ކުރިމަތި ލާނަމަ 5000 މީހުންގެ ސޮއި ހޯދައިގެން ނޫނީ ކުރިމަތި ނުލެވޭގޮތްވެސް ހަދަންވާނެ

  6. މަތާރަންފިލާމަތީ ޢުމަރުބާއްވާ

    ޢުމަރަކީ އަޅެއްގެ އަޅެއް ކޮބާ މިއަދު ކޮންމެވެސް އެއްޗެއް ކިޔާލާށޭ ބުނީމަ ކިޔާލަނީ ޢުމަރު ރައީަސަކަށް ބަލައިގަންނާނެ ބަޔަކު ނެތް އުމަރަކީ ރައީސަކަށްވާން ޖެހޭ މީހެއްނޫން ސިޔާސީ ފަގީރެއް

  7. މިގޭ 4 ވޯޓް އުމަރަށް.

  8. ޢުމަރު ޝައިޚު ހަސީނާޔާ އިންނަންވީނު! އެއީވެސް ހަމަ ޝައިޚެކޭ!

  9. ތިހެން އުކުނޑި ކޮށްޓަމުން ކޮށްޓަމުން ގޮސް ހަރުވާޅަށް ނިމިފައި އިންނަދުވަސް ބަޔަކު މީހުން ދެކޭނެ.

  10. އުމަރާ ކަލޭ ބޮޑުކުރާ ބިއްލޫރި އަޅައިގެން މިގައުމަށް އަންނަ ތަރަށްގީ ބަލަންވެއްޖެއެއްނު ކިހާބޯގޯސް ކަލޭ ދެންވެސް ސައިޙުހަސީނާޔާ ދެއަންބަށް އިނދެބަލަ ކޮސްނުގޮވާ...

  11. އަލްޖިބްރާ

    ކިތަންމެ ފޮންޏެއް ކެޑިއަސް މިރާއްޖޭގެ ވެރިކަމެއް ކަލެއަކަށް ނުލިބޭނެ !

  12. މަގޭ މިހުރީ އުމަރާ އެކު

  13. ޢޮނަރަބަލް އުމަރު ނަސީރު ތިވިދާޅުވީ ހަމަ 100 ގެ ބަސްފުޅެއް ، މިހާރު ރާއްޖޭގެ ހާލަތު ދައްކާގޮތުން 2018 ގަ އެންމެ ފުރުސަތު ބޮޑީ އުމަރުނަސީރަށް، އަދި ޤައުމަށް ބޭނުންވަނީ އުމަރު ފަދަ ދީނާއި ޤއުމު ދެކެލޯބިވާ ޒުވާން ލީޑަރެއް. ފެއިލްވެފައި ވާ ދީނާއި ޤއުމު ގެ ދުޝްމަނެއް ނޫން ޢަދި އަބްދު އަމިއްލަ މަސްލަޙަތަށް މަސައްކަތްކުރާ މަހުޖަނެއް ވެސް ނުން

  14. ތިޔައީ ތާކުންތާކު ޖެހޭމީހެއްނޫން.. އެބުރޭ ވަހުތާނެ.. ސާބިތުކަމެނެތް... ކަލެއަށް ވެރިކަން ލިބިއްޖެނަމަ ފުރަތަމަ 5އަހަރު ގާސިމުގެ ދަރަނިފިލުވާފަ އެހެންކަމެ ނުކުރެވޭނެ.. މޮޅުއެއްޗެ ބުނާނަމޭހިތާ ބުނެފިއެއްނުން ސަރުކާރުގެ ކުންފުނިތަ ޕްރައިވަޓައިޒުކުރާނަމޭ.. އެތަންތަން ގާސިމުނޫން މީހަކަށްނުލިބޭނެ އެހެންހަދަންވެގެންތިއުޅެނީ... އައްނިވެސް އެފަދަ ޕްރައިވެޓްކުންފުނިހެދި.. ފުރަތަމަވެސް އެއޮތީ ސީ އެޗް އެސް ސީ ގެބިމާ އެތާތިބިކުދިންނާ މުދަލާ ހުރިހާއެއްޗެ ޕްރައިވެޓްވެފަ... ދެން ތިބުނަނީ ޝޭހު ހަސީނާއާ ހާލިދާގެ ވާހަކަވެސް ތިއީ ހަމަޖެހޭ މީހަކު ބުނާނެވާހަކައެއްނޫން.. މައޫމޫނުއަކީ ކާލާ މަންނަކަމަށްހަދާ އޭނަގެ ފަހަތުން ވެރިކަމަށް ނުކުންނަހިފިއިރު ޝޭހު ހަސީނާއަކީ މައުމޫނުކަމަށް ނުވޭތަ.. މައުމޫނުއަށް ވެރިކަމަށް ކުރިމަތި ނުލެވޭތީ ދަރިއަށް ވެރިކަން ހޯދަދޭން އެއްބަފާލޭ ހަރާމްކޮއްލީ.. އެވަރު ނުކުރޭކަންނޭގެ ތިބުނާ ހަސީނާވެސް.. މިހާރު ތިއުޅެނީ އެއްޗެބުނެގެން ކޮންމެދުވަހަކު ނޫސްތަކުން ޖާގަހޯދަން.. އުމަރާ ވައިޓް ހައުސްގެ ބޭރުގަ ހުގެން ފެންނަގޮތާ އެތެރެއަށްވަދެ ބެލީމަ ފެންނަގޮތް ތަފާތުވާނެ... މިބުނީ ކުރުކޮށް.. ޑިމޮކުރަސީގެ މިސާލު...

  15. އުމަރު އެކަމްދޯ ؟ ކަލޭވީމާ ވަރަށް އޮޑުވިއްޔާ!!!!

  16. ނަސީދު އާ އުމަރާ ޑީލް އެއް ނަހަދާނެ! ބަގާވާތް ކުރި ދުވަހުވެސް ނަސީދު ބުނީ ޔާމީން އައް ވެރިކަން ހަވާލް ކުރަން މީ ލައްކަ ވާހަކަ