އައްޑޫގެ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކޮށް ރާއްޖޭގައި އޮތް ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ އެއްވަނަ ސިޓީއަކަށް އައްޑޫ ސިޓީ ހެދުމުގެ އަމާޒު ހާސިލް ކުރައްވާނަން ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކެމްޕޭން އަލުން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ސިޓީތަކަށް ރައްޔިތުންގެ ސީދާ ވޯޓަކުން މޭޔަރުން އިންތިޚާބު ކުރުމުގެ އިންތިޚާބާއި ރައްޔިތުން ކުރިމަތިލާއިރު އައްޑޫ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ. "ރިސޯޓްތައް ހުރީ ބަންދުކޮށްފައި. އާމްދަނީ ހޯދޭނެ މަގުތައް ވަނީ ބަންދުވެފައި. ތަރައްޤީގެ މަޝްރޫޢުތައް ވަނީ ހުއްޓިފައި. ރައްޔިތުން ތިބީ މާޔޫސްވެފައި. މާލީ ފުދުންތެރިކަން ހޯދޭނެ ގޮތެއް ނެތް." ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމްގެ ދަށުން 13 އަހަރު ކައުންސިލަށް ކުރެވުނީ ކޮންކަމެއްތޯ ރައްޔިތުން ބަލަން އެބަޖެހެއެވެ. ކައުންސިލް އިންތިޚާބުގައި އޭނާ މޭޔަރުކަމަށް ވާދަކުރައްވަނީ ވަރަށް އަޒުމާއި އުއްމީދާއިއެކު އައްޑޫ ރައްޔިތުންނަށް އާދުވަހެއް ހޯއްދަވައި ދެއްވުމުގެ އުއްމީދުގައި ކަމަށް ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ އޭނާ އަށް "ވަކި ޕާޓީއެއް، ވަކިކުލައެއް މުހިއްމެއް ނޫނެވެ."

"އަޅުގަނޑުގެ ފަސް އަހަރުގެ ދައުރެއްގައި ހާސިލްކުރަން ބޭނުންވާ ބޮޑެތި އަމާޒުތަކެއް އެބަހުރި. އަމާޒަކީ މިއަދު މިތިބަ ނިކަމެތި ހާލަތުން މިންޖުވުން. ބަންދުކޮށްފައިވާ ރިސޯޓްތައް ހުޅުވާނަން. ފައިސާ ލިބޭނެ މަގުތައް ހޯދާނަން. ވަޒީފާ ގެއްލިފައިވާ މީހުންނަށް ވަޒީފާ ހޯދައި ދޭނަން." ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސް ކުރުމަށް އައްޑޫގައި ބޭންކެއް ހުޅުވުމަކީ އޭނާގެ އަމާޒެކެވެ. "މީގެ ބައި ގަރުނު ކުރިން ރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒަކީ އައްޑޫ. އައްޑޫގައި ކޮމާޝަލް ބޭންކެއް ގާއިމުކުރާނަން. އައްޑޫގައި އެއާލައިނެއް އުފައްދާ އައްޑޫ ސިޓީން ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރެވޭނެ ގޮތައް ހަދާނަން. އައްޑޫގައި ޔުނިވަސިޓީއެއް ހުޅުވާ ތައުލީމް އުގެނެން ދަރިވަރުން އަންނަ ސިޓީއަކަށް އައްޑޫ ހަދާނަން." ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތުގެ ވަޒީފާ ހޯދަން މީހުން އަންނަ ތަނަކަށް އައްޑޫ ހެދުމަކީ ވެސް އޭނާގެ އަމާޒެކެވެ. އައްޑޫގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން ކަމަށާއި އަދި މަސްވެރިންނާއި ދަނޑުވެރިންގެ އުއްމީދުތައް ހާސިލް ކޮށްދޭނަން ކަމަށް ލަތީފް ވިދާޅުވިއެވެ. ކާރުހާނާތައް އައްޑޫ ސިޓީގައި ހުޅުވައި ބޭންކްތަކާއި ލީޒިން ކުންފުނިތައް އައްޑޫގައި ގައި ގާއިމުކޮށް އެއްވަނަ ދަތުރުފަތުރުގެ ނިޒާމް ގާއިމުވެފައި އޮތް ސިޓީއަކަށް އައްޑޫ ސިޓީ ހަދާނަން ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އައްޑުއަކީ މާލޭ ސިޓީ ބިނާ ކުރި ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ބިމެވެ. އެހެންކަމުން ރައްޔިތުންނާއި ގުޅިގެން އެއްނަމްބަރު ސިޓީ އަށް އައްޑޫ ސިޓީ ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޫލް

    ޢަލްހަމްދުﷲ

  2. ޝީޒާ

    މަގޭ ވޯޓް ލަތީފަށް ދޭނަން ޔަޤީނުންވެސް. ނިޒާރު އަށް ފަސްއަހަރުގެ ދައުރެއް މަޖިލީހަށްވެސް ދިނިން ވީކަމެއް ހަރާމުން ހަރާން. މަޖިލީހުގަވެސް ވޯޓް ވިއްކީ ނިޒާރު. އަޑުގަދަ މީހާގެ ރުއްގިނަ ދުވަސް އެޒަމާން ހިނގައްޖެ. އާދޭސް ކޮށްފަ ބުނަން އައްޑޫ ރައްޔިތުންނަށް ހެޔޮ ނުވާނެ މިފަހަރު ލަތީފް އަށް ވޯޓްދީ................

    14
    4
    • މަސްކް

      ނުދޭނަން. ތީ ބުއްދި ގަބޫލުކުރާ ވާހަކަތަކެއްނޫން.

  3. ޙައުލާ

    ކައުންސިލްތަށް އިންތިޚާބު ކުރަންފެށީއްސުރެން މިއަދާއި ހަމަޔަށް އައްޑޫ ރައޔިތުން ކައުންސިލަށް ހޮވާފައިވަނީ އެމްޑީޕީ މެމްބަރުން! އެމީހުން ހޮވުމުން އައްޑު އަތޮޅަށް ކުރި ފައިދާއަކީ ކިބައިތޯ މިއަދު ރައްޔިތުން އަމިއްލަ ނަފުސާ ސުވާލު ކުރައްވާ! ހަމަ ޔަގީނުންވެސް ރައީސް ޔާމީންގެ ދައުރުގަޔާއި ރައީސް ވަހީދުގެ ދުވަސްކޮޅުގަ އައްޑޫގެ ތަރައްގީގެ ކިންމެކަމަކަށް ކައުންސިލުން އިންތިހާޔަށް ހުރަސް އަޅާ، ޖެއްސުން ކުރި! އެކަމަށް ކައުންސިލްވެސް އަދި މޭޔަރުވެސް ވަރަށް ފަރިތަ!

    8
    3
  4. ސސ

    އަފިރިންގެ ލަތީފް ހޮވަމާ ހޮވަމާ ހޮވަމާ !

    11
    6
  5. އަޙްމަދު

    މަގޭ ވޯޓްލިބޭނެ!

    8
    3
  6. ނަސްލު

    ތެކަން ވަރަށް ރަނގަޅަށް ފެނެނެ ، ތެވެރިންގެ ސަރުކާރި..
    ތެދެ ހަދާއް ވީނުން...

    4
    2
  7. ޢަލީ

    މީ ކެއްޔައް؟

    2
    5
  8. މިޝަން

    ނޮޓް އަ ރިއަލިސްޓިކް ވިޝަން

  9. މމމމ

    ތީ އައްޑޫ ގަ އުޅޭ ބައެއް ވެސް ނުން! ހުރިހާ ކަމެއް މާލެއަށް ބޭސް ކޮށްފަ ދެން ހަމަ ލާރި ހަދަޏް ސިޔާސީ މަގާމެއް ހޯދަނީ