2018 ވަނަ އަހަރުގެ އޮކްޓޫބަރު،ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން އާދީއްތަ ދުވަހު ފަށާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކޮށްފައިވާ އިޢުލާނެއްގައު ބުނެފައިވަނީ، އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޖޫން 10 އިން 2018 ޖުލައި 01 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އެސެންޓަރުތަކަށް ކަމަށްވެސް އެ ޑިޕާޓްމަންޓުން ވިދާޅުވެފައިވެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ހާމަ ކޮށްފައިވާ ގޮތުގައި ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން މެންދުރުފަހު 01:30 އަށް އަދި ރަމަޟާން މަހުގައި 10:00 ން 13:45 އަށް ކަމަށެވެ.

ފޯމު ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންދަވަން ޖެހިވަޑައިގަންނަވާއިރު، އެޕްލިކޭޝަން ފޯމާއި އިތުރު މަޢުލޫމާތު (ފީޝީޓު) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުންނާއި، އެ ޑިޕާޓްމަންޓުގެ ވެބްސައިޓު (www.dpe.edu.mv ) އިންވެސް ލިބޭނެ ކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު