އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ވެބްސައިޓްގެ ގޮތުގައި "ވަގުތު" އިން ފާއިތުވި ދެއަހަރެއްހާ ދުވަހު ދަމަހައްޓަމުން އަންނަ މަގާމު އަނެއްކާވެސް ދިފާއުކޮށްފިއެވެ.

ވެބްސައިޓްތައް ރޭންކްކުރާ "ސިމިލާވެބް" އާއި "އެލެކްސާ" އިން މިއަދު އާއްމުކުރި ރޭންކިން ދައްކާ ގޮތުން ވެސް އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ރާއްޖޭގެ ވެބްސައިޓަކީ "ވަގުތު" އެވެ.

ދިވެހިން ވަންނަ ވެބްސައިޓްތަކުގެ ލިސްޓްގެ ހަތް ވަނައިގައި "ވަގުތު" އޮތްއިރު އެއީ މިލިސްޓްގެ އެންމެ މަތީ މަގާމެއް ލިބިފައިވާ ރާއްޖޭގެ ވެބްސައިޓެވެ. ރާއްޖޭގެ ދެވަނަ ވެބްސައިޓެއްގެ ގޮތުގައި އޮތީ ރޭންކިންގެ ނުވަ ވަނައިގައި އޮތް "މިހާރު" އެވެ.

"ސިމިލާވެބް"ގެ މައުލޫމާތައް ބަލާއިރު "ވަގުތު" އަށް 1.54 މިލިއަން މީހުން މަސް ދުވަސް ތެރޭގައި ޒިޔާރަތް ކުރާއިރު "މިހާރު" އަށް ޒިޔާރަތް ކުރަނީ 1.3 މިލިއަން މީހުންނެވެ. "ވަގުތު" ގައި އެވްރެޖްކޮށް ކޮންމެ މީހަކު 05.12 މިނެޓް ހޭދަކުރާއިރު "މިހާރު" ގައި ހޭދަކުރަނީ 5.06 މިނެޓެވެ. "ވަގުތު" ޕޭޖް ވިއުސް 4.35 މިލިއަނަށް އަރާއިރު "މިހާރު"ގެ ޕޭޖް ވިއުސް އަކީ 3.01 މިލިއަނަށެވެ.

"އެލެކްސާ" ރޭންކިން އަށް ބަލާއިރު "ވަގުތު" ޕޭޖް ވިއުސް 9.09 މިލިއަނަށް އަރައެވެ.

"ސިމިލާ ވެބް" އިން ރާއްޖޭގެ އެހެން ވެބްސައިޓްތައް ރޭންކް ކޮށްފައިވާ ގޮތައް ބަލާއިރު "ސަން" އޮންލައިން ރޭންކިންގެ 12 ވަނައިގައި އޮތްއިރު "އަވަސް" އޮންލައިން އޮތީ ރޭންކިންގެ 17 ވަނައިގައެވެ. "ދެން" 27 ވަނައިގައި އޮތްއިރު "ރާއްޖެއެމްވީ" އޮތީ 47 ވަނައިގައެވެ. "ސީއެންއެމް" އަށް ލިބެނީ 57 ވަނައެވެ. "ވަންއޮންލައިން" އަށް ލިބެނީ 69 ވަނައެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ "ވަގުތު" އަށް ދުވާލަކު ދޮޅުލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބކރ

  ވަގުތަކީ ވަރައް މުހިއްމު އެއްޗެއް އެއްމެނައްވެސް. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕަވާ

  37
  6
 2. ރަދީފް

  ރާއްޖެއެމްވީ އޮތީ 47 ވަނައިގަ.ހެހެހެހެހެހެ.

  15
  5
 3. އަހުމަދު

  މިތަނަށް އަހަރެން އަންނަނީ ކޮމެންޓުކިޔަން އަދި ލިޔަން. އެހެން ނޫސްތަކަށްވުރެ ވަގުތުގައި ބައިއެސްކަން ކުޑަ. އެހެން ނޫސްތަކުގައި ޕާޓީއާއި ދެކޮޅޫ ވާހަކައެއް ކޮމަންޓު ނުކުރެވޭ. އޭގެންވެސް ހައްދުފަހަނަ އަޅާފައިވާ ނޫހެއް މިހާރަކީ.

  26
  7
  • އެންޓި ޔާމީން ކެމްޕޭން ޖެެއްސި

   މަށަށްވެސް ވަރަށް ބޮޑަށް މިހާރު ނޫހުގައި ތިކަން ފާހަގަ ކުރެވޭ.

   16
   7
   • އަހްމަދު

    ކޮންތާކު،
    މަ މިތަނުގަ ޖެހި ކޮމެންޓް ނުޖެހި، ވަގުތާ ދެކޮޅަށް އެއްޗެއް ބުނީމަ

    13
    6
    • Anonymous

     ސާބަސް. މިހާރު ނޫހަށް ގޮސް އިބޫ ސޯލިހާ ދެކޮޅަށް އެންމެ ކޮމެންޓެއްވެސް ކުރެވޭތޯ ބަލައިލަބަލަ. ބައެއްފަހަރު ހީވޭ ރާޓީވީ އަށް ވެސް ދޫނުކުރާހެން.

 4. ޖޫސް

  ކަލޯ ވަގުތު ވަރެއް ނެއްހަމަ.މަށައް ހަމަ އެންމެެ ރަންގަޅީ ވަގުތު

  1
  1
 5. އ މ ރ ބ

  އަހަރެން އަބަދުވެސް މިކިޔަނީ ތިމީހުންގެ ކައިރީގާވެސް ވަގުތުވަރެއް ހަމަނެތޭ