ރާއްޖޭގައި ހިތްހަމަޖެހޭ ވަރަށް ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާން ފާހަގަކުރައްވާފައެވެ.

އެގޮތުން ފަސް ލައްކަ އަށް ވުރެ ގިނަ މީހުންގެ ސުންކު ނަގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރާ ފަރާތަކަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން މާލެ ސަރަހައްދުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް އަދިވެސް ބައްޔަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. އެގޮތުން އިއްޔެ އެކަނި ވެސް 115 މީހަކު ކޮވިޑަށް ފައްސިވިއެވެ.

އެހެންކަމުން އިއްޔެ ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 21034 އަށް އަރާފައެވެ. މިހާރު ރައްޖެ އިން ކޮވިޑް ޖެހިފައި ތިބީ 2535 މީހުން ތިބި އިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 165 މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށީ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު އެވެ. އިއްޔެ އަކީ މިހާތަނަށް އެންމެ ގިނަ މީހުންނަށް ވެކްސިން ދިން ދުވަސްކަން ފާހަގަކޮށްލެވެއެވެ. އިއްޔެ މާލޭ ސަރަހައްދުން 4،083 މީހުން އަދި އަތޮޅުތެރެއިން 3779 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

މިހާރު މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދު 95،362 އަށް ވަނީ އަރާފައެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 70،313 އެވެ. ރާއްޖެ އިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު މިހާރު 165،675 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަނނި

    ތީ ޔާމީން ގެ ނާގާބިލް ކަން .

  2. ހުސޭނުބޭ

    ކޮވިޑަށް ކުރާ ޚަރަދޭ ކިޔާފައި ހިތްހަމަޖެހޭވަރަށް ބައިތުލްމާލުން ކެވުނުތަ؟

  3. ޖިހާދު

    ކޮވިޑު19 އަކީ ރައިޔަތުންނަށް ސަރުކާރުން ދައްކާ ބިރެއް ކޮވިޑު 19ފަތުރަނީވެސް ސަރުކާރުން ނިކަމެތި މީހުންނަށް ގާނޫނު ގަވާއިދު މިކަން އެނގޭނެ މިހާރު ސަރުކާރުން ގއ ގަ ހަތަކާއްތެރި ވާޓިމުންވެސް ރައީސް ކީކޭ ތިޔަކިޔަނީ