ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުން މަޖިލީހުން ފާސްކުރައްވައިފިނަމަ، މިހާރު އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ޖުމްލަ 45 ދުވަހަށް ދެމިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހެން ވިދާޅުވީ ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ނެރުއްވި ބަޔާނެއްގައެވެ.

ރައީސް އޮފީހުން ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު ކުރައްވާފައި ވަނީ ޤާނޫނުއަސާސީ ޙިމާޔަތްކޮށް ޤާނޫނު ނެގެހެއްޓުމަށާއި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުން ޤައުމީ ސަލާމަތާއިބެހޭ ކޮމިޓީއަށް ފޮނުވާފައި ވަނީ މިއަދުގެ ޖަލްސާއަށް ޙާޒިރުވެވަޑައިގެންނެވި 39 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާއެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމިޓީން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މިހުށަހެޅުއްވުން މަޖިލީހުން ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢްލާނު ކުރެއްވީ 5 ފެބުރުވަރީ 2018 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރަކީ 1 ފެބުރުވަރީ 2018 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އަމުރުގެ ސަބަބުން ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ، ޤާނޫނުއަސާސީން ބާރުލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަޞްލަޙަތުތަކެއް ގެއްލޭ ހިސާބަށްގޮސް، ދައުލަތުގެ ހިންގުން އެ އަމުރާ އެއްގޮތަށް ހިންގަން ފަށައިފިނަމަ، ޤާނޫނުއަސާސީގެ ބާރު ކެނޑިދާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ފެނިވަޑައިގަންނަވާތީ ނެރުއްވި ޤަރާރެކެވެ.

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނީ، ކާފިއުއަކާއި ނުލައި، ޢާންމު ދިރިއުޅުމަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށެވެ. އަދި ވިޔަފާރިތަކާއި ޚިދުމަތްދޭ ފަރާތްތަކަށް ވެސް މިކަމުގެ އަސަރު ނުކުރާނެ ފަދަ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ދަމާލާތި

  އިމަޖެންސީއަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނު ނަގަހައްޓަން ކަމަށް ރައީސް އޮފީހުން ވިދާޅުވާނަމަ ޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އަނެއްކާ ވެސް ނޫން ނަމަ މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތު އެކްސްޓެންޑް ކުރަން. އެއީ މަމެން ޕިންކީންގެ ރައީސް އަށް ހާކިމާ އެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަމެކެވެ. އެކަން ނުކުރެވޭނެއޭ ގާނޫނީ ގޮތުން އެކަކަށް ވެސް ނުބުނެވޭނެއެެވެ. ކޮން 43 މެމްބަރުންނެއް ހަމަ ކުރަންތޭ އެއީ ކުރަން ޖެހޭނެ ކަމެއް ނޫނޭ މަޖްލީހަށް އިންފޯ އަކަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ބަޔާން އިއްވީމާ ނިމުނީ އޭ. އެހާތަނުން އެ ޗެޕްޓަރ ކްލޯސްވާނެއޭ. ޗެޕްޓަރ ކްލޯސްޑް. މަމެން ޕިންކީން މީ ހާކިމާ އިން އަދި ރަންރީނދުލޭ މެން އެއީ ނޮން ހާކިމާއިންނޭ ރަންރީނދޫ ޓްވިޓަރޭ ތަމެން ފަޔަށް ހިނިއަރައިގަނެގެން ބުމަރެއް އެނބުރޭ ހެން ތިޔާ އެނބުރެނީ ކިއެއްކުރަންތޭ ތިޔާ އެނބުރުމަކުން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެ ވިއްޔާ ދޯ. ދެގައްދާރު ހުކުމޭ މެންގެ ދަ ނަހަލާލު އަމުރުވެސް ގޮނޑަށް އަޅާލީ ދޯ.

 2. ދަވޭ

  އިމަޖެންސީއަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނު ނަގަހައްޓަން ކަމަށް ރައީސް އޮފީހުން ވިދާޅުވާނަމަ ޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އަނެއްކާ ވެސް ނޫން ނަމަ މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތު އެކްސްޓެންޑް ކުރަން. އެއީ މަމެން ޕިންކީންގެ ރައީސް އަށް ހާކިމާ އެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަމެކެވެ. އެކަން ނުކުރެވޭނެއޭ ގާނޫނީ ގޮތުން އެކަކަށް ވެސް ނުބުނެވޭނެއެެވެ. ކޮން 43 މެމްބަރުންނެއް ހަމަ ކުރަންތޭ އެއީ ކުރަން ޖެހޭނެ ކަމެއް ނޫނޭ މަޖްލީހަށް އިންފޯ އަކަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ބަޔާން އިއްވީމާ ނިމުނީ އޭ. އެހާތަނުން އެ ޗެޕްޓަރ ކްލޯސްވާނެއޭ. ޗެޕްޓަރ ކްލޯސްޑް. މަމެން ޕިންކީން މީ ހާކިމާ އިން އަދި ރަންރީނދުލޭ މެން އެއީ ނޮން ހާކިމާއިންނޭ ރަންރީނދޫ ޓްވިޓަރޭ ތަމެން ފަޔަށް ހިނިއަރައިގަނެގެން ބުމަރެއް އެނބުރޭ ހެން ތިޔާ އެނބުރެނީ ކިއެއްކުރަންތޭ ތިޔާ އެނބުރުމަކުން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެ ވިއްޔާ ދޯ. ދެގައްދާރު ހުކުމޭ މެންގެ ދަ ނަހަލާލު އަމުރުވެސް ގޮނޑަށް އަޅާލީ ދޯ.

  • އަލީ

   ﷲ ގެ ނިޔާ އަކަށް އެއްވެސް މީހަކަށް ނުފިލޭނެ. ޢިމަޖެންސީ ހިންގިއަސް ނުހިންގިއަސް އާޚިރުގަ ނަސްރު ލިބޭނީ ހައްގައް. ދިވެހި ރައްޔިތުން އިގްރާރު ވެފައި އޮތް ގާނޫއަސީ ވެއްޔާ މޮޑެލައި ފުލުހުންނާއި ސިފައިންނަށް މަޖްބޫރުކޮށްގެން މުޅި އުމުރައް ވެރިކަމުގަ ހުންނަން މީހަކު ކުރާ މަސަތްކަތް ނޭވާ ހޮޅިއަށް އެޅފައިވާ މަންޒަރު ކުޅިބަލަން ތިބިމީހުންނަށް ވަރައް ސާފް.

 3. ރައްޔިތުން

  .45 ދުވަސް ކަމަކު ނުދޭ. 9 މަސް ދުވަހަށް ހަދާ.

 4. ހާކިމާއޭ

  މަޖްލީހުން ފާސް ނުކުރިއަސް އާ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރުމުން އެނިމުނީ އެވެ. އެއިރުން އެމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ. މަމެން މީ ހާކިމާ އިންނޭ ތަމެން ތިޔާއީ ނޮން ހާކިމާ އިންނޭ މަމެން ބުނާ ގޮތަށޭ ތަމެން ހަދަން ޖެހޭނީ. އިށީނދޭ މިހާރު މިހިރަ ގޮނޑީގައި. ތެދުވޭ ކޮއްޅަށް. ދެން އަނެއްކާ އިށީނދޭ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ހާއްހަހަހާހާހާހާ ހާހާހާހާހާ ހޮހޮހޮހޮހޮ..

 5. މަހަށްދޭބަލަ

  އިމަޖެންސީއަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނު ނަގަހައްޓަން ކަމަށް ރައީސް އޮފީހުން ބުނާނަމަ އެބުނެވެނީ އެއީ ގައުމުގެ ހާކިމާގެ ބަހޭ ހަމަ މިހާރު ތަމެން ރަންރީނދުލޭ މެން މަޖްލީހަށް ހާޒިރު ވާންވީއޭ އެނޫން ނަމަ ތަމެން މަސައްކަތެއް ނުކޮށް ބަނޑުއަޅާ މަމެން ޓެކްސް ޕޭޔަރގެ ފައިސާ ގަނޑު ނުދޭނަމޭ ތަމެން ކޯއްޗެއް ހިތަށް އަރައިގެންތޭ ބޮއިކޮޓް ކުރީ އޭން ބުނެބަލަ ބުނެބަލަ ބުނެބަލަ ހަމަ މިހާރު ދާށޭ މަޖްލީސް ކުރާ ގެއަށް ހަމަ މިހާރު ދާންއުޅޭށޭ އެނޫން ނަމަ މުސާރަ އާއި އިނާޔަތް ކަނޑާލާ އިމްތިޔާޒު ތައް ވެސް ކަނޑާލާނަމޭ އެއިރުން ހުންނާނެއޭ ރާކަނި މަސްކެވިފައޭ. މާ ބޮޑަށް ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ނުފުއްޕާތި މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު އަދި މަމެން ދޯ ހާކިމާއިން ނަކީ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ.

 6. އަބްދުއްލާ

  ކުއްލިހާލަތުގެ ގަރާރު ގެޒެޓް ކުރަން މިޖެހެނީ 3 ދުވަހުތެރޭ މަޖިލީހުގެ ދަވްރެއްގެ ތެރެއިންނަމަ 48 ގަޑިގެތެރޭ ދަވްރު ނެތް ދުވަސް ވަރެއްނަމަ 14 ދުވަހުގެތެރޭ . 14 ދުވަސް ވުމުން ގަރާރު އެވަނި 14 ދުވަހު އަމަލް ކުރެވިފާ . ވީމާ ރައްޔިތުން އެއަށް އަމަލުކުރަންޖެހޭބައި އެއޮތީ ނިމިފާ ވީމާ މަޖިލީހުން ފާސް ކުރަންޖެހޭގަރާރު ފށްކުރަން 43 މެމްބަރުން މަޖިލީހުގާ ތިބެން ނުޖެހޭނެ. ސަބަބކީ ގާނޫނުއަސާސީގެ 97 މާއްދާ ގަ ބުނަނީ ރައްޔިތުންގެ އެއްވެސް އެއްޗެއް ނެގޭނި މަޖިލީހުން ފާސް ކޮށްގެން ކަމަށްއެފާސްކުރުމުގާ 43 މެމްބަރުން ޖަލްސާގަ ތިބެންވާނެ ކަމަށް. ވީމާ ކުއްލި ނުރައްކަލުގެ ގަރަރާ ޓެކްސް ނެގުމާ ތަފާތު އެބަހުރި ވީމާ ކުއްލި ނުރައްކަލުގެ ގަރާރުގަ43 މެމްބަރުން ބޭނުމެއްނުވާނެ.

 7. ހަސަނާ

  ރައްޔިތުންނަށް ގޮންޖަހާ ރައްޔިތުންގެ ވެރިކަން ފޭރިގަތުމަށް ރިޝްވަތުދީގެން ފނޑިޔާރުންނާ މެމްބަރުން ގަނެ މިއުޅެނީ 2018 ގަ ވޯޓަށްދާން ބޭނުންނުވާތީ. ވަކަރުގޭގްރޫގެ ހެޑަކީ ދޫނުބައި ގާސިމް. ރައްޔިތުން ހޭލާ ވިސްނާ.

 8. ހާކިމާއޭ

  އިމަޖެންސީއަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނު ނަގަހައްޓަން ކަމަށް ރައީސް އޮފީހުން ވިދާޅުވާނަމަ އެކަން ޖެހޭނެއޭ ކުރަން އެއީއޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ. މީގައި އޮވެެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއް ވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް. މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. އެނިމުނީއޭ މަމެން މީ ހާކިމާއިންނަކީ.

 9. ސީޑީ

  ކުއްލިހާލަތުގަ ނޫނީ ވެރިކަން ކުރެވެން ނެތީދޯ!
  ބޮޑުވަރުތީ.

 10. ހައްވަ

  ތިޔައީ ރުހުން ހޯދައިގެން ކަން ކުރާ މީހެއްތަ؟ ތިޔަ ކަމަށް ބޭނުންވާނީ ޖެނެރަލް ޝިޔާމުގެ ރުހުމެއްނު.