ފ. ބިލެތްދު އަށް ނިސްބަތްވާ އުމުރުން އެންމެ 17 އަހަރުގެ ދިވެހި ފިިރިހެން ކުއްޖަކު 38 ކިލޯގެ މަހެއް ބާނައިފިއެވެ.

މި މަސް ބޭނީ މުހައްމަދު ނިފާޒް ނަމަކަށް ކިޔާ ދިވެހި ކުއްޖެކެވެ. ނިފާޒް އަކީ އުމުރުން 14 އަހަރުން ފެށިގެން ސްްޕޯރޓްސް ފިޝިންގެެ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.

ނިފާޒް "ވަގުތަށް" ބުނީ އޭނާ މި ބޮޑު މަސް ބާނާފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެއީ "ވޮށިމަހެއް" ކަމަށެވެ. އެ މަސްް ބޭނުމަށް ފަހު ކިރި އިރު އޭގައި 38 ކިލޯ ހުރި ކަމަށް އޭނާ ބުނެފައިވެއވެެ. މި މަސް ބޭނީ ފ. އަތޮޅުންނެވެ.

މަސްވެރިކަމަށް ބޮޑު ލޯތްބެއް ޖެހިފައިވާ ނިފާޒް ރައްޓެހިންނާ އެކުގައި މަހަށް ގޮސް އުޅެެއެވެ. މިއީ އޭނާ މަސްވެރިކަމަށް އޮތް ލޯތްބެގެއް ބޮޑުކަމުން ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އާންމުކޮށް މަސްވެރިކަން ކުރަނީ ރަހުމަތްތެރިންނާއެކު. މިހެން ބާނާ ފަރު މަސް ގަންނަ މީހުންނަށް ވިއްްކަނީ. ހަމަ ހުރިހާ ވައްތަރެއްގެ މަސްވެެރިކަމެއްވެސް ކުރަން" ނިފާޒް ބުންޏެެވެ.

ސްޕޯޓްސް ފިޝިންއަކީ މިހާރު ދިވެހި ޒުވާނުންގެ ތެރޭގައިި ވެސް ވަރަށް އާންމު މަސްވެރިކަމުގެެ ބާވަތަކެެވެ. މިފަދަ މަސްވެރިކަން ކުރުމުގައި ގިނަ ޒުވާނުންތަކެއް މިހާރުވެސް ހަރަކާތްތެެރިވަމުން އަންނަ އިރު، މިއީ ރަނގަޅު އާމްދަނީއެއްވެސް ހޯދިދާނެ ކަމެކެވެެ. ނިފާޒް ފަދައިން ގިނަ ޒުވާން ކުދިން މިި މަސައްކަތް ކުރަނީީ "ހޮބީ"އެއްގެެ ގޮތުގައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދޮމީނިކު

  އާ ކުކުޅަކަށް ގާ ބިހެއް....

  19
  11
 2. ފޮޑިޖަހާ މީހާ

  ތީ ދެން އެވަރު ކަމެއްތަ ނޫސްތަކުގައި ޖަހާވަރު 1 އަހަރުނުވާކުޑަކުދިން 50 އަހަރަށް ވުރެން މަތީގެ އުމުރުގެ މީހުންނަށްވުރެ ބާރަށް ފޮޑިވެސް ޖަހާ

  34
  6
 3. އެދުރުބެ

  ނޫން. ދިވެހިރާއްޖޭގައި ކުރަނީ ސްޕޯޓް ފިޝިންއެއްނޫން. މަސްތުވާތަކެތީގައި އުޅޭ ފަރާތްތަކުން އެވިޔަފާރި ކުރުމަށްޓަކައި ބޭނުންކުރާ މެދުވެރިއެއް ތިޔަބުނާ ސްޕޯޓްސް ފިޝިންގ އަކީ.

  25
  8
 4. ޒަކަރިއްޔާ ގ

  ކުޑައެއްކަމަކު ގައިގައި ވަރު ހުރިއްޔާ އެވީނޫން ތީ ދެން ކޮންކަމެއް

  21
  7
 5. އެކުއްޖާ

  އުމުރުން 17 އަހަރުގެ ކުޑަކުއްޖަކު ވިހައިފި،
  އުމުރުން 17 އަހަރުގެ ދިވެއްސަކު މަަހެއްބާނައިފި،
  ކޮންމެސް ކަހަލަ އޮޑް ގޮތެއް އެބަހުރި މި ހެޑްލައިންގަ