މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ކްރެޑިޓަށް އައިސް ނުލިބުމާއި ބޭނުންވާވަރަށް ތެޔޮ ނުލިބުމުގެ ޝަކުވާ ކަމަށާއި އެކަން ހަމަޖައްސަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ގއ. ދާންދޫގައި އަލަށް ހިއްކި ބިން އެ ރަށު ކައުންސިލާ ރަސްމީކޮށް ހަވާލު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިންގެ ފަރާތުން އަންނަ އެއް ޝަކުވާއަކީ ފެނަކަ އިން އައިސް ވިއްކާއިރުގައި، ކްރެޑިޓަށް އައިސް ނުލިބުމުގެ ވާހަކަ ކަމަށެވެ. އަންނަ މަހުގެ އެކަކުން ފެށިގެން ފެނަކައިން އައިސް ވިއްކާއިރުގައި، ކްރެޑިޓަކާ އެކީގައި އެކަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ތެޔޮ ލިބޭއިރުގައި، ބޭނުންވާވަރަށް ތެޔޮ ނުލިބުމާއި، ކްރެޑިޓަށް ނުލިބުމުގެ ވާހަކައަކީ މިދިޔަ މަސްވެރިންގެ ދުވަހު ވެސް އައިސް އޮތް ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެސްޓީއޯ އިން މިހާރު އިންތިޒާމު ކުރާ ގޮތަށް އެކަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާއިރުގައި، މަސްވެރިން ބޭނުންވާވަރަށް ތެޔޮލިބި، އަދި ކްރެޑިޓް ފެސިލިޓީއަކާއެކު، އެކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ގއ. ދާންދޫގައި ރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ރައީސް އޮފީސް

"މަސްވެރިންގެ ކަންބޮޑުވުން އެއީ، މި އަތޮޅާއި މި ރަށުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުން. ޙައްލެއް ނުލިބި ދުވަސްތަކެއް ވެއްޖެ. އަޅުގަނޑުމެން އައިއިރުވެސް މިކަން އޮތީ އެހެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބާނާ ހުރިހާ މަހެއް ނުކިރުމާއި މަސްވެރިންނަށް ފައިސާ ލިބުން ލަސްވާ ވާހަކައަކީ ވެސް މަސްވެރިން ކުރާ ޝަކުވާއެއް ކަމަށެވެ. އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާ ކަމަށާއި މަސްވެރިން އެ ބޭނުންވާ ހަލުވި ސްޕީޑެއްގައި އެކަން އަދި ނުކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އަދިވެސް ކުރިއަށް މިއޮތް ދެތިން މަހުގެ ތެރޭގައި، އެ ޝަކުވާތައް އެގޮތަށް އަންނާނެ. ނަމަވެސް، އެ ޝަކުވާތަކަށް ޙައްލު ހޯދުމަށްޓަކައި، ވަގުތީ ޙައްލާއި، ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން." ރައީސް ވިދާޅުވިއެވެ.

ވަގުތީ ހައްލުގެ ގޮތުގައި ހަތަރު މަސް ބޯޓެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް ކެޕޭސިޓީގައި 700 އަށް ވުރެ ގިނަ ޓަނު މަސް ގަނެވޭ 300 ޓަނުގެ ބްރައިން ފްރީޒިން އާ އެކުގައި ގެނެވޭ ބޯޓުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ގއ. ކޫއްޑޫގެ ކެޕޭސިޓީ އިތުރު ކުރުމާޢި ގދ. ތިނަދޫ، ހއ. އިހަވަންދޫ، މ. މުލަކުގައި މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ކޮވިޑުގެ ދަތިކަމާ އެކުގައި ބައެއް ކަންތައްތައް، ބޭރުގެ ކުންފުނިތަކުންނާއި ބޭންކުތަކުން ކުރައްވާ ކަންތައްތަކަށް ފަސްޖެހިލާފައި އޮތް ނަމަވެސް، މިހާރު ހަލުވި ރަނގަޅު ސްޕީޑެއްގައި އެބަ ކުރިއަށްދޭ. އަދި ކުޑަ ވަގުތުކޮޅެއް ނަގާނެ. އަޅުގަނޑު މި ދެންނެވިހެން، ދެތިން މަހުގެ ތެރޭގައި މި ވަގުތީ ހައްލު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޫޑި

    ކޮންތާކުން ފައިސާނަގައިގެން ކުރެޑިޓަށް ތެލާއި އައިސްދެނީ މިއުޅެނީ މަސްކިލޯއެއް ގަނެފަ ފައިސާނުލިބިގެން މިވަރު ގަމާރު ސަރުކާރެއްމީ މަކަރާހީލަތުން ވެރިކަމަށް އައިމަގޮވާނީބޯ.

  2. ބޮޑުވަގެކޭ

    ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި

    • ރިއްފަތު ފަންކާ

      ދަރަނިބޯ އިބުރާހިމް މުހަންމަދުސޯލިޙް.

  3. ލާދީނީ އައުޓް

    މަސްވެރިންނަށް ހަމަ އަގު ނުދީފައި، އަދި އިތުރަށް ދަރަނިވެރިކޮއްލަން އެވިސްނަނީ. ދާރާފަ ތިބި ބަޔަކު 2023ގައި ނިކަމެތި ކޮށްލަން ވަރަށް ފަސޭހަވާނެ

  4. ޑައެލޯގް

    އަނެއްކާ އަނެއްދަރަނި ރައްޔިތުންގެ ބޮލަށްކަޑާލަނީއެވެ. މިވީ 4 އަހަރެވެ 57 ބިލިއަންރުފިޔާގެ ލޯނުނަގައިފިއެވެ. އަދި އިތުރަށް ފައިސާ ޗާޕުކޮށް ފައިސާއަގުވައްޓާލައި ތަކެތި އަގުމައްޗަށްގޮސްފިއެވެ. ޑޮލަރެއްނުލިބެއެވެ.

  5. Anonymous

    ކްރެޑިޓަށް ތެލާއި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ އަދި ހަމައެއްނުޖެހޭ، ހަމަޖެހި ނިމޭނީ އިތުރު ދެ ދައުރު ނުވަތަ 20އަހަރުގެ ވެރިކަމެއް ރއިބޫސާލިޙައް ރައްޔިތުން ދިނީމަ، ލޮލް##

  6. ޥެރިން

    ހުރިހާ ވާހަކަ އެއް ދެއްކި އިރުވެސް މަސް ގައްނަ އަގު ބޮޑުކުރާ ވާހަކަ އެއް ނުބުނައެއް ނޫން. އިބޫ މަސްވެރިންގެއެއްމެ ބޮޑު ކަންބޮޑުވުމަކީ މަސްކިލޯ އަކަށް ލިބޭ އަގު ދައްވުން