ގއ. ކޫއްޑޫގައި އަނެއްކާވެސް މަސް ކިރުން ލަސްވެ ގިނަ ދޯނިތަކެއް ކިޔޫގައި ތިބެން ޖެހުމުން މަސްވެރިން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ގއ. ގެމަނަފުށި އުދަރެސް ދޯނީގެ ކެޔޮޅު މުހައްމަދު ޝިނާޒު "ވަގުތަށް" ބުނީ މި ދުވަސްވަރަކީ ދެކުނުގެ އަތޮޅުަތަކަށް މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްތަކެއް ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗައް 30 ޓަނާއި 50 ޓަނުގެ މަސް ދޯނިތަކުން ބާނަމުންދާ ކަމަށް އޭނާ ބުންޏެވެ.

ބާނާ މަސް ކިރުމަށް ކޫއްޑޫގައި ގިނަ ދޯނިތަކެއް މިހާރު ވެސް ކިޔޫ ހަދައިގެން ތިބި ކަމަށް ޝިނާޒު ބުންޏެވެ. އެގޮތުން 40 ވަރަކަށް ދޯނި ކިޔޫގައި އަދިވެސް ތިބި ކަމަށް ޝިނާޒު ބުންޏެވެ.

" އަޅުގަނޑުމެން މަސް ބާނައިގެން ރޭ 9 ޖެހިއިރުގައި ދިޔައީ ކޫއްޑޫއަށް. މަސް ކިރުނީ މިއަދު މެންދުރު 12:00 ޖެހިއިރުގައި. 15 ގަޑިއިރު ކިޔުގައި މަޑުކުރަން ޖެހުމުގެ ސަބަބުން މަސްތައް ހަލާކުވެގެން އުކާލަން ވެސް ޖެހުނު." ޝިނާޒު ބުންޏެވެ.

ޝިނާޒް ވަނީ ދޯނިތައް ކިޔުގައި ޖެހުމުގެ ސަބަބުން މަސްތައް ހަލާކުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިފްކޯއިން އެކަން ހައްލު ކުރަން މަސައްކަތް ނުކުރާ ކަމަށް ވެސް ޝިނާޒް ބުންޏެވެ.

އޭގެ އިތުރުން ދެކުނު އަތޮޅުތަކުގައި އައިސް ލިބުމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

" ގިނަ އައިސް ޕްލާންޓްތައް ހުރީ ހަލާކުވެފައި. އަޅުގަނޑުމެން މިހާރު ދެ ރަށަށް ދުއްވައިފިން އައިސް ލިބޭތޯ. ޕްލާންޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް މައުލޫމާތު ލިބެނީ." ޝިނާޒް ބުންޏެވެ.

ރާއްޖޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި ކޫއްޑުގައި މަސް ކިރުން ލަސްވާ މައްސަލަ އަބަދުވެސް ފެންމަތިވެއެވެ. އެ މައްސަލަ ހައްލު ކުރުމަށް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އހ

    މަސް ކިރުމުގެ ހުރިހާ ކަމެއް ހަމަ ގެހުނު ވާހަކަ ބުނި ސަރުކާރައް ވީވަރު އަދި ނުވި ތާކަށް މަސް ވެރިންގެ ޖީބައް ވަންނާނީ ޑޮލަރުންނާއި ޕައުންޑުން ނޭ ބުނި މީހުން އަދި މަސް ވެރިންގެ ދިން ކާޑުވީ ބޭކާރު ސަހަރޯ މިޔަތީ އަގައިން ހިންގާ ސަރުކާރެއް

    17
    1
  2. ބުރިޖްވަގު

    ދެން ރަގަޅެއްނު. އަދިވެސް ވޯޓް ދީ

    14
    1
  3. ސޫއޫދު

    ވޯޓުއަޅާ ކިތައްމެބޮޑުދޮގެއްހެދިއަސް ހާއްސަކޮއް ކުލަޔެލޯއިން ދައުލަތުގެ ނެއްފެންވަރުގެ ބޮޑުދޮގު ހަދާ ވައުދުވެ ގޮނޑިހޯދާނެ އެގުރޫޕުން ދެރިޔާސީ އިންތިހާބުންވެސް ފެނުނީއެއްގޮތެއް ގެދޮށު އައިސް ޕުލާޓް ފެކްޓަރީ ހަމައަގު ރައްޔިތުމީހާ ޖީބުފުރެން ދެން ޑޮލަރު ކަންމަތީފިހާރައިން ދެންކެޔޮ ބިސް ކިރުދަޅު ގާނޫންތަކުގެ ހަމަހަމަކަން އަސްކިރީމް ހާވެސްފިނިކޮއް 2023 އިބޫއައް ވޯޓްއަޅަން ކިއު ހަދަންވީ މިހާރުވެސް އޭރުންކޮށްމެ ރައްޔިތެއްގެ ކަރުގަ ލޯނުފައްޗެއަޅުވާނެ ދަރިންގެދަރިންނާ

  4. ނުކިޔަވާ

    ގޮސް ކައުންސިލް ތެރެއަށް އަޅާލާ. އޭރުން ކިރޭނެ

  5. އިއްބެ

    މަސްވެރިންގެ ޖީބަށް ކޮންމެސް އެއްޗެއް ވަންނަނީޔޯ؟

  6. މުހަންމަދު

    އަދި ވެސް ޓީ.ވީ އެމުންނާއި ރާއްޖެ ޓީ.ވީން ފޮނިކަޑާ،އަލީ އާޒިމް ކަހަލަ މީހުން އަރާ ހަދާ ދޮގުން މިތިބެނީ ހަމަ އަޖައިބުވެފަ...