ލ.ގަމުގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެރަށު މުކުރިމަގު ފާތިމަތު މަނިކެ ނިޔާވެއްޖެއެވެ.

އުމުރުން 55 އަހަރުގެ ފާތިމަތު މަނިކެ ނިޔާވީ އެކްސިޑެންޓްގެ ސަބަބުން ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ކުރިން ވިދާޅުވެފައި ވަނީ އެކްސިޑެންޓްގެ ސަބަބުން ފާތިމަތު މަނިކެގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.

ފާތިމަތު މަނިކެގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ފާތިމަތު މަނިކެއަކީ ގަމާއި ފޮނަދޫ ގުޅުވައިދޭ ބޮޑު މަގު ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދިފަހުން ހިނގި އެކްސިޑެންޓްތަކުގައި ނިޔާވި ފަސްވަނަ މީހާއެވެ.

ފާތިމަތު މަނިކެއަށް އަނިޔާވި އެކްސިޑެންޓްގައި އިތުރު ދެމީހަކަށް ވެސް އަނިޔާވިއެވެ. އެއީ 28 އަހަރުގެ ދިވެހި އަންހެނަކަށާއި 32 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ. އެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަލީ ތ

    ނިޔާވި މީހާ އަކީ ތ. ގުރައިދޫ އަށް ނިސްބަތްވާ ގަމުން މީހަކާ އިދެގެން އެރަށުގަ ވަޒަންވެރި ވެގެން އުޅޭ މީހެއް.
    މައްޔިތާ އަށް ފާފަ ފުއްސަވާ އަދި އާއިލާ އަށް ކެއްތެރިކަން މިންވަރު ކުރަށްވާށި. އާމީން

    28