މިއަހަރުގެ ރަމަޟާން މަހުގައިވެސް، މާރސީގެ އެންމެ މަޤުބޫލު އެއް ޕްރޮގްރާމްކަމުގައިވާ 'ހަދިޔާވަށި' ޕްރޮގްރާމް މިރެއިން ފެށިގެން ކުރިއަށްގެންދަން ނިންމައިފިއެވެ.

މާރސީގެ ހަދިޔާވަށި ޕްރޮގްރާމަކީ، ރަމަޟާން މައްސަރުގައި، މި މުޖުތަމަޢުގައި ދަތި ޙާލުގައި ދިރިއުޅުއްވާ ފަރާތްތަކަށް، ކިރިޔާވެސް ފުދިގެން އުޅޭ ފަރާތްތަކުން ޞަދަޤާތްކުރެވޭނެ މަގެއް ހުޅުވައި،މި މުޖުތަމަޢުން އެއްވެސް ބަޔަކު ބާކީ ނުކޮށް، އެކަކު އަނެކަކަށް އެހީތެރިވެ ހެދުމަކީ އުފަލަކަށް ހެދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފާއިތުވި ދެ އަހަރުވެސް ބާއްވާފައި ވެއެވެ.

މާރސީން ބުނީ، މިއަހަރުގެ ހަދިޔާވަށި ޕްރޮގްރާމުގައިވެސް، ހުރިހާ މީހުންގެ ދީލަތި އެހީތައް، ލިބުން އެންމެ ޙައްޤުވެރި ފަރާތް ހޯދުމުގައި 'ހަދިޔާވަށި ކޮމިޓީ 2021'އެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެކަން ހީވާގި ކަމާއި، އިންސާފުވެރިކަމާއިއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީީންކަން އަރުވާ ކަަމަށް މާރސީން ބުންޏެވެ،

މިރެއިން ފެށިގެން މާރސީގެ މި ޕްރޮގްރާމް ހުޅުވައިލެވިގެންދާއިރު، މިފަހަރު އެ ޓީމްގެ އެދުމަކީ، ހަމައެކަނި ރުފިޔާއިން މި ޕްރޮގްރާމަށް އެހީތެރިވުމުގެ ބަދަލުގައި، ދަތި ޙާލުގައި އުޅޭކަން އެނގޭ އާޢިލާތަކުގެ ނަމުގައި އެ ޓީމަށް ފޯރމު ހުށަހަޅާއި އެފަދަ ފަރާތްތަކަށް ޕްރޮގްރާމުގެ ތެރެއިން އެހީތެރިވުން ކަމަށެވެ.

މާރސީގެ މި ޕްރޮގްރާމަށް ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް، ފައިސާ ފޮނުވާނީ!
ރުފިޔާ އެކައުންޓް؛ 7770000048136
ޑޮލަރު އެކައުންޓު؛ 7770000048137

ހަދިޔާވަށްޓަށް އެދި ހުށައެޅުމަށް 9569516 | 9143864 މި ނަމްބަރު ތަކަށް ގުޅުމަށް ވަނީ އެދިފައެވެ.