އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މާސީގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.

މާސީ އިން މި ހަރަކާތް ފެށީ "އަހަރުމެންގެ ލޭ - އެ ކުދިންގެ ފުރާނަ" މި ޝިއާރުގެ ދަށުންނެވެ.

މާސީގެ އިސް މެމްބަރަކު ބުނީ، މި ކޭމްޕަކީ ބްލަޑް ބޭންކުން ލޭ ހުސްވަމުންދާތީ ބާއްވާ ކޭމްޕެއް ކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު 10 އިން އިރުއްސި 6:00 އަށް ތެލެސީމިޔާ ސެންޓަރުގައެވެ.

މި ކެމްޕެއިންގައި ލޭ ހަދިޔާކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 7565770 އަށް މެސެޖް ނުވަތަ ވައިބަ ކުރުމަށް މާސީން އެދެއެވެ.