ވިލިމާލެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް އެރަށުގައި 500 ފްލެޓް އަޅުމަށް ސަރުކާރަށް ހުށަހަޅާނެ ކަމަށް ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އެޕާޓީގެ ނައިބު ރައީސް، އަދި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ނަަހުލާ އަލީގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްްޒު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށެވެ. އަދި އެ މައްސަލައަކީ ބުރަ ނަމަވެސް ހައްލުކުރަން ޖެހިފައިވާ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ ވިލިމާލޭގައި ހުސް ބިން ހުރިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ހައުސިން ޔުނިޓްތައް އަޅައި ބޯހިޔާވަހިކަަން ފޯރުކޮށްދިނުމަށް އަދިވެސް ޖާގަ އޮތް ކަމަށް ކަމަށެވެ. އަދި ބުރިއަށް ގެދޮރު ޢިމާރާތް ކުރެވެންޖެހޭނެ ކަމަށާއި، އެގޮތަށް ގަވާއިދު އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ވިލިމާލޭގައި ހައުސިންގް ޕްރޮޖެކްޓްތައް ވިލިމާލޭގެ ރައްޔިތުންނަށްޓަކައި ހިންގޭނެ ޖާގަ ވިލިމާލޭގެ ބިމުގައި އެބަހުރި. ވިލިމާލެ ވެގެންދާނީ އެންމެ އިސްކަމެއް ދީގެން ގެދޮރުގެ މައްސަލަ ހައްލު ކުރެވޭ ތަނަކަށް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިމާރާތް ކުރުމުގައި މިހާރު އޮތް ގަވައިދު އިސްލާހު ކުރެވިއްޖެ ނަމަ ވިލިމާލޭގެ ރައްޔިތުންނަށް ލޯނު ހޯދަން ފަސޭހަވެގެން ދާނެއެވެ. އަދި ގެދޮރުވެރިކަމަށް މިކަމުގެ ސަބަބުން ލުއި ތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ސަބަބުން ލޯން ހޯދަންވެސް ފަސޭހަވާނެ. ގެދޮރު ބިނާކުރަން މަގުފަހިވެގެން ދާނެ. ރައްޔިތުންނަށް ގެދޮރުވެރިކަމުގައި މަގުފަހިވެގެން ދޭ،" މުއިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ މާލޭގެ އެހެން އަވަށްތަކެކޭ އެއްގޮތަށް ވިލިމާލެ ތަރައްގީކުރުމަށް ކަމަށެވެ. އަދި ކުރީގެ ޕްލޭނިން އާބަން ޑިވެލޮޕްމަންޓް ބޯޑުގައި މަސައްކަތްކުރެއްވި މީހެއްގެ ހައިސިއްޔަތުން އެދާއިރާގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް އެނގިވަޑައިގަންނަވާ ކން ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންފިނަމަ މަސައްކަތް ކުރައްވާނީ ރައްޔިތުންނާއެކީ ރައްޔިތުންގެ ބަސް ސަރުކާރަށް ކައުންސިލް މެދުވެރިކޮށް އިއްވާދިނުމަށް ކަމަށެވެ. އަދި ސަރުކާރަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓުގައި މާލެ މޭޔަރުކަމަށް މުއިއްޒު ވާދަކުރައްވާއިރު އެޕާޓީގެ ޓިކެޓުގައި ވިލިމާލެީ ދާއިރާއަށް ވާދަކުރައްވަނީ ނަހުލާއެވެ. އަދި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވަނީ އިދިކޮޅި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލެެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވަނީ އަނަސް ޢަބްދުއްސައްތާރުއެވެ. އެޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާއަށް ވާދަކުރައްވަނީ ހަމްނާ ވަހީދެވެ. އަދި ހުޅުމާލެ ދާއިރާއަށް ކުރިމަތިލާފައި ވަނީ ކުރިގެ ނޫސްވެރިޔާ ރިޒްނާ ޒަރީރެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖޯޒީ ނަމްބަރު 420

    ޖަލު ގޮޅި އެއް އިތުރު ކުރަން ހުށަހެޅިއްޔާ މާ ރަނގަޅު ވީސް

    4
    7
  2. ކޮއާޓަރ

    ބަލަ ދުވާފަރު މީހުންނައް ގޯތިދޭނެ ބިންނެތީމަ ބިންހިއްކާފަވެސް ދޭން އެނިންމަނީ ވީމާ މާލޭގެ މީހުންނައް ގެހެނީ ހައުސިން ޔުނިޓް އެޅިމަ ބޮޑުއަގުގައި ގަންނަން މީކޮންކަހަލަ އިންސާފެއްތޯ އަސްލު ތިޔަކިޔާ 500 ހައުސިން ޔުނިޓް އެޅީމަ އަނެއްކާ އެ އިތުރުވީ 1500 އެނދު އެތަނައް މަދުވެގެން ދާނެ 2000 މިހުން ސަރުކާރައް އަމްދަނީ މިހޯދަނީ ރައްޔިތުން ގެސްޓުންނައް ހަދައިގެން ފުލެޓްގެ ނަމުގައި ގެސްޓް ހައުސް މިކަން މިކުރަނީ ރައްޔިތުން ނިކަމެތިކޮއް ފަސޭހަކަމަ އެކު ވޯޓްހޯދަން އެއްމަހު ފުލެޓް ކުލި ދައްކާދޭ މީހަކައް މުޅިއާއިލާގެ ވޯޓް މީއެއް ނޫންތޯ ކަންތައް މިހިނގަމުން ދަގޮތަކީ އަސް ދޮންމީހުންނައް 500 ހައުސިންގެ ބަދަލްގައި ޓުވަރިޒަމް ތަރއްގީކޮއް 1500 އއެނދު އިތުރުކުރިއްޔާ މަރަގަނޅުވާނެނޫންތޯ

    2
    2
  3. އަލްޖިބްރާ

    މީގެ ކުރިން ކަލޭ ހުރީ މާބާރުގަދަ ވަޒީފާއެއްގަ ! ތިޔަބުނާ ފްލެޓް އަޅަން ހުށަނޭޅީ ލިބެމުންދިޔަ ބައިވަރު ދުވަހަކުވެސް ހުއްޓުމަކަށް ނާންނާނެކަމަށް ހީކޮށްފަތަ ؟ ތިހިރީ ފޭލްވެފަ ! ދެން އަމިއްލައަށް ގަނަނުތެޅި މަޑުން ހުރޭ !

    4
    3
  4. ޢަދުރޭ

    މުޢިއްޒޭ ކިއައިގެން އެންޓިކެމްޕޭން ކުރާ ފަރާތްތަކަށް ދަންނަވާލަން އޮތީ މުޢިއްޒުގެ ހައުސިންގް މިނިސްޓަރ ކަމުގައި ކޮށްފަ ހުރި ކަންތައް އެހެރީ ފެންނަން. އެމްޑީޕީން މާލޭ މޭޔަރ ކަމަށް ނުކުންނަ އަނަސް އެއީ އެއްވެސް ކަމެއްގައި ޢަމަލީ ތަޖުރިބާ އެއް ހުރި މީހެއް ނޫން އަދި ކިއެއްތަ ޤައުމިއްޔަތަށް ވުރެ ޕާޓިއްޔަތު އިސްކުރާމީހެއް . މާލޭ މީހުން ބޮނޑިއެއް ބޯން ނޫނީ އޭނަޔަށް ވޯޓްނުލާނެ . މީ ފެންނަން ހުރި ޙަޤީޤަތް. ރައީސް ނަޝީދު ރައްޔިތުންގެ މަޖުލީހަށް ހޮވުނީމަ މާލޭ ރައްޔިތުންނަށް ވީ ފައިދާއެއް ދައްކަބަލަ. ދެން އޮތީ މުޢިއްޒު މާލޭ ތޮށިހެދި އިރު ނެރު ކެނޑިގޮތޭ ! 7 އަހަރުގެ ކޮރަޕްޝަނޭ ކިއައިގެން ތި ދައްކާ ފޭކްވާހަކަ ދައްކާއިރު ކުރީގެ އެމްޑީޕީ ސަރުކާރުން ކުރި ކަނޑުކޮސް ކަންތައް މާގިނަ . މިހާރު ހައުސިންގް މިނިސްޓަރ ކަންދެއްވާފައި ހުރި ބޭފުޅާގެ ކުރީގެ އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން ފައިލް ތައް މިހާރުވެސް އެހެރީ އެންޓިކޮރަޕްޝަން ކަމިޝަންގައި . ކިރިޔާ ދިވެހިންގެ އެއާޕޯޓް އިންޑިޔާ އަތުން ސަލާމަތްކުރެވުނީ .ކޮއްފަހުރި ހުރިހާ ކަމަކަށް ދެން އައި ސަރުކާރުން ޖެހުނީ ބަދަލުދޭން. މާފަންނު ހާބަރު ސަރަޙައްދު އޮތީ ތެޔޮލޮރީ ތަކާ ބާދަނގަޑާ ހަލާކުވެފައި ހުރި ބާ އުޅަނދުތަކުން ކުނިގޮނޑަކަށް ވެފައި .ކުނި މެނޭޖްކުރާނެ ގޮތެއް ނެތި ބޮޑު ޔާޑް ދޯންޏެއް ޖެޓީއަށް ގާތް ކޮށްގެން މުޅި ސަރަޙައްދު ކުނިގޮނޑަކަށް ހަދައިގެން ދޭތެރެ ދޭތެރެއިން ކުނިގޮނޑުގައި ރޯވެ ދުން އަރާ މާލެ ސަރަޙައްދު ކިލަނބުވެފަ އޮއްވާ ސީދާ މުޢިއްޒު އެކަން ޙައްލުކުރީ . މިހާރު ވެމްކޯ އޮޓޯއަށް ލާފަ އެއޮތީ އެއީ ކާކު މާލޭ ރައްޔިތުންނަށް ކޮށްދިން ކަމެއް ؟؟ ކެނެރީގޭ ނަޝީދުތޯ ؟ ޙަޔާތެެއް ނެތިފަ ލަދު ނުގަންނަންޏާ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ. މައުމޫން ސަރުކާރުންނާއި ޔާމީން ސަރުކާރުން މާލޭ ރައްޔިތުންނަށް ކޮށްދެއްވާފަ ހުރި ރަނގަޅު ކަމެއްގެ ވާހަކަ ބުނެފިއްޔާ އެމޑީޕީ މީހުން މިބުނަނީ އެއީ ކޮށްދޭން ޖެހޭ ކަންކަމޭ ! ބަލަ އެމްޑީޕީ އަކީ މަތިން އައި ބައެއްތަ ރައްޔިތުންނަށް ކަންކަން ކޮށްދޭން ނުޖެހެނީ އެންމެ ގިނަ ތާކުން ތާކު ނުޖެހޭ ވަޢުދުވެފަ އޮތް ޕާޓީ އަކީ އެމްޑީޕީ . ޝަހާދެއް ފަދަ ތެދެއް މިބުނީ މާލޭ ރައްޔިތުން ބޮނޑިއެއް ބޯން ނޫނީ އެމްޑީޕީ އިން ނެރޭ މޭޔަރަކަށް ވޯޓު ނުދޭތި . މީ އިހުބަހާ ފަހުބަސް. މިހާރު މާލޭ ރައްޔިތުންނަށް އެއްޗެއް ވިސްނިފަ އޮންނާނީ މި ދިއަ 2 އަހަރު ދުވަހުގެ މިވެރިކަމުގައި މަޖުލީސް އާ ވެރިކަމާ ހުރިހާ އެއްޗެއް ދިނީމަ ދިރިއުޅުމަށް އައި ބަދަލު އަޅާ ކިރާލީމަ. އަމިއްލަޔަށް ވިސްނާފަ ގޮތެއްް ނިންމާ

    5
    3
  5. ނާޅި

    ސިޔާސީ މީހުންނަކީ ސިޔާސީ ވަފާތެރި ކެހިވެރިން ، މިމީހުން ކުރާހާވެސް ކަމަކީ ހުޅުމާލެއާއި މާލެ ސަރަހައްދުން ވިޔަފާރި ކުންފުނިތަކަށް ބިންދޫކޮށް ކޮންކިރިޓް ގޮޅިހަދާފަ ކަޓުލާފަ ބޮޑު އަގުގައި ރައްޔިތުންނަށް ކުއްޔަ ދިނުން !

  6. މުއާޒު

    މީ މިބުނާ ވާހަކަ. މުއިއްޒު ކިތައްމެ ވައުދެއް ވިޔަސް ސަރުކާރާ ނުލައި ނުފުއްދޭނެ. އެހެންވީމަ ރަނގަޅުވާނީ މުއިއްޒު ވެސް އަދި ދެން ތިބި ކެންޑިޑޭޓުން ވެސް ހޮޅި ވައުދު ނުވިއްޔާ

  7. ސަރީފް

    މުއިޒު މިނިސްޓަރުކަމުގައި ވިލިމާލެގައި 200 ހައުސިންގ ޔުނިޓް އަޅަން "ޖީ އެންޑް އެލް" ކުންފުނިން ސޮއިކުރި ޕްރޮޖެކްޓް ވަނީ ޓާރމިނޭޓްކޮށް، ދައުރު ނިމުނު އިރު ވިލިމާލޭގައި އިތުރު ޕްރޮޖެކްޓްއެއް ނުފަށާ. ދެން މިހާރު ކޮން ވާހަކަ އެއް

    2
    1