މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓުތައް ރޭގަނޑު 20:00 އިން ފެށިގެން އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކުރި ކުރުން އިތުރު ދުވަސްތަކަކަށް ދަންމާލައިފިއެވެ.

މިރޭ އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ވަނީ ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވާފައިވާ ވަގުތައް ބަދަލު ގެނެސް ނެރުނު އިއުލާންގެ މުއްދަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ.

މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށް ޓާއި، ގުޅީފަޅު) ގައި ހިންގާ ކެފޭ، ހޮޓާ،
ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް
ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 20:00 އިން ފެށިގެން ހުއްޓާލަން ޖެހޭނެއެވެ.

އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 22:30 އިން ފެށިގެން ހުއްޓާލަން ޖެހޭނެއެވެ.

މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓުތައް ރޭގަނޑު 20:00 އިން ފެށިގެން އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކުރި ކުރި މުއްދަތު އިތުރުކޮށްފައި މިވަނީ މިނިންމުމުގެ ސަބަބުން ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ ވިޔަފާރިއަށް އަސަރުކޮށް އެވިޔަފާރިތައް ބަނގުރޫޓް ވަމުންދާ ކަމުގެ ޝަކުވާތައް އެތަންތަނުގެ ވެރިން ކުރަމުން އަންނަނިކޮށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭ ގަޑި މަދުކުރި ނަމަވެސް އަދިވެސް ބަލި ފެތުރުމުން މަދުވަމުން އަންނަ މަންޒަރެއް ނުފެނެއެވެ. އިއްޔެ ވެސް މާލޭ ސަރަހައްދުން 145 މީހަކު ކޮވިޑަށް ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މައިމޫން

    ކިހާބޮޑު ބަލާ އެއއ އްމީ. އަހަރުމެންވެސް ދިރިޢުޅެން އާމްދަނީ ހޯދަންޖެހޭ! ބަނގުރޫޓުވެ ދަރަނިވެރިވެ އްޖެ. ފިހާރަތަކަށް ކިތަންމެގިނަބަޔަކު ވަނަސް އޯކޭ؟؟ މަ އިމޫނާ ޔާދެކޮޅަށް ކޯޓަށް މަ އްސަލަ ވަ އްދާނަން މާދަން.

  2. ކޮންބޯ

    ތިޔަގޭމް ކިހާދުވަހަކު ކުޅެވޭނެބާ ރައްޔިތުން ފަނާކުރަން ގޭގަ ތިބޭށޭ ކިޔާފަ ރުފިޔާ ފޮއްޗެއް ދިއްކޮއްނުލާތާކު ގައުމަކުން ހަދިޔާކުރި މާސްކް ގަނޑެއް ދޭން ނުކެރުނު މޮޅުބައިސާ ކެނޑުން ނޫންކަމެއް ނެތް ރައްޔިތުންގެ ޓެކްސް ޕޭ ރުފިޔާއިން މުސާރަނަގައިގެން ވެދުން

  3. ހިޓިލަރ

    ބޮޑު ސިނާްއަތެއް އެއްކޮށް ފުޑުފުޑު ކޮށްލާ އެތަކެއް ވިޔަފާރި ތަކެއް ބަނގުރޫޓް ކޮށް ބޭންރަޕްޓް ކޮއްލީ މިކަމުގެ ޒިންމާ ކޮންމެވެސް ދުވަހަކުން ރަައީސް އިބޫ ސޯލިހް ނަންގަވަން ޖެހޭނެކަން ޔަގީން

  4. ާައަހުމަދު

    ތަންތަށް ބަންދު ކޮއްގެން ކޮވިޑް ކޮންޓްރޯލް އެބަވޭތޯ؟

  5. މާހީ

    ސާބަސް އެޗްޕީއޭ