ހޮޓާ، ކެފޭ، ރެސްޓޯރެންޓުގެ ވިޔަފާރި ކުރާ މީހުން ހާލުގައި ޖެހި އެމީހުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސް ދުވަހަކު އަރައި ނުގަނެވޭ ވަރަށް އެމީހުންގެ މާލީ ހާލަތު ދަށްވެއްޖެ ކަމަށާއި އެހެންކަމުން މިހާރު ލޮކްޑައުން (ފުރަބަންދު) އުވާލަންވީ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އާއްމު މެންބަރުން ވެސް ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

"ބަރުލަމާނީ" ނަމަކަށް ކިޔާ ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވީ ހޮޓާ، ކެފޭ، ރެސްޓޯރެންޓުތަކުގެ ވެރިން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާކަމަށެވެ. "ސައި ހޮޓާ، ރެސްޓޯރެންޓް، ކެފޭތައް ހަމަ އާދޭސްކުރަނީ. އެމީހުންނަށް މިއިން ދުވަހަކު އަރައި ނުގަނެވޭވަރަށް މާލީ ހާލަތު ދަށްވެއްޖެ. މިކަން މިގޮތަށް ނުބޭއްވޭނެ. ލޮކްޑައުން އުވާލަންވީ." ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.

މިހާރު އެޗްޕީއޭ އިން ނިންމާފައި އޮތް ނިންމުމުގެ ސަބަބުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށް ޓާއި، ގުޅީފަޅު) ގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 20:00 އިން ފެށިގެން ހުއްޓާލަން ޖެހޭނެއެވެ. އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 22:30 އިން ފެށިގެން ހުއްޓާލަން ޖެހޭނެއެވެ.

މިނިންމުމުގެ ސަބަބުން ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ ވިޔަފާރިއަށް އަސަރުކޮށް އެވިޔަފާރިތައް ބަނގުރޫޓް ވަމުންދާ ކަމުގެ ޝަކުވާތައް އެތަންތަނުގެ ވެރިން ކުރަމުން އަންނަނިކޮށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭ ގަޑި މަދުކުރި ނަމަވެސް އަދިވެސް ބަލި ފެތުރުމުން މަދުވަމުން އަންނަ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ކެޕްޓަން

    އެންމެ ހޮޓަލަކުން ވެސް ކުރާ ސަޕްލއި އެންމެ ތަންކޮޅެއްވެސް މަދެއް ނުވޭ! ދެން ގެޓެއް ނުވޭ ގެއްލުންވެޔޭ ބުނީމަ!

    57
    11
  2. ރާޖަރާނީ ނާގަރާޖާ

    އުވާލަންވީކޫނޫން ކުރިޔައް އޮތް ދެއަހަރައް އިތުރުކޮއްލަންވީ އޭރުން ބޭނުންގޮތަކައް ރައްޔިތުންލައްވާ ވޯޓް ލެއްވޭނެ ނިކަމެތިކޮއް އަޅުންނައް ހެދިވަރަކައް ފަސޭހަވާނެ ދިގުމުއްދަތެއްގައި ދެމިތިބެން ވެދުން

    81
    3
  3. reethi moosa

    thiulhenee inthikhaabah heyoedhekan dhahkan

    55
  4. ޒިމްޒިމް

    އަސްލުވެސް.. ހަމަ ނޯމަލްކޮށް އުޅެންވީ.. މިހާރު ކޮވިޑް ފެންނައިރަށް މީހުން ގެތަކަށް ވަދެފިލަނީ.. އެހެންވެ ކޮވިޑްހުންނަނީ މާ ފޮނިބޮޑުވެފަ.. އަހަރެމެން ނުކުމެ ކޮވިޑް ފިއްކަޑުވާލަންވީ.. އޭރުން ރަގަޅުވާނެ..

    34
    25
  5. ސަމޭދާން ބުނި ގަތޫރާ

    ދިވެހިޓުރަންޕު.

    70
    3
  6. ޑީދީ

    ތިއޮތީ އެޗްޕީއޭ ގެ ނިއްމުން...

    48
    3
  7. ޙަސަނު

    ބީތާ ޔާ ކަލޭތީ ބޮޑު ފެއިލިއަރ އެއް އަދި އެމް ޑ ޕީ އަކީ ވެސް މިހާރު ތި ހޭރެނީ ވޯޓު ހޯދަން މަކަރުވެރި ކައްޒާބު

    93
    5
    • ޙަފޯ

      ޢަސްލުވެސް މީނައަށް މަހަކު 3 ލައްކަ އާއި ގާތްކުރާ ވަރަށް ދައުލަތުގެ މުސާރަވެސް ލިބޭ، މަޖިލިސްގެ މުސާރައާއި، އެކްސް ރައީސްގެ މުސާރައާއި އިނާޔަތްތަކާ، ކިޔާނެ ކަމެއް ނެތް. ދެން ދިވެހިރައްޔަތުން ގުނބޯހައްދަ ނޫޅުނިއްޔާ ރަނގަޅުވާނީ.

      16
  8. ސިކުނޑި

    ބައިކޮޅަށް ކުޅެންޏާ ބެންޗަށް ގެންނަންޖެހޭނެ! އަދި އެންމެ އެދެވޭވަރަށް ނުކުޅެވެންޏާވެސް ބެންޗަށް ގެންނަންޖެހޭނެ! މިއީކީ ސަމާސައެއްނޫން!

    58
    2
  9. ާައަހުމަދު

    ގިނަމީހުން ތުހުމަތު ކުރާގޮތުގަ ލޮކްޑައުން އުވާލާފިއްޔާ އެޗްޕީއޭ މީހުން ބަޑަށްޖެހިދާނެޔޯ، މީއެމީހުންގެ ވިޔަފާރި ދަމަހައްޓަން ކުރާ ކަމެކޯ އެއީ ތެދެއްބާ؟

    53
    6
  10. ބޯހަލާކު

    ނާގާބިލުމީހުންނާ ކަންކަން ހަވާލު ކުރީމަ ވާނެ ހަތަރެތި މިވަނީ.. އެންމެފުރަތަމައިނުންވެސް ބޯޑަރު ބަންދު ކޮށްލިނަމަ މިހުރިހާ ސަކަރާތެއް އާންމު ރައްޔިތުމީހާ ޖަހާކަށް ނުޖެހުނީސް.. އޭގެ ބަދަލުގައި ލިބޭ ޑޮލަރުކޮޅު މަދުވެދާނެތީ ރިސޯޓު ވިޔަފާރިވެރިން ބަނޑަށް ޖެހިދާނެތީ އެކަންވެސް ނުކުރާން އުޅުނީ.. އެކަމަކު ހަމަ ޕޯޑިއަމެއް އަތުޖެހޭއިރަށް ވިޔަފާރިވެރިންނާ ދިމާލަށް ގޮވާފަ ނުގޮވާއެއްޗެއް ނޯންނާނެ..

    52
  11. ޝޮކްތެރަޕީ

    ދުވަހަކު ރާއްޖެ އަޅުވެތި ނުވާވަރައް އަޅުވެތި މިވަނީ. އިންޑިޔާ ސިފައިން ބާލާ.

    73
    2
  12. Anonymous

    މމިވަރުގެ ދޮގުހަދާ މަކަރުވެރި ޖައްބާރު މީހަކު މިއުޑުހިޔާ ދަށުން މަނުދެކެން.

    71
    3
  13. ޖުހާ

    ހޫން ކަލޭމެން ކެމްޕޭނުކުރަންވީމަ ލޮކިޑަ އިންވެސް އުވާލަންވީ... ތީ ރަ އިޔަތުނަ އް ހެޔޮ އެދިގެނެ އްނޫން.

    63
    2
  14. ޅަބޭ

    އޭ ކެނެރީގޭ ރަންނަމާރި، މުޅިގައުމު ގޮވާލަނީ ކަލޭ އިސްތިއުފާދޭން. ހުދުމުހުތާރުވާކައް ނޫން!

    72
    2
  15. އަހްމަދު

    ޢިންތިހާބުކައިރިވާވަރަކަށް މިކަހަލަ އިހްސާސްތައްކުރެވޭނެ ނަސީބެއްނު ކެފޭ ރެސްޓޯރެންޓްތައް ބަންދުނުކުރަނިސް އިހްސާސްކުރެވުނުކަން

    42
  16. ނަސީ

    އިންޑިޔާ އައްގޮސް ހުސްވީމާ އަރައި ނުގަނެވޭނީ އެހެންނޫނީ އަރައިގަނެވޭނޭ އިންސާﷲ

    50
    1
  17. ދާއީ

    ކޮން ގެއްލުމެއް. ފަތިހު 5 ންފެށިގެން ރޭގަނޑު 10 ގަޑި ބައި ވަންދެން ވިޔަފާރި ކުރެވޭ. ރޭގަނޑު 8 ޖަހަނދެން މީހުން ތިބެނީ ފުރި ބާރުވެފައި އޭގެ ފަހުން ޑެލިވަރީ ކުރެވޭ. ދުނިޔޭގެ ކޮން ގައުމެއްގައި ފަތިހު ހުޅުވާ ގޮތަށް ރޭގަނޑު 10 ގެފަހުން ހޮޓާ ހުޅުވަނީ.

    37
    2
  18. އަސްތާ

    ތިހިރީ ވަގުތުން ޖަހާ ސުރުހީ.

    25
  19. އުގުރި

    އަބަދު ވެސް ބުނާ ބަހުގެ އަނެއްކޮޅުން ވިސްނީމަ އެނގޭނެ މިކިޔާ އެޗެ ވެސް..

    32
    1
  20. މޮޅުނަސީދޫ

    މީނަ މިކުރި ކަމަކީ އެޗްޕީއޭއިން ރައީސްވަޑައިގަތީމަ 21 ގޮތެއްނިއްމާނަމޭ ބުނީމަ އެއްދުވަަސް ކުރީން ލޭބަލް ޖަހާލީ.

    33
    1
  21. އަރީ

    ހިތުގަ ފޮރުވިފަ އެދުމެއް އޮވެގެން ނަމަވެސް މިފަހަރު ތިޔަ ބުނީ ރަގަޅު ވާހަކައެއް. އަމަލުން ތިކަން ދައްކަދީ

    19
    5
  22. ވައިކިންގ

    ބުއްޅަބޭގެ ކެމްޕެއިން. ކަލެއަށް އަދި ކިރިޔާތަ ތި އެނގުނީ؟

    31
    1
  23. ރާޒީ

    ގައިމު ތިޔަހަރަ ސޮއެކޮށްނަގަނީ ފުލޯޓިންގް ސިޓީ އާ ފުލައިންގް ސިޓޯތައް ހަދަން. ކޮންމެވެސް އެކައްޗެކޭ ކިޔާބަލަ.

    29
  24. ހިސާން ޙުސައިން

    ލޮކްޑައުން އުވާލާފަ ،ކަރަންޓީން އުވާލާ ނޫނީ 7 ނޫނީ 5 ދުވަސް ހަ ދާ، ރެންޑަމްކޮށް ޓެސްޓް ކުރުން ހުއްޓާލާފަ ، ރައްޔިތުން ފަރު ދީ ޒިންމާ ނެގީމަ ނިމުނީ މާސްކު އެޅުން / ގައި ދުރުކަން / އަތް ދޮންނުން
    އަވަސް ގޮތެއް ނިންމާ ! މާގޭ ވައު ދު ރިޒޯޓު ބޯއީ

    20
    1
  25. ހިސާން ޙުސައިން

    ލޮކްޑައުން އުވާލާފަ ،ކަރަންޓީން އުވާލާ ނޫނީ 7 ނޫނީ 5 ދުވަސް ހަ ދާ، ރެންޑަމްކޮށް ޓެސްޓް ކުރުން ހުއްޓާލާފަ ، ރައްޔިތުން ފަރު ދީ ޒިންމާ ނެގީމަ ނިމުނީ މާސްކު އެޅުން / ގައި ދުރުކަން / އަތް ދޮންނުން
    އަވަސް ގޮތެއް ނިންމާ ! މާގޭ ވައު ދު ރިޒޯޓު ބޯއީ

    10
  26. ދިލްބަހާރު

    އެލެކްސް ރަނގަޅު ވާނެ ގޭގެ މަޑުކޮއްލިއްޔާ އަދި ކިރިޔާތަ ލާރި ތާސިވިކަން އިގިގެން ތިއުޅެނީ ބަލަ އެލްކެސް ދޯ ކޮންމެ ރެޔަކު ރައްރަށައް ގުޅާފަ މިވެނިވަރެއް މިވެނި ބަޔަކަށް ދީފައޭ އޮންނާނީ ލާރި ހުންނަން ވާނެޔޭ ގޮވަމުން ދަނީ.

    26
    1
  27. ބަރުގޮނު

    ތިޔަ ހުރިހާވެސް ވާހަކަޔަކީ ކައުންސިލް އިންތިޚާބާ މެދު ޝައްކު ހީވާ ވަރުން ދައްކާ ވާހަކަ. ލޮކް ޑައުން އޮންނާތީ ކެމްޕޭނަށް އަތޮޅުތަކަށް ގޮސް އުޅުމަށް ދަތިވާތީ ދައްކާ ވާހަކަ. ނަޝީދު އެބަ ބޭނުންވޭ ރަށްރަށު ގޭގޭ ބަދިގެއަށް ވަދެ ކައްކާ ހަދަން.

    29
  28. ހހހހ

    މިކަލޭގެ އެއްކަމަކު މިބުނީ ރަގަޅު ވާހަކައެއް.

    13
    5
  29. ަެަެަަހެހެ

    ބޮޑުވަޒީރައް ގައުމުހިންގަން ނޭގުނީމަވާގޮއިއް. އިސތިއުފާ ދީފަ ދެންވެސް އަވަހައް ފުރަން އުޅޭ. ރައްޔިތުން ނިކުމެ ބޯ ނުބާލަނީސް.

    32
    1
  30. ވައިޓް

    ލޯކަލް ކައުންސިލް އިންތިހާބު ކާރިވެއްޖެ. ދެން މިކަހަލަ އަނގަތައް ތެޅުން ގިނަވޭ!!

    32
  31. މުހައްމަދު

    އެއްޗެއް ކަޅެއް ޖަހައިފިއްޔާ 50ރުފިޔާ ކޮބާ މިއޮންހާ ދުވަހު ފޭރުނު ލާރިގަނޑު ކާބޯތަކެތީގެ އަގުހެޔޮވިއަސް ހޮޓާތަކުން އަގުބޮޑުކުރަނީ ކޮބާ އަގުހެޔޮކުރަން ސަރުކާރުން އެޅިފިޔަވަޅަކީ
    އެއް ގޮތަކައްވެސް ލޮކުޑައުން އުވާލައިގެން ނުވާނެ ކޮބާތޯ އެހެންމީހުންގެ ހައްގު؟

    24
  32. ބޭޗާރާ

    މިނޫނިއްޔާ ތަނެއް ދޮރެއް ނުދަންނަ ޚުދުމުޚުތާރު އަމިއްލަ އެދުމުން ފުރިފައިހުރި އިންސާނަކު މަ ނުދެކެން. އިހަށް ކިޔައި އުޅުނީ މީ ބައްޔެއް ނޫނޭ. މިހާރު ކިޔަނީ އަރައިނުގަނެވޭވަރު ވެއްޖެއޭ. ހާލުގައި ޖެހުނީ ހަމައެކަނި ތަންތަން ބަންދުކުރީމައެއް ނޫނޭ. އާލަމީ ބަލާބަލިމަޑުކަމެއް އައިމާ މުޅިދުނިޔެއަށް އައި ކަމަކުން މިރާއްޖެ ވަކި ސަލާމަތްވާނެހޭ. މިހާރު ވޯޓު ހޯދަންވީމާ މާ ސިމްޕަތީވެގެން މާހެޔޮއެދޭ މީހަކަށްވެގެން އެއްދޮރުން ވަދެއް ބޯދިއްކޮށްފައި އަނެއް ދޮރުން ވަދެފައި ދުލަށް އައިހައި އެއްޗެއް ގޮވިއެއްކަމަކު ތިއީ މިހާރު ދެއުޅިއެއްއުވާ ބޯބުރާންތި ޚުދުމުޚުތާރު މީހެއްކަން ނުދަންނަ އިންސާނަކު މި ބިންމަތީގައިނެތޭ.

    29
  33. އާދަމުގެދަރި

    މިވަރުގެ ނުބައިނުލަފާ ޖައްބާރު ޚުދުމުޚުތާރު އިންސާނަކު މިބިންމަތީގައި ހުރެދާނެ ބާ!

    31
  34. ލޮލް

    ފުރަތަމަ މީނަމިގައުމުން ބޭރުކުރަންވީ އެއިރުން ހުރިހާކަމެއްނިމުނީ

    32
  35. ވަހީދު

    ކަލޯ ކަންބޮޑުވީ ރެސްޓޯރަންޓްތަކާ ކެފޭތަކުގެ ވިޔަފާރިދަށްވުމުންދޯއެވެ. ބަލަގަ އަހަރެމެން ކަންބޮޑުވީ ރާއްޖެއިން މިމާތް އިސްލާމްދީނަށް ފުރައްސާރަކުރާތީއެވެ. ޤައުމިއްޔަތު ވެއްޔާ މޮޑެވޭތީއެވެ. އަޚުލާޤީ މިންގަނޑު ދަށްވެ އެކަކު އަނެކަކަށް އިޙްތިރާމްނުކުރާތީއެވެ. އެހެންކަމުން ކަލޯއަށް ހިލްމު ލިބިފައިނެތީތީވެ އަހަރެމެން ހިތާމަކުރަމެވެ.

  36. އާދަންބެ

    ތި ވާހަކަ ތަކަކީ ބެސްޓީ އާ ކުރިން ވާހަކަ ދައްކާފަ ބުނާ އެއްޗެހި. މިހާރު ތީ ރައްޔިތު އަންނި އެއް ނޫން. މި ދައުލަތަށް ބެސްޓީ ދެމުންދާ ގެއްލުމުގެ ބައިވެރިއެއް. މި ގައުމުގަ އޮތީ ބެސްޓީގެ މަސްލަހަތާ ކޯލިޝަންގެ މަސްލަހަތު. ރައްޔިތުންގެ މަސްލަހަތު އޮތީ ފައިދޮށުގަ.

  37. ހަސަދު

    އެމް.ޑީޕީ ސަރުކާރުގެ ނާގާބިލް ކަމާ ދޭތެރޭ ހައިރާން ވާވަރުވޭ. އެއްވެސް ހަރުދަނާ ފިޔަވަޅެއް އެއްވެސް ކަމެއްގައި ނޭޅޭ. ސިއްހީ ވަޒީރު ރައީސް ފިއްލަވާ.

  38. ނަފީސް

    ދިވެހިޤަވްމު ސަލާމަތްކުރެވޭނީ އެމްޑީޕީ އޭމިކިޔައި ބައިގަނޑުގެ ކިބައިން ޤަވްމު ސަލާމަތްކުރެވިގެންނެވެ. އިންޝާއަﷲ ގިނަދުވަހެއް ނުވެ މިކަން ވާނެއެވެ.

  39. ޕެޑް ހުސެއިން

    ޚަންކަމަކަށް މީހާ ގާބީލް ނުވުމަކީ ހަމައާއި އުސޫލު ނުދަމަހައްޓަންޖެހޭ ކަމެއްނޫން. ޢެކަހަލަ ހާލަތްތަކުގައި ކަންކުރުމުގެ ގާބިލް ބަޔަކާއި ހަވާލުކުރާނީ.
    މީގެކުރިންވެސް މަނިކުފާނު ދެއްކެވި މިސާލު ދައްކަވައި ގާބިލް މީހުންނާއި ގައުމު ހަވާލުކުރޭ.

    ވެރިލަމުން އިސްތިއުފާ ދިނީ ކީއްވެގެންކަން މިހާރު ރައްޔިތުންނަށް އިގޭނެ.

  40. އައްޑޫ މީހާ

    މީގެ ކުރިން ގައުމުގެ އިގްތިސޯދު ފުނޑާލަން ޓުއަރިޒަމް ބޮއިކޮޓްކޮށް ތެޅުނު ހަނދާން ނެތުނީ ދެއްތޯ؟ މިހާރު ބަޔަކު ނުގޮވާ ޓުއަރިސްޓުންނަށް ރާއްޖެ ނާންނާކަށް މިހާރު ބަޔަކު ގައުމުގެ އިގްތިސޯދު ފުނޑާލާ ގައުމު ހަލާކު ކުރާކަށް ނޫޅޭ އެކަމަކުވެސް ކަލޭ ވިސްނާ ފިކުރުކޮށްބަލަ ކަލޭމެންނަށް ކަންތައް ދިމާވާގޮތް މިއީ ހަމަގައިމުވެސް އުޅެވޭ ގޮތުން ދިމާވާ ކަންތައްތައް މާތްﷲ ނަހީ ކުރެއްވިހާ ކަމެއްކޮށް ގައުމު ފަސާދަކުރީމަ އަދި މިއެއްނޫން ދިމާވާނެ ކަންކަމަކީ އަދި މިއަށްވުރެން މާބޮޑެތި ސުމްޕާ ކަންތަކާއި ދިމާވާނެ ހީނުކުރާތި ތިމަންނަ މެންނަކީ އަމިއްލައަށް އުފެދިގެން އުޅޭ ބައެކޭ މާތް ﷲ ގެ އިރާދަފުޅުން ހިތިގޮތަކަށް ނިމިގެންދާނެ އާމީން

  41. އަހްމަދު

    މިނަޝީދު ހުރިހާހިނދަކު މިގަ އުމު ވާނީފަނާ ދުވަހަކުވެސް މީނަހު އްޓަކަ މ ޑ ޕ ދެން ވޯޓަކުން ވެރިކަމަށްނާދެވޭނެانشالله

  42. ޖަޒީރާމަނިކު

    ވޯޓުހޯދަން ދެބޯގެރި ދުއްވަންފެށީދޯ؟ ހުރިހާ ނުބައެއް މީނާ ހަދާފާ ދެން ތެޅޭނީ އެގޮތަށް ބޮލުންނަށްޓަން. ދޮގާ މަކަރާ އޮޅުވާލުން އިންތިހާ. ވިދާޅުވަންވީ ނޫންތޯ އެމްޑީޕީއަށް ކައުންސިލް އިންތިޚާބު ހޯދާދީފިނަމަ. ލޮކްޑައުން އުވާލާނަމޭ.

  43. ޙަސަން ތަކުރުފާނު

    މާލޭގައި ބޮޑުކުލިދީގެން ހިންގަމުންދާ ފިހާރަތަކާއި އަދި ސައިހޮޓާ ރެސްޓޯރަންޓްތައް އިނދަޖެއްސުމުގެ ޒިއްމާއުފުއްލަންޖެހޭނީ ދިވެހިބެންކް ނުވަތަ އެންމެންގެ ބޭންކާއި ފޫނުބެދޭ ޤަވާޢިދުތަކެއްހަދައި އެޤަވާއިދުތައް ގަދަބާރުން ތަންފީޒުކުރާ އެޗްޕީއޭއިން. ދިވެހިބޭންކުން އެކި ބްރޭންޑްތައް ތަޢާރަފުކޮށް ލޯނުދީފައި ކުދިވިޔަފާރިކުރާމީހުން ކޮންމެވެސް ހޮޓަލެއް ނުވަތަ ކަންމަތީ ކަޑައެއްހިންގަންފެށީމާ އެޗްޕީއޭ ބަންދުކުރާނެ. ބެންކުން ލޯނުނުދެއްކުނީމާ ކޯޓުތަކަށް ލައިގެންނަމަވެސް އެމީހުންގެ މުދާކޮޅުނަގާނެ. މިއީ މިކުރައްވާކަންތަކަކީ. މިކަންތަކަށް ނިމުމެއް ގެންނަން އެބަޖެހޭ. ބަންގާޅުމީހުންގެ ކާއެއްޗެހި ޑެލިވަރީކުރާނީ ކުކުޅުކޮށީތެރެއިން ހަދައިގެން ކޮށްޓަކަށް ލައިގެން ބައިސްކަލުގައި ކާކުތޯ ޗެކްކުރަނީ. އެގޮތްރަގަޅު މިހިސާބުން ކިޔާންޖެހޭނީ ފޫނުބެދޭ ދެކޮޅުނުޖެހޭ ޤަވާއީދޭ. މިއީ ކަންތައް ހިނގަމުންދާގޮތް.

    4
    1
  44. އެމަންޖެ

    ހާއްސަ ހުއްދައާއެކު އަނެއްކާވެެސް ކުޅުދުއްފުއްޓަށް ކޮވިޑް ، މިހެން މިކަން މިކުރަނީ ހަމަ ކަލޭމެން ، ނަޝީދުމެން ނޫޅޭ މިގައުމުން ކޮވިޑް މަދުކުރާކައްވެސް ހުއްޓުވާކައްވެސް ދެން އެހެންވީމަ ބޭކާރު ވާހަކަ ނުދެއްކެވުން އެދެން.

  45. ދިވެހި ދިދަ

    މީމީހަކީ މީނަބުނާކަންތައް ކުރެވޭތޯ ބަލާ

    3
    3
  46. ކޮވިޑް

    އުވާލީ ވެއްޓުނީ އިންޝާ ﷲ

  47. ހަވާސާ އިބޫ

    ލޮކުޑައުން ކުރީވެސް ތިބޭފުޅުން އުވާލެވޭނީވެސް ތިބޭފުޅާއަށް ރައްޔަތުން މޮޔަހެއްދުން ދޫކޮށްލަންވެއްޖެނޫންތޯ. އަދި ދަންނަވަންތޯ ތޯދަޔަށް އަހަރެމެންގެ ގޭގައި ކުލަލާން މިނިކުފާނު ވަޑައިގެންދެއްވަންވީނޫންތޯ އޭރުން 4000 ރުފިޔާ އަޅުގަންޑުމެނަނަށް ސަލާމަތްކުރެވޭ ވޯޓުގެ ވާހަކަވެސް އޭރުން ގޭމީހުންނަށްދެއްކޭނެ

  48. ބޯގޯސް

    އެބުނާހެން ވޯޓް ބޯމަތިވެފަ މިއޮތީ ވިޔާފާރި ވެރިން ހައްލުވާލާ ވޯޓެއްވެސް ލިބޭނީ ތިކަމެއްކޮއްގެން މީގެ ކުރިން ހިތަކައްނޭރި ވިޔާފާރިވެރިން ތިބީ ބަނގުރޫޓް ވެފަ ކަމެއް ވޯޓް ކައިރިވީމަ ހަމަ ފައްކާ އިބިލީހަކައް މީނަ ބަ ދަލުވާނީ ކޮންމެފަހަރަކު މަރުމޯލު

    5
    1
  49. ރައްޔިތުމީހުން

    ވޯޓް ކޮޅެއް ލިބޭނެ ގޮތެއް ނެތިގެން ދީ..

  50. އަލިފުސީނު

    ދުވަހަކު އަރައި ނުގަނެވޭ ވަރަށް ހާލަތު ދަށްވެއްޖެއޭ، ލޮކްޑައުން އުވާލަންވީއޭ ނަޝީދު ގޮވާއިރު، މިހާލަތުގައިވެސް ރައްޔިތުންގެ ފައިސާއިން ނަގާ 2ލައްކަ ރުފިޔާގެ މުސާރަ ކުޑަ ކުރަން ކެރޭނެބާ

  51. ޟ

    މިއީ މީނަގެ ކެންޕެއިން. ކިހާ އޯގާތެރި މީހެއް އެއީ
    އަވަހަށް އެމްޑީޕީ މީހުނަށް ވޯޓް ދީ