އެމެރިކާގެ ކެލިފޯނިއާގެ ސްޓޭޓްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައި 3.2 މިލިއަން ޑޮލަރުގެ ގެެއްލުމެއް ލިބިއްޖެ އެވެ.

މި ހާދިސައިގައި ދެ މީހުން މަރުވެެފައިވެއެވެ.

މި އަލިފާނުގެ ހާދިސާގައި 55 ކިލޯމީޓަރުގެ ސަރަހައްދެއްގައި އަލިފާން ފެތުރިފައިވެއެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ލަފާކުރެވޭ ގޮތުގައި މީހުން ދިރިއުޅޭ 80 ގެ ހުރި އިރުގައި، އެތަނުން އެތައް ބައެއްގެ ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ.

މި ހާދިސައިގައި 38 އަހަރުގެ މީހަކާއި 20 އަހަރުގެ ޒުވާނަކު ގެއްލިގެން ރިޕޯޓު ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން ގެއްލުނު ދެމީހުންވެސް މަރުވީ ކަމަށް އާއިލާއިން ވަނީ ނިންމާފައެވެ.

އަލިފާން ރޯވެގެން ދިޔަ ވަގުތު ގޭގައި ހުރި މީހަކު ބުނެފައިވަނީ ގެވެސް ގުޑައިގެން ދިޔަ ކަހަލަ ގޮތެއް ވުމުން ހީކުރީ ބިންހެލުމެއް އައީ ކަމަށް ކަމަށެވެ. މި ހާދިސާގައި އެތައް ބަޔަކަށް ވަނީ އަނިޔާވެސް ވެފައެވެ.

ކެލިފޯނިއާގެ ގިނަ ސަރަހައްދު ތަކުގައި ބަޑިބޭސް ބޭނުން ކުރުން ވަނީ މަނާކުރެވިފައެވެ. ބާކޯޑް ބޭނުން ކޮށްގެން އަލިފާނުގެ ކުޅިވަރުތަކަށް ބޭނުން ކުރާ އެއްޗެހި ގަނެފައި ހުރީ ކޮންތާކުންތޯ ބެލުމަށް ތަހުގީގު ކުރަމުންދެއެވެ. ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް އެފްބީއައި އާއި ކަމާބެހޭ ފަރަާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޓެކްނީޝަނުންނަށް އެ ސަރަހައްދުންް ފެނުނު 27 ގެލަންގެ ފަޔާވޯކްސް ތަކެތި ވަނީ ނައްތާލެވިފައި ކަމަށް އާންޓެނިއޯގެ ސްޕޯކްސްޕާސަން ބުނެފައިވެއެވެ. އާންޓެރީގެ ޕޮލިސް ޗީފް ބުނެފައިވަނީ އަދިވެސް އަލިފާން ރޯވުމަށް މެދުވެރިވި ސަބަބެއް ހޯދުމަށް އެ ހިސާބު ބަލައި ތަހުގީގު ކުރަމުން ދާ ކަމަށެވެ.