އެމެރިކާގެ ކެލިފޯނިއާގެ ގޯލްޑެން ސޭންޑް ގޮނޑުދޮށަށް ކުޑަ މަދިންދާބޯޓެއް ޖައްސަން އުޅުޟުގެ ތެރޭގައި ބޯޓު ފުރޮޅާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ކެލިފޯނިއާގެ ސަންޓާ މޮނިކާ ގޮނޑުދޮށަށް އެ ބޯޓު ވެއްޓުނު ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

ސެސްނާ 150 މަރުކާގެ އެ ބޯޓު ބުރާސްފަތި ދުވަހު އެމަޖެންސީގައި ޖެއްސުމުގެ ކުރިން، ދުނިޔޭގެ މަޝްހޫރު ސަންޓާ މޮނިކާ ޕިޔަރާ މީޓަރު ދުރުގައި އޮތް މަންޒަރު ފެނެއެވެ.

އެ ބޯޓު ރާޅުގައި ޖެއްސުމުގެ ކުރިން، އެ ބޯޓު ދުއްވަން އިން ޕައިލެޓް ވަނީ ފެންގަނޑުގެ އައްސޭރީގައި ބޯޓު ޖެއްސުމަށްފަހު، ވެލިގަނޑުމައްޗަށް ޖައްސަން މަސައްކަތް ކޮށްފައެވެ. އަދި ގޮނޑުދޮށުގައި ތިބި މީހުން ތިބީ އެ މަންޒަރު ބަލާށެވެ.

އަދި އެ ބޯޓު ޖެއްސުމާއެކު އޭގައި ތިބި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވިއެވެ.

މި ހާދިސާގައި 95 އަހަރުގެ ފަސެންޖަރަކު ވަނީ މަރުވެފައެވެ. މަރުވި އެ މީހާއަކީ 1960ގެ އަހަރުތަކުގައި އެ ހިސާބުގެ މޭޔަރު އެވެ.

ނަމަވެސް ޕައިލެޓްގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު އިއާން ގްރެގޯ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.