އިސްކުރު ފެން ރައްކާތެރިކަން އަންގާދިނުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ތަފާތު ވީޑިއޯ އެއް ހިއްސާކޮށްފިއެވެ. މިއީ ފެނުގެ ދުވަހާއި ގުޅުވައިގެން ހިއްސާ ކުރި ވީޑިއޯއެކެވެ.

މި ވީޑިއޯ އަކީ 2019 ވަނަ އަހަރު އެ ކުންފުނިން ހިންގި ސީރީޒް އަކާއި ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.

މި ވީޑިއޯ އިން ދައްކުވައިދެނީ އިސްކުރު ފެނަކީ ބޯން ރައްކާތެރި ފެނެއްކަމެވެ. މި ވީޑިއޯ އިން ވޯޓަރ ހީރޯޒްގެ ނަމުން ނަން ދީފައިވާ ކެރެކްޓަރތަކެއް ފެނެއެވެ. އެ ވީޑިއޯ އިން ފެންނަނީ ކުޑަ ކުދިންނެވެ.

އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވީ މި ވީޑިއޯ މެދުވެރިކޮށް އިސްކުރު ފެނަކީ ސާފު ބޯން ރައްކާތެރި ފެނެއްކަން އެނގިގެންދާ ކަމަށެވެ.

" މިއީ ފެނުގެ ދުވަހާއި ގުޅިގެން 2019 ވަނަ އަހަރު ގެނައި ސީރީޒްގެ ކޮންޓިނިއުޭޝަން އެއް. މަގްސަދަކީ އިސްކުރު ފެން ރައްކާތެރިކަން އަންގާ ދިނުން. 9 ވަރަކަށް ކުޑަ ކުދިން ފެންނާނެ ވޯޓަރ ހީރޯޒް ނުލާ. ވޯޓާ ހީރޯ 2 ހީރޯ ކުރިން ވީޑިއޯ އިން ފެންނާނެ. މި ވީޑިއޯ އިން އެއް ކުއްޖަކު ނުފެނޭ ކުރިން ފެނުނު. ދެން ފެންނަނީ އާ އަންހެން ކުއްޖެއް. " އޭނާ ވިދާޅުވިއެވެ.

އެ ވީޑިއޯ އަކީ ލަވައެއްގެ ސިފައިގައި ގެނެސްދީފައިވާ ވީޑިއޯއެެކެވެ. އެ ވީޑިއޯ އެ ފެން ސާފުކަމާއި، ފެން ކައްކައިގެން ބޮވޭނެ ކަން ވަނީ ފާހަގަކޮށްފައެވެ. އަދި ފެން އިސްރާފު ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.