މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ފަސް ލައްކައަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެޕްރީލް މަހުގެ ނިޔަލަށް އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު މިހާތަނަށް ރާޖެއަށް 539,816 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 12.7 އިންސައްތައިގެ އިތުރު ވުމެކެވެ. މިދިޔަ އަހަރުގެ މިމުއްދަތާއި ހަމައަށް 478,827 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ބަލާލާއިރު މިދިޔަ އަހަރުގެ މިމުއްދަތަށް ބަލާއިރު ބެޑް-ނައިޓްސް އަށް ވަނީ 14.9 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. މިދިޔަ އަހަރު ފުރަތަމަ ހަތަރު މަސް ދުވަހު ރާއްޖޭގެ ބެޑް-ނައިޓސް ހުރީ 3,065,469 ގަ އެވެ. ނަމަވެސް އެޕްރީލް މަހުގެ ނިޔަލަށް ވަނީ 3,522,497 އަށް އިތުރުވެ،

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުރި އެދުގެ މިންވަރަށް 11.4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

މީގެ އިތުރުން ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު ވެސް ވަނީ އެއް ޕަސެންޓް އިތުރުވެފަ އެވެ މި އަދަދު މިދިޔަ އަހަރު އުޅެނީ 6.4 ގަ އެވެ. ނަމަވެސް މި އަހަރު ވަނީ 6.5 އަށް އިތުރުވެފަ އެވެ.