ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަން ފުލުހުން ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުންގެ މިީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކުވެސް ވަނީ އެފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވިދާޅުވެފައެވެ.

އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މިހާރު އެ ކުއްޖާއަށް ދޭން ޖެހޭ ރައްކާތެރިކަން ދެމުންގެންދާ ކަމަށެވެ.

އުތުރުގެ ރަށެއްގައި 14 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފައެވެ. އެމައްސަލަ ހޫނުވެ ރަށުގައި މުޒާހަރާކޮށް ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމުން މިހާތަނަށް ދިހަ މީހަކު ހައްޔަރު ވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓާޓާ

    އެޖެންޑާ 19 ވަރަށް ތަފާތުވާނެ

    33
    2
  2. ހޯރަ އިއްބެ

    ރޭޕް ކުރާ މީހުންނަށް ޤާނޫނީ ގޮތުން ބޮޑު ޢަދަބެއް ދީބަލަ ، މަރާލުން / އުމުރު ދުވަހު ޖަލުގައި / 2 އަތް ނޫނީ 2 ފައި ބުރިކުރުން

    ގާނޫނީ އަދަބު ކުޑަވީމަ ވާގޮތް މި ފެންނަނީ ، ދެން މޮޅުކަމަކީ ކުއްޖާ ބުންޏަ ސް ހެކި ނެތީޔާ އެ މައް ސަލަ ނިމުނީ

    24
    1
  3. އާދަމުގެދަރި

    ޖިންސީ ކުށުގެ ގާނޫނެއް ހަދައިގެން އެ ކުށްކުރާ މީހުން ހާމަކުރީމާ ކުށް ކުރުން ހުއްޓޭނެއޭ ގޮވި ހަނދާން އެބަހުރިތަ. އެބުނާ ލިސްޓެއް ހަދައިގެން އާންމުކޮށްފައި އޮންނަތާ ކިހާދުވަހެއްވެއްޖެ. އެ ލިސްޓުގައި އެތައް ހާސް ބަޔަކު މިހާރު އެބަތިބި. ޖެންޑަރި މިނިސްޓްރީގެ ވެބްސައިޓުގައި ލިސްޓު އެބައޮތް. ޖިންސީ ގޯނާކުރުން ނުހުއްޓުވިގެން މިނިސްޓަރަކު އުލު ބައިންދައިފި. ޖިންސީ ގޯނާކުރުން އޮތީ މެކުހަންޖަހާފައި. މިމީހުން އެބުނާ ހުރިހާކަމެއް ކޮށް ނިންމާލިއިރުވެސް ނުހުއްޓުނީ ކީއްވެތަ!

    18
  4. މުހަންމަދު

    އާޝޯޚްވެއްޖެ! އަޅުގަނޑު ހިތައިގެން މިހުރީ ޝިދާތާ ވަކިކުރި ހިސާބުން ތިކަންތައް ނިމިއްޖެކަމަށް!

  5. ާކަމަނަ

    ކުޑަކުދިން ރޭޕްކުރާ މީހުން އަދިވެސް ގޭގަވެސް ބައިތިއްބާ ބަލިވިއަސް ޖަހަނީ ޢާއިލާގެ ބޮލަށް ކަރެކްޝަނައް ބަލަން ބޮޑުވެގެން ޢާއިލާ ތަކަކަށް ނުބެލޭ ކިހިނެއް ބަލާނީ މިހަަރުވެސް އެގޮތަށް މާލޭގަ ބަހައްޓާފަ ހުރި މީހެއްގެ ބަލާ ބޮޑުކަމުން ހިސާބުގަނޑު މޭހުން ތިބެނީ ބިރުން