ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ ނިޔާވީ، ވެންޓިލޭޓަރަށް ލާން ހުޅުމާލެ ހޮސްޕިޓަލުން ދެކޮޅު ހެދުމުންކަމަށް ބައެއް ފަރާތްތަކުން ބުނަމުން އެބަދެއެވެ. މީސް މީޑިޔާގައި ދައުރުވަމުންދާ ޕޯސްޓެއްގައި މިހެން ބުނެފައިވާއިރު، އެހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނެފައިވަނީ މި މައްސަލަ ބަލަމުންދާކަމަށެވެ.

ރޭގެ އެކްސިޑެންޓުގައި ޒަޚަމްވެފައިވަނީ މުޙައްމަދު ސޮބާހު، 24 އެވެ. އޭނާ އެކްސިޑެންޓްވީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، އޭނާގެ ގައިގައި ޖެހުމުންނެވެ.

ޒަޚަމްވި ޒުވާނާ، އިމަޖެންސީ ރޫމުގައި އޮތްއިރު، އެތަނުގައި ހުރި މީހެއްކަމަށް ބުނާ މީހަކު، ފޭސްބުކުގައި ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވަނީ ސޮބާހު، ވެންޓިލޭޓަރަށް ލުމަށް ޑޮކްޓަރުން ލަފާ ދިންކަމަށެވެ. އެހެންނަމަވެސް، ބަލިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭތީ، ވެންޓިލޭޓަރަށް ލުމަށް ހޮސްޕިޓަލުން ދެކޮޅު ހެދިކަމަށެވެ.

އެޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، އެތަނުގައު ތިބި ފުލުހުންވެސް ޒުވާނާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރަން އެދުނުކަމަށާއި އެހެންނަމަވެސް، ފުލުހުން ގާތުގައިވެސް ބުނީ މެނޭޖްމަންޓާ ވާހަކަ ދައްކަންކަމަށެވެ. އަދި، ޖުމުލަކޮށް އެއީ، މެމޯ އެއް ނެތްނަމަ އާސަންދަ ނުލިބޭނެކަންކަމަށްވެސް އެޕޯސްޓުގައި ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޕޯސްޓުގައި ބުނެފައިވަނީ، އެކްސިޑެންޓްވި ޒުވާނާއަށް ފަރުވާ ދިނުމަށް ބޭނުންކުރަމުންދިޔައީ މެނުއަލް ރިސަސިޓޭޓަރ އެއްކަމަށެވެ. އަދި، އެއީ މާ ގިނަ ވަގުތު ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމަށާއި އެހެންނަމަވެސް، 50 މިނެޓު ވަންދެން، މެނުއަލް ރިސަސިޓޭޓަރ ބޭނުންކުރިކަމަށް ބުނެފައިވެއެވެ.

ސޮބާހުގެ އާއިލާ މެންބަރުން ހޯދަން އެތައް ބަޔަކު މަސައްކަތްކުރިކަމަށާއި އެމީހުން ހުޅުމާލެ ހޮސްޕިޓަލަށް ދިޔައީ 23:10 ކަމަށްވެސް ބުނެފައިވެއެވެ. އަދި، އެމީހުން ގޮސް، ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްދޭން އެދުނުކަމަށާއި އެހެންނަމަވެސް، ގެންދެވުނުއިރުވެސް އޮތީ މާ ލަސްވެފައިކަމަށް، މީސް މީޑިޔާގައި ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް، އާޝިޔާ ޞާލިހު، "ވަގުތަށް" މައުލޫމާތު ދެމުން ވިދާޅުވީ ބަލިމީހާއަށް ލަސްނުވެ ފަރުވާ ދިންކަމަށެވެ. އެހެންނަމަވެސް، މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ރަޝްފާ

    އަދިވެސް ހޮސްޕިޓަލާއި ޑޮކްޓަރުން ކުށްވެރިކުރެވޭތޯބަލާތި! ދުއްވިމީހާނޫންތަ ކުށަކީ؟

    • ފދ

      ކުއްވެރި ވަނީ މަރުވި މީހާ

  2. ????

    ?????????????????????????????????????

  3. ali

    ހުޅުމާލެ ހޮސް ޕިޓަލް ބައެއް ސުޕަވައިޒަރުންގެ އުނދަގޫ ހަމަ ބޮޑީ

  4. ބޯހަލާކު

    ތިއީ ތެދު ވާހަކަޔަކަށް ވެއްޖެޔާ ވަރަށް ދެރަ.... ބަލަ އެމެޖެންސީ ވީމާ ކޮން މެމޯއެއްތޯ.... ފުރާނަޔަކީ މުހިއްމު އެއްޗެއް.. ލާރި ލިބިދާނެ ދޯ ހެޔޮއެދޭ މީހެއްގެ ފަރާތުން ފަހުންވެސް... ވަރަށް ދެރަ ޚަބަރެއް

  5. ކޮލިޕް

    އިންޑިޔާއަށް ވަނީ ދޯ

  6. ޙާމް

    ތިއީ ތެދެއްކަމަށް ވަރަށް ބޮޑަށް ބެލެވޭ. ތިކަހަލަ ކަންކަމުގައި އާންމުކޮށް ހޮސްޕޮޓަލަށްދާ މީހެއްގެ ހައިސިއްޔަތުން މިބުނަނީ. ޙުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީގައި އުޅޭ އިންޔާ ނަރުހުންގެ ނުފޫޒު ގަދަކަމުން ހަމަ ވާކަމެއް ތިއީ. ޑޮކްޓަރު ބެލުމަށްފަހު އިތިރުފަރުވާއެއް ނުދީ ކިތަންމެ ހާލުދެރަ ބަލިމީހަކަސް ބާއްވަފާނެ މެމޯ ލިބެންދެން. ޚާއްސަކޮށް ތޮގޮތައް އެކްސިޑެންޓް ވެގެން ގެންނަ މީހުންނަށް ފަރުވާދޭލެއް ވަރަށް ލަސް،

  7. ޑިޓެކްޓިވް

    މީ ހޮސްޕިޓަލް ތަކުގަ ވަރަށް އާންމު ކަމެއް. ހޮސްޕިޓަލް ތަކުގަ އާންމު އުސޫލަކީ އައިޑީ ކާރޑާ ނެތިއްޔާ ޑޮކްޓަރަށް ނުދެއްކޭނެ. އެކަން އެހެން އޮންނާތީ ބޮޑެތި އެކްސިޑެންޓްތަކުގަ ކުއްލި ހާލަތުގަ ޑޮކްޓަރަށް ގެންދާ މީހާގެ ފުރާނަ ދާއިރުވެސް އައިޑީކާރޑް ނެތޭ ކިޔާފަ ފަރުވާ ނުދީ އެބަހުރި ހޮސްޕިޓަލް ތަކުން. މީ ރާއްޖެތެރޭގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ތަކުންވެސް ދިމާވާ މައްސަލަ އެއް. އާންމުކޮށް ބޮޑެތި އެކްސިޑެންޓްތައް ވެގެން ހޮސްޕިޓަލަށް ގެންދާ މީހުންނަށް މިހެން ހަދަނީ. އެފަދަ ހާލަތުގަ އަނިޔާވެގެން ހޭނެތިފަ އޮންނަ މީހެއްގެ އައިޑީ ކާރޑް ހޯދަން ނޫޅެވޭނެކަން ހޮސްޕިޓަލް މުވައްޒަފުންނަށް ނޭނގެނީ.

    • ގާނޫން

      ތެދުވާހަކައެއް. މިކަހަލަ ހާއްސަ ހާލަތްތަކުގަ ފަރުވާއިސްކުރަން މަޖުބޫރު ކަމައްކަނޑައަޅާ ގަނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެކަމައް އުންމީދުކުރަން.

  8. މަިނާ

    ހަމަ ފިލްމުތަކުގަ ދައްކަަ ގޮތަށްދޯ ފުރާނަ ސަލާމަތް ކުރުމުގެ ބަދަލުގައި ތިމާގެ މީހުން ހޯދީތަ!

    • ީއިންސަައިޑަރ

      ާއެމާރޖެންސީ ހާލަތެއްގަ ، ހާއްސަކޮށް އެކްސިޑެންޓެއް ވެގެން ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކުން މަޑުނުކުރާނެ މެމޯ ހަދަންދެނެއް. ތި ދައުރުވާ ޕޯސްޓްގަ އޮތީ ހުސްދޮގު ވާހަކަ ތަކެއް. ނޫސްވެރިންވެސް މިހާ ޒިންމާދާރުކަން ކުޑަކޮށް ހަބަރު ފެތުރުމަކީ ވަރަށް ދެރަކަމެއް. "ލައިސް ސްޕްރެޑް ފާސްޓަރ ދޭން ދަ ޓްރުތް" h

  9. ކުޅުދުއްފުށި ނަމެއްގަ އޮތްހޮސްޕިޓަލުން ވިދާޅުވަނީ

    ޢާސަނދަ ތީހަމަ ނަމެއްގަ އޮތްއެއްޗެއް ކޮންމެ ދިވެއްސަކައް ނަޝީދު ތައާރަފް ކޮއްދިން މުޅިސިސްޓަމު މިއޮތީ ބަޔަކު ހައިޖެކްޓް ކޮއްފަ މީ ސަރުކާރުން ދޭންބޭނުންވާއެއްޗެއްވެސްނޫން އަސްލު ލަންކާގަ ކިޔަވަން ތިބިކުދިންވެސް މުޅިންހަރަދު ކުރަނީ ޖީބުން އެކުދިންގެ ބަފައިން މިގައުމައް ބަރަބަރައް ޓެކްސްދައްކަ ވިޔަފާރި ޔެއްކުރާކަމުގަވިޔަސް ނަމަވެސް މިސަރުކާރު އުފެދުނު ފަހުން ހުސްނުވާ އާސަނދައެއް ކަމައް ނަންބަދުކޮއްލީ ނުދެންޏާ ހުސްވާނެތަ

  10. ބާގީ

    ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށް އޭނާގެމައްޗައް މީހެއްގެ މަރުގެ ދަޢުވާ ކުރަންޖެހޭނެ.

    • Anonymous

      ތާއީދު

  11. ސައްޕު

    2 ބަސް ބުނެލަން އޮތީ ވެރިން އަދި ރޯނުއެދުރުން. ވިސްނައިފި މީހަކަށް އިނގޭނެ

  12. ޑިމޮކްރަޓިސްޓް

    މައުލޫމާތު ނޭންގޭތީ ވެންޓިލޭޓަރަށްލާން ދެކޮޅުހެދީއޭ؟؟ ސްޓޯރީވެސް ތަންކޮޅެއް ގަބޫލުކުރެވޭގޮތަކަށް ހަދާލާނަމަދޯ؟؟

  13. ދޮންބެ

    ހުޅުމާލެ މި މޭން އެކޭ! ސޭޑް ނިއުސް.....ކަޑައޭ މެނޭޖް މޭން!

  14. ގަލޮޅު މީހާ

    އިންޑިއާ ނޫނަކަސް ހަމަ މުންނާބާއީ އެއް އުޅެދާނެ ދޯ .

    ޙޮސްޕިޓާ މެނޭގްމަންޓު ކުޑަކޮށް ސަމާލު ވާންޖެހޭ ދޯ

  15. ދޮގު

    އަވަސްފަރުވާ ދެވޭނެ އެއްމެ އަވަހަކަށް
    ޙޮސްޕިޓަލް އިން ފަރުވާ ދޭނޮފެށި.ވަރަށް ކައިރިން މަންޒަރު ދުށިން

  16. ނީން

    ބަލިމީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ނެތި އާސަންދަ ހަމައެއް ނުޖެހޭނެ އެއީ ހަމަ ޔަގީން ކަމެއް. އެމަޖެންސީ އެވަކުއޭޝަން ފޮނުވާއިރު ބަލިމީހާގެ އައިޑީކާޑު އަކީ ވަރަށް މުޙިއްމު އެއްޗެއް. ކާކުކަން ނޭގޭ މީހަކަށް އާސަންދަ ވަގުތުން ހަމަނުޖެހޭނެ. އާސަންދަ އިވަކުއޭޝަން ފޯމްގަ ކޮންނަމެއް ޖަހާފަތޯ އާސަންދަ އަށް ފޮނުވީ. މިއީ ބުއްދި ގަބޫލް ކުރާ ވާހަކައެއްތަ؟ އާސަންދަ އަކީ ވަގުތުން ގުޅައިގެން ހަމަޖެހޭނެ އެއްޗެއް ނޫން.

  17. ނީން

    އެކްސިޑެންޓް ވެގެން ގެންނަ ބަލިމީހާއަށް އަވަސް ފަރުވާދޭނެ. އެކަމަކު އާސަންދަ ޕްރެސްސް އަކީ ވަރަށް ދިގު ޕްރެސެސް އެއް. އައިޑީ ކާޑް ނެތް މީހަކަށް އާސަންދަ ހަމައެއް ނުޖެހޭނެ. މިއީ ހަގީގަތަކީ ވަރަށް ގާތުން ފެންނަ ކަންތަށް މީ. ގިނަފަހަރު އެންމެ އެމަޖެންސީ މީހާއަށްވެސް އާސަންދަ ނުލިބި މިދަނީ. މެޑިކަލް ޓީމްގަ ތިބޭ ބަޔަކަށް ނޭގޭ ބަލިމީހާއަށް ވާގޮތް. މީ ހަގީގަތަކީ. މިކަމަށް ސަމާލުވޭ!!!