އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ މިލޭ 21:16 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ހާލަތާއި ގުޅޭ ތަފްސީލެއް އަދި ނުލިބެއެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ 22 އަހަރުގެ ޒުވާން ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގެ ތަހްގީގު ކުރިއަށްދާ ކަމަށެވެ. މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ އައްޑޫގައި ދިރިއުޅޭ ފުވައްމުލަކު މީހަކަށެވެ. އޭނާ ދިރިއުޅެނީ ހިތަދޫގައި ހުންނަ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގައެވެ. އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ހަށިގަނޑުގެ ފަސް ތަނެއް ވަނީ ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒަހަމްވެފައި ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
ފަހަކަށް އައިސް އައްޑޫގައި ވަނީ މާރާމާރީތައް ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޑިމޮކްރަސީއާއި އިރުމަތީ އެފްރިކާގެ ތަރައްޤީގެ ކުލަވަރު އަންނަން ފެށިލެއް ލަހެއް ނޫނެއް ނޫންތޯ!
މިސާލު ނަގަނީ ޔުގެންޑާ ، ބުރުންޑީ ، އެރިތުރިޔާ ، ޒެމްބިޔާ ، މޮޒަންބީކް އަދި ސޯމާލިޔާ ފަދަ ގައުމުތަކުން. އެގައުމުތަކުން ލިބޭނީ އެންމެ ޒަމާނީ މިސާލު.ހެހެހެހެހެހެހެ
ދެކުނު އެފްރިކާގެ ވެކްސިން ޕްރޮގްރާމްގެ ދަށުންހިނގިކަމާ އިވަ އްތަރީ .. އެހެންނޫނަސް އެފްރިކާގަ އާންމުކޮށްހިނގާޒާތުގެކަންކަން ގަތުލުކުރުން މީހުންމެރުން ރަހީނުކުރުން ފޭރުން ތަންތަނުގަ ހުޅުޖަހާރޯކޮށް އެންދުން. ވީމާ އެފްރިކާގަ ވެރިކަންކޮށްފަހުރި ތަޖުރިބާކާރު މީހަކު ބުނެލާބަހަކީވެސް ވަރަށް ވިހަގަދަބަހެ އް ..
ހަމަލާ ދިނުމަކީ އެމީހުންގެ ހަ އްގެ އް ކަމަށް ވަނީ...ހަމަލާ އިތުރުވުމަކީ ރަ އްޔަތުންގެ ބަލަދުވެރި ފަރާތުގެ އިހުމާލެ އް.