ރާއްޖޭން ބޭރަށް ދާން ބޭނުންވާ މީހުން ދެ ވަނަ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ވަނީ ދޭން ފަށައިފައެވެ. ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ދެނީ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތަރުތީބުންނެވެ. މިހާތަނަށް އައިއިރު ގިނަ ބަޔަކު ވަނީ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗްޕީއޭ އިން މިއަދު ވިދާޅުވީ ރާއްޖޭން ބޭރަށް ދާން ބޭނުންވާ މީހުން، ފުރަތަމަ ވެކްސިން ޖެހިިތާ އަށް ހަފުތާ ވެއްޖެ ނަމަ، ދެ ވަނަ ޑޯޒް ޖަހައިގެން ފުރޭނެ ކަމަށެވެ. އަދި ވެކްސިންގެ އަސަރު އެންމެ ބޮޑަށް ކުރާނީ، ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފުތާ ނުވަތަ 12 ހަފުތާ ފަހުން، ދެ ވަނަ ޑޯޒް ޖެހުމުން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

އެހެންވެ، ދަތުރުކުރާ މީހުން އެކަމަށް ވިސްނައިގެން ޕްލޭންތައް ހެދުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ރާއްޖޭގައި މިހާތަނަށް، 251،139 މީހުން ވަނީ ވެކްސިން ޖަހައިފައެވެ. އަދި 5،753 މީހުން ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު