ޒިކުރާ މިސްކިތް ހުރި ސަރަޙައްދު ކޮންނަމުންދަނިކޮށް ފެނުނު ބައެއް ތަކެއްޗާއި ބިނާތަަކަކީ ކޮބައިކަން ދެނެގަނެވިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެ މިސްކިތް ހުރި އިމާރާތުގައި އާ ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތްތައް ވަނީ ފަށާފައެެވެ. އެ މަސައްކަތަށް އެ މިސްކިތް ހުރި ތަން ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގަބުރުވެސް ފެނިފައި ވެއެވެ.

މިހާރު އެތަނުގައި ކުރަމުން އައި މަސައްކަތް ވަނީ ހުއްޓާލާފައެވެ.

ޒިކުރާ މިސްކިތް ހުރި ސަރަހައްދުން ފެނުނުތާރީހީ ބައެއް ތަކެއްޗާއި ބިނާތަައް!

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މިހާރު އެތަނުން ފެނުނު ބައެއް ތަކެތި ދެނެގަނެވިފައިވާ ކަމަށާއި، އެގޮތުން މައްޗަންގޮޅި ބައުމިސްކިތުގެ ތަރަހަ ކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ އާއި ހިރިގަލު 8 ކަން ވަޅަކާއި، ދިވެހި އަދި ޢަރަބި ލިޔުމާއި ކުރެހުން ކަނޑާނަގާފައިވާ މަހާނަގަލަކާއި، ޕޮޓަރީ ޝާޑް ފަދަ އެތިކޮޅުތަކެއް ފެނިފައިވާކަމަށެވެ.

ޒިކުރާ މިސްކިތް ހުރި ސަރަހައްދުން ފެނުނުތާރީހީ ބައެއް ތަކެއްޗާއި ބިނާތަައް!

އަދި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ކަށަވަރު ކުރެވެމުންދާ ވަރަކަށް މަޢުލޫމާތު ޙިއްޞާ ކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަމަޟާން މުބާރަކު

    ކޮނެ ސާފުކޮށް ޤަބުރެއް އޮތިއްޔާ ނަގާފަ އަވަހަށް މިސްކިތް އަޅަންވީ ރޯދައިގެ ކުރިން، މަދީނާ މިސްކިތް އެޅިއިރު ފެނުނު ޤަބުރުތަށްވެސް ނަގާ ބިންސާފުކޮށް މަދީނާ މިސްކިތް އަޅާފައެހުރީ ރުސޫލަގެ އަމަލުފުޅުން، އެހެންވީމާ އެއޮތީ ކަންކުރަންވީ ގޮތް އެގިސާފުވެފައި، މިސްކިތް އެޅުން އެއްގޮތަކަށްވެސް މަޑުޖައްސާނުލާ އަވަހަށް މިސްކިތް އަޅާ ނިންމާލުމަށް އެދެން ! ރަމޟާން މުބާރަކު

  2. ކޮރަލް

    ރަމަލާން މަހައް ހަދަން އުޅުނުމިސްކިތުގެ މަސައްކަތް ހުއްޓުނީ އެވެ؟؟؟؟

  3. އަމަން

    ޢާސާރީ ބިނާ ތަކޯ.. ގަބުރު ކައްޓާއި މަހާނަ ގަލަކީ އާސާރީ ބިނާ ކަމެއް އަދި އެނގިފަކާ ނެއް..

    15
  4. ސސ

    މިރާއްޖޭގައި އެންމެ އާސާރީ އެއްޗަކީ މަހާނަ ގާ ދެން ކަށި ! ކުރީ ޒަމާނުގެ ރަސްރަސް ކަލުން ވަޅުލެވި ހުންނަނީ އެމީހުން ދިރިއުޅުނު ގޭކައިރީ ހަދާފަ ހުންނަށް މިސްކިތުގެ ކައިރީގައި!

  5. އާދަމް

    ކުރިން ތިޔަ ތަނުގައި އޮތް ގަބުރުސްތާނުން ކަށިތައް ނަގައި ބަސްތާތަކުގައި ބަންދުކުރީ ބޭހޮއްކޮ އަތުން. މިސްކިތް އެޅުމުގެ ކުރިން ވެލިތައް ފުރޭނި. ކަށިތަކާއި ގާތައް ނެގި. ދެން މިހާރު ކޮން، ތާރީޚީ ސާމާނެއް ހުންނާނީ؟ ފަހަރެއްގައި ފަހުން ވަޅުލި އެއްޗެއް ހުރެދާނެ