ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ގައުމީ ދާރުލްއާސާރު ތަރައްގީކޮށް މާދަމާ އާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު މުޖުތަމައަށް ފައިދާހުރިމުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.  

ބީއެމްއެލް އިން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.

ގައުމީ ދާރުލް އާސަރުގައި ބީއެމްއެލްގެ ސީއީއޯ އަދި މިނިސްޓަރ ޔުމްނާ - ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނީ، ދާރުލްއާސާރު ތަރައްގީކުރުމަށް ހިންގުނު ޕްރޮޖެކްޓްގެ ދަށުން ބީއެމްއެލްގެ އެހީގައި ދާރުލްއާސާރުގައި ކުރިން ބަހައްޓާފައިނުވާ އާސާރީތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި އެ ތަކެތި ޑިސްޕްލޭކުރެވިގެންދާނެ ކަމަށެވެ.

ގައުމީ ދާރުލް އާސަރުގައި ބީއެމްއެލްގެ ސީއީއޯ އަދި މިނިސްޓަރ ޔުމްނާ - ފޮޓޯ: ބީއެމްއެލް

އަދި ސްކޫލް ދަރިވަރުންނާއި ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައްދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ހާއްސަ މަލްޓިމީޑިއާ ރޫމެއްވެސް ގާއިމްކޮށްފައިވާ ކަަމށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބެހެއްޓުނު އޭޓީއެމްވެސް ވަނީ ދާރުލްއާސާރުގައި ބަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއިއްޒު 2023

    ރައްޔިތުން މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. ދާރުލްއާސާރު ތަރައްގީ ނުކުރެވިގެން ނެއް ނޫން މިއުޅެނީ

    3
    2
  2. ކަސަޓަމަރު

    މަގޭ ކާޑުވެެއްޖެ ތިތާއިން އޭޓީއެމްގަ.

    1
    1
  3. ދަވާލާ

    ރައްޔިތުން ޖީބުން ނޮޅާފައި މާ ހެޔޮއެދޭ ބަޔަކަށް ވެގެން މުޖުތަމަޢަށް އެހީވަނިއްޔޯ ކިޔާފައި ވެންމަސް ވެނަން ކާންދެނީ