ބޭއިންސާފު ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށާއި، އެނބުރި އަންނާނެ ކަމަށް މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މެދުވެރިކޮށް އެމަނިކުފާނު މިރޭ ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫނެވެ. އަމިއްލަ ހިތްހަމަ ޖެހުމާއި އުފަލަށްވުރެ އެމެނިކުފާނު އިސްކުރައްވާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަންކަމެވެ. މި ގައުމުގެ އިސްތިގުލާލެވެ. ބޭރު މީހުން މި ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައިގެން ނުވާނެ އެވެ." ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެފަދަ ކަންކަމަށް ފާރަވެރިވާން ޖެހޭ ކަމަށެވެ.
އެމަނިކުފާނުގެ މައްޗަަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް އަނިޔާކޮށް، ކުޑަގޮޅިއަށް ލައިގެން މި އުޅެނީ ކުށެއްކޮށްގެން ނޫނެވެ. ނުހައްގުން ޖަލުގައި އިންސާފު ނުދީ އަޅުގަނޑު ބަހައްޓައިގެން މި އުޅެނީ ތިޔަލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތު ކުރާނެ ކަން އެނގޭތީ އެވެ."
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލުން މިނިވަންވެ ރައްޔިތުންނަށް ބައްދަލުކުރައްވާނީ މައުސޫމް މީހެއްގެ ގޮތުގައެވެ. އަދި އެދުމަކީ ޕީޕީއެމްގެ ބަދަހި ލަޝްކަރު ކުރިއަށް ދިއުން ކަމަށާއި، ރާއްޖެއަށް ނަފާވެރިކަން ގެނެސްދޭނީ މި ފިކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހުރިހާ ބޭފުޅުންވެސް ހިތްވަރު ކުރައްވާ ގަދައަޅާ މަސައްކަތް ކުރައްްވާށެވެ. އަޅުގަނޑުމެން އެނބުރި އަންނާނީ ބަދަހިކޮށެވެ." ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖް ނިންމަވާލައްވަމުން ވަނީ، ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މަނިކުފާނުންގެ ތިހިއްވަރު ފުޅަށާ ކެއްތެރިކަމައް އައްސަރިބަހާ ސާބަސް ދަންނަވަން
ޔާމިނު ކުރީ ވައްކަމަކަށް ވެއްޖިޔާ ބެންކުގަ އެކައުންޓެއް އޮންނަ ކޮންމެ މީހަކީ ވަގެއް ތަފާތެއް ނެއް ލަރި އެއް އެމީހަކަށް ނޭގި ޖަމާ ވެއްޖިޔާ ވާނީ ވަގަކަށް އަނެއްކާ އެޖަމާވި ލާރި ހުރީ ވެރިފަރާތާ ހަވާލް ކޮށްފަ ބޮޑުވަރު
ޥަގުންނަށް ހީވާނީ އެހެން މީހުންވެސް ވައްކަން ކުރާނެކަމށް މިސަރުކާރަށް ވުރެ ވަގުން ގިނަ ސަރުކާރެއް ދުވަހަކު ނުދެކެން ހުސްވަގުން
އިރާދަކުރެއްވިޔާ ލޮބުވެތި ރައީސް.
އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި އަދި މިލޮބުވެތި ވަޠަނުގެ މިނިވަން ކަމުގެ ޙައްޤުގައިވެސް މެއެވެ. މަނިކުފާނު ބަސްފުޅުން އުއްމީދުތައް އާވެއްޖެ. ރޫޙަށް ދިރުން ލިބިއްޖެ. ތިޔައީ އަޅުގަނޑުމެންގެ ގަޓުރައީސް. ލާދީނީ ފިކުރަށް ނޫނެކޭ ވިދާޅުވާނެ ހިތްވަރުފުޅު ހުންނާނެ. މިނިވަންކަން އަވަށްޓެރިންނަށް ވިއްކަވައެއް ނުލައްވާނެ. ބިރުވެރި ހޮހޮޅަތަކާއި ކޮތަރުކޮށިތައް ބިނާކުރަށްވާނެ. ދިގު އުމުރުފުޅާއި ފުރިހަމަ ޞިއްޙަތެއްގައިލަހައްޓަވާ، މިދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ތަވްފީޤް މިންވަރު ކުރައްވާށި އާމީން.
ސާބަސް ތީމިގައުމުދެކެ ލޯބިވާވަރުގަދަ ވެރިއެއް މިގައުމު މި ހާތަނައްނުދެކޭފަދަ ތަރައްގީގެ ބާނީ ސުކުރިއްޔާ ރައީސް ޔާމިން އަ ހަރެމެން މަނިކުފާންދެކެ ނު ހަނުލޯބިވޭ
ސާބަހޭ ކަލޯ ޔާމީނާ!
ރައީސް ޔާމީން ބިނާކުރެއްވި އެއްކަލަ ބިރުވެރި ހޮހަޅަ ޔާގޫތަށްވުރެ އަގުބޮޑު ރަހުނަކަށް އެމްޑީޕީއަށްވެއްޖެ.
ކޮތަރު ކޮށި އެއީ ރައްޔިތުން ފެލައިގެން އާމްދަނީ ހޯދާނެ ވަސީލަތަކަށް ވެއްޖެ. މިހެންގޮސް ކިޔާނެކަމެއްނެތް... އެމްޑީޕީ ކުދިން މިހާރު އެއޮތީ ދުނިޔޭގެ ލަދަށް ބޯކޮޅު ވަތަށް ޖަހައިގެން ޢުމުރުގެ ބާކީބައި ހޭދަކުރަންޖެހޭ ޙާލަތުގަ....
ސާބަހޭ ޔާންޓޭ
ބޭނުމެއްނޫން ޔާމީނެއް. ބައެ ބައެ
ގަދަ🤓
ބޮޑެތިވަގުނަނަށް ދެވަނަ ފުރުސަތެއްނެތް.
ތިބުނީ ވަގު އިބޫ... ވާހަކަދޯ އާން ޔެސް.... 😃
ކަލެއަށް ނޭގެނީ ހަގީގީ ބޮޑު ވަގު. އިންޑިއާ އަށް މި ގައުމުގެ ސިޔާދަތު ވިއްކައިގެން ހެދޭ ކޮންމެ ޑިލްއަކުން 300 މިލިޔަންޑޮލަރ ނަގާ ލާދީނީ ރީދޫ ބޮޑު ވަގު އަދި ތިޔަ ގަމާރުންނަާް އެގޭ ދުވަސް އަންނާނެ!
ހަނިމާދޫ އަސްކަރީ ބޭސް 300 މިލިޔަން ޑޮލަރ
އތުރު އަސްކަރީ ތިލަފަޅު 300 މިލިޔަންޑޮލަރ
ލ ކައްދޫ އަސްކަރީ ބޭސް 300 މިލިޔަން ޑޮލަރ
ހުވަދޫ އަސްކަރީ ބޭސް 300 މިކިޔަން ޑޮލަރ
އައްޑޫ އަސްކަރީ ބޭސް 300 މިލިޔަން ޑޮލަރ
1.5 ބިލިޔަން ޑޮލަރ ޔޫކޭ އަދި ސްވިސް ބޭންތަކުގަ.
އަތުންފައި އެއްވެސް މަސައްކަތެއް ނުކޮށް ހަމައެކަނި ތި ކަހަހަލަ ގަމާރުން އުފައްދައިގެން ބިލިޔަނަރަކަށް ވި ލާދީނީ ބޮޑު ވަގު
ދިވެ ހި ގައުމު އެދި ގޮވަމުންދަނީ މަނިކުފާނު އެނބުރި
ވަޑައިގެން ގައުމީ ހުންގާނުގައި ހިއްޕެވުމަށެވެ ނުތަނަވަސް
ކަމާއި ނިކަމެތިކަމާއި ފަގީރުކަން ތަ ހައްމަލްކުރަމުންދާ ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އޮތީ މަނިކުފާނާއި
އެކުގައެވެ މަނިކުފާނު މިގައުމަށް ގެނެސްދެއްވި ލުއިފެސޭހ ހަ
ތައް ހަނދާން ކުރަމުންނެވެ.
އަޅުގަނޑަކީ ފެށުނީސްސުރެ އެމްޑީޕީގައި ހުރި އަދި ތާއީދު ކުރި މީހެއް، އެކަމަކު މިހާރު އިނގޭ ގައުމައް ވަފާތެރި އަދި ރަތްޔިތުންނައް އަޅާލާ ވެރިޔަކީ ޔާމީންކަން ، ހުދު ޔާމިން ވެރިކަމުގައި އަޅުގަނޑައް ބޯހިޔާވަހިކަމކަމެއް ލިބުނީ ، ވަރައް ހިއްދަތި ހާލުގައި ދިރި އުޅެނިކޮއް ، މަނިކުފާނު އަދި މިގައުމުގަ ވެރިކަން ކުރާނޭ . ޥެރިކަމައް ގެންނަންވެސް ގެންނާނަން